ޔާމީން ވެސް ކޮމަންޑޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް ޔާމީން: އަންނަ ހަފުތާ ކޮމަންޑޫއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރީގެ ރައީސް ޔާމީން: އަންނަ ހަފުތާ ކޮމަންޑޫއަށް ވަޑައިގަންނަވަން ވަނީ ނިންމަވާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވަޑައިގަތުމަށް އެ ޕާޓީގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ށ. ކޮމަންޑޫއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މި ހަފްތާގެ ހުކުރު ދުވަހު ސަރުކާރުގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް ސޯލިހްވެސް އެ ރަށަށް ވަޑައިގަންނަވާނެ އެވެ.

ޔާމީން ކޮމަންޑޫއަށް ވަޑައިގަންނަވާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "އަދަދު"އަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕެއިނަށް މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުގެ ރޭ އިދިކޮޅު ލީޑާޝިޕްގެ ބައެއް އިސް ބައެއް ބޭފުޅުން ކޮމަންޑޫއަށް ވަޑައިގެންނެވި އެވެ.

އެ ޓީމުގައި އިސްކޮށް ހުންނެވީ އަބްދުއްރަހީމާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރެވެ. މި ދަތުރު ނިންމާލުމަށް ފަހު އެ ޓީމުގެ އިސްވެރިން ވަނީ އިއްޔެ މާލެ ވަޑައިގެންފަ އެވެ.

އިދިކޮޅު ލީޑާޝިޕުން ކޮމަންޑޫއަށް ދިއުމުން މަރުހަބާ ކިޔަން ގޮސްތިއްބަ: މިހާރު އެ ދަތުރު ނިންމާލުމަށްފަހު އެ ޓީމު ވަނީ އެނބުރި މާލެ އައިސްފައި -- ފޮޓޯ: ޓްވީޓާ، އާދަމް ޝަރީފް
އިދިކޮޅު ލީޑާޝިޕުން ކޮމަންޑޫއަށް ދިއުމުން މަރުހަބާ ކިޔަން ގޮސްތިއްބަ: މިހާރު އެ ދަތުރު ނިންމާލުމަށްފަހު އެ ޓީމު ވަނީ އެނބުރި މާލެ އައިސްފައި -- ފޮޓޯ: ޓްވީޓާ، އާދަމް ޝަރީފް

އިދިކޮޅު ލީޑާޝިޕުން ކޮމަންޑޫއަށް ދިއުމުން މަރުހަބާ ކިޔަން ގޮސްތިއްބަ: މިހާރު އެ ދަތުރު ނިންމާލުމަށްފަހު އެ ޓީމު ވަނީ އެނބުރި މާލެ އައިސްފައި -- ފޮޓޯ: ޓްވީޓާ، އާދަމް ޝަރީފް

ޕީޕީއެމް އިން ބުނީ ކޮމަންޑޫގެ އިތުރުން އެ ދާއިރާގައި ހިމެނޭ މަރޮށި، އަދި ފޯކައިދޫއަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި، އެ ތިން ރަށުގައި ޑޯޓުޑޯގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީއަކީ ށ.އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ކޮމަންޑޫ ކުޑަ ކަތީބުކަންވެސް އޭނާ ކުރެއްވި އެވެ. މީގެ އިތުރުން އޭނާއަކީ ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބުކަންވެސް ކުރެއްވި ވަކީލެކެވެ.

titledesc

އަންނަ ފެބްރުއަރީ ފަސްވަނަ ދުވަހު މި އިންތިހާބު ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ހުސެއިން ވަހީދު، 53، ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox