ޔާމީންގެ އެއްފަސް ސިޔާސަތަށް ނަޝީދުގެ ފާޑުކިޔުން: "ރަށްރަށް ތަރައްގީކުރަން އެމީހުން ނުވިސްނާނެ"

ކުރީގެ ރައީސް ނަޝީދު: މާލެ ސަރަހައްދު އެއްފަސްކުރުމުގެ ސިޔާސަތަށް ނަޝީދު ފާޑުވިދާޅުވި --

ކުރީގެ ރައީސް ނަޝީދު: މާލެ ސަރަހައްދު އެއްފަސްކުރުމުގެ ސިޔާސަތަށް ނަޝީދު ފާޑުވިދާޅުވި --

މާލެ ސަރަަހައްދު އެއްފަސްކުރުމުގެ ސިޔާސަތަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވެ, ކުރީގެ ރައީސް އަބްދުالله ޔާމީން ދެއްކެވި ވާހަކަތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

މާލެއަށް މީހުން ޖަމާކޮށް ތޮއްޖެއްސުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫންކަން ފާހަގަކުރަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާއަށް ދިން އޯޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ "އެއްހޮރަކުން ދެފަހަރު ކަށި ޖެހިޔަ ދީގެން ނުވާނެ" ކަމަށެވެ.

ޖަޒީރާ ތަރައްގީއަށާއި، ލާމަރުކަޒީ ނިޒާމަކަށް ފެށުނީއްސުރެ ވަކާލާތުކުރައްވަމުން ގެންދަވާ ނަޝީދު ވަނީ އެމްޑީޕީގެ ފަލްސަފާއާ ދެކޮޅަށް، ވޯޓުދޭން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މާލެ ސަރަހައްދަށް އެންމެން ޖަމާކުރުމަށް ވިސްނާ ބަޔަކު ރަށްރަށް ތަރައްގީ ކުރުމަށް ހަމަކަށަވަރުން ވެސް ނުވިސްނާނެ." ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ލީޑަރު، ރައީސް ޔާމީންގެ ވިސްނުންފުޅުގައި އަތޮޅުތައް ތަރައްގީ ކުރުމެއް ނެތެވެ. އެހެންކަމުން ޕީޕީއެމްގެ ކެންޑިޑޭޓަކަށް އެ ގޮނޑި ދިނުމަކީ "ބޭކާރު ކަމެއް" ކަމަށް ރައީސް ނަޝީދު ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ވައުދުވަމުން އެ އަންނަނީ ކޮމަންޑޫވެސް އުވާލާނެ ކަމަށް، ރާއްޖެ ތެރެ އުވާލާ މުޅި ހުރިހާ އެންމެން ހުޅުމާލެއަށް ޖަމާކުރާނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.

"ކޮމަންޑޫގެ ތަރައްގީއަށް، އަދި ފޯކައިދޫ ވިޔަސް މަރޮށި ވިޔަސް، މިރަށްރަށުގެ ތަރައްގީއަށް އެ ބޭފުޅުންގެ ސިޔާސަތެއް އެކުލަވާލާނެ ގޮތެއް ވެސް ނެތްކަން އަޅުގަނޑުމެން އެންމެންނަށް ސާފު," ކޮމަންޑޫ ދާއިރާއަށް ޕީޕީއެމުން ވާދަކުރަނީ އެއްވެސް އަމާޒެއް، އަދި މިސްރާބެއް ނެތި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޕާޓީގެ މަގުސަދަކީ އާންމު ރައްޔިތުންނަށް ވިޔަފާރި ކުރަން މަގުފަހިކުރުން ކަމަށާއި ކޮމަންޑޫއަށް މިއަދު ލިބިފައިވާ ތަނަވަސްކަމަކީ އެ ރަށުގެ ރައްޔިތުން އަމިއްލައަށް ހޯދައިގަތް ތަނަވަސް ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފަލްސަފާއަށް ތާއީދު ބޮޑީ ދޮށީގެ އުމުރުގެ ގިނަ ބަޔަކު ފަހަތުގައި ތިބޭތީކަން ފާހަގަކުރެއްވި އެވެ.

ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނަށް އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ, ކުޅުދުއްފުށި, ތިނަދޫ އަދި އައްޑޫ ފަދަ ތަންތަން އެއްފަސްކުރެވިދާނެތޯ ބެލުމަށް ފައިސާ ބޭންކު ނުކުރައްވާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ކުރިއަށް އޮތް 10 ނުވަތަ 20 އަހަރުގައި ވެސް މިހާރު ރާއްޖޭގައި އޮތް ހިޖުރަކުރުމުގެ ޓްރެންޑަށް ބަދަލެއް ނާންނާނެ ކަމަށާއި، މީހުން ޖަމާވަމުން ދަނީ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް އޮތް މާލެއަށް ކަމަށެވެ. މިހާރުވެސް ތޮއްޖެހިފައިވާ މާލެ ފުރެއްޖެ ކަމަށް އެމަނިކުފާނު ގަބޫލުނުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox