ޗެނަލް 13ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާކުރި މައްސަލައެއް

ޗެނަލް13ގެ ނޫސްވެރިޔާ އައިޖީއެމްއެޗްގައި: އެ ޗެނަލުން ބުނީ ފުލުހުން ވަނީ އެ ނޫސްވެރިޔާއަށް އަނިޔާ ކޮށްފައި ކަމަށް-- ފޮޓޯ: ސޯޝަލް މީޑިއާ

ޗެނަލް13ގެ ނޫސްވެރިޔާ އައިޖީއެމްއެޗްގައި: އެ ޗެނަލުން ބުނީ ފުލުހުން ވަނީ އެ ނޫސްވެރިޔާއަށް އަނިޔާ ކޮށްފައި ކަމަށް-- ފޮޓޯ: ސޯޝަލް މީޑިއާ

ޗެނަލް13ގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޗެނަލް13 ގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ސަމާހު "އަދަދު"އަށް ވިދާޅުވީ އެ ނޫސްވެރިޔާ އައިޖީއެމްއެޗަށް ރޭ ދިޔައީ އިއްޔެ އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހަކަށް ފުލުހުން ވަރަށް ބޮޑަށް އަނިޔާކޮށްގެން ޑޮކްޓަރަށް ދައްކަން ގެންދިއުމުން އެކަން ރިޕޯޓްކުރުމަށް ކަމަށެވެ.

ހޮސްޕިޓަލަށް ނޫސްވެރިޔާ ދިއުމުން ފޮޓޯ، ވީޑިއޯ އަދި އެކަމާ ގުޅޭ އެެއްވެސް މައުލޫމާތެއް ނުހޯދޭނެ ކަމަށް ބުނެ ފުލުހުން ހުރަސް އެޅި ކަމަށް ސަމާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނޫސްވެރިޔާ އެދެމުން ދިޔައީ ކީއްވެތޯ މައުލޫމާތު ނުހޯދޭނީ. ފުލުހުން ކަންތައް ކުރީ މުޒާހަރާގެ ބައިވެރިންނަށް ކަންތައް ކުރާ ގޮތަށް. އަތަށާއި ތަންތަނަށް ތަދުކޮށްލާ. ފަހުން ޑޮކްޓަރަށް ދެއްކީމަ ބުނީ ކޮންމެވެސް ވަރަކަށް ޓިޝޫތައް ޑެމޭޖްވެފައި ހުރި ކަމަށް،" ސަމާހު ވިދާޅުވި އެވެ.

މީގެ އިތުރުން ސަމާހު ވިދާޅުވީ ލިބުނު އަނިޔާތަކުގެ ސަބަބުން އެ ނޫސްވެރިޔާ ހަތަރު ދުވަހު ބެޑްރެސްޓް ކުރަން ޑޮކްޓަރު ބުނެފައިވާ ކަަމަށެވެ.

"އަންހެން ނޫސްވެރިއަކަށް ފިރިހެން ފުލުހުން އަނިޔާކުރީ. ތަކުރާރުކޮށް ކާޑު އެބަ ދައްކާ މިއީ ނޫސްވެރިއެއްކަން ބުނެދޭން. ފިރިހެން ފުލުހުން އަންހެން ނޫސްވެރިންނަށް އަނިޔާ ކުރާތީ އެންމެ ބޮޑު މައްސަލައަކީ," އޭނާ ވިދާޅުވި އެވެ.

ސަމާހު ވިދާޅުވީ އެ ހާދިސާ ހިނގިއިރު ފުލުހުންގެ މީޑިއާ ހޮސްޕިޓަކުގައި ނެތް ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބުނެވެ.

ޕީޕީއެމާއި ޕީއެންސީން އިއްޔެ ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 29 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox