ވިލާ ކޮލެޖުގެ ސްކޮލާޝިޕް ސްކީމް 2021 އަށް ހޮވުނު ދަރިވަރުންނަށް ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.
ސްކޮލާޝިޕްތައް ދަރިވަރުންނާ ހަވާލު ކުރީ އެކަމަށްޓަކައި ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ދަރިވަރުންނާ ސްކޮލާޝިޕް ހަވާލުކޮށްދެއްވަމުން ވިލާ ކޮލެޖުގެ ރެކްޓާ، ޑރ. އަހުމަދު އަންވަރު ވަނީ މި ސްކޮލާޝިޕްގެ ބޭނުން ހިފައި، ދަރިވަރުންގެ ތައުލީމީ ހަޔާތް އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ހިތްވަރާއި ހިންމަތާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.
މިދިޔަ އަހަރު ވިލާ ކޮލެޖުގެ ފަރާތުން ވަނީ ހަތަރު ދާއިރާއަކުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފަ އެވެ. އެއީ;
- ވިލާ ކޮލެޖު / ވިލާ އިންޓާނޭޝަނަލް ހައިސްކޫލް ކެޓެގަރީ
- ވިލާ ކޮލެޖު އޯޕަން ސްކޮލާޝިޕް ކެޓެގަރީ
- ވިލާ ކޮލެޖު އެލުމްނައި ސްކޮލާޝިޕް ކެޓެގަރީ
- ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ސްކޮލާޝިޕް ކެޓެގަރީ
އެ ދާއިރާތަކުން ޖުމްލަ ހަތް ދަރިވަރުން ވަނީ ސްކޮލަރޝިޕަށް ހޮވި، އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެ ދަރިވަރުންނަކީ:
- ވިލާ ކޮލެޖު / ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ކެޓެގަރީ: ހުސައިން ނުވާސް (ބެޗެލަާ އޮފް އާޓްސް (އޮނާސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
- ވިލާ ކޮލެޖު އޯޕަން ކެޓެގަރީ: ޕޯސްޓްގްރެޖުއޭޓް، އައިޝަތު މަލްހާ (އެމްއެސްސީ އެކައުންޓިންގް އެންޑް ފައިނޭންސް)
- އަންޑަރގްރެޖުއޭޓް: މުހައްމަދު އައްފާން (ބެޗެލާ އޮފް އާޓްސް (އޮނާސް) ބިޒްނަސް މެނޭޖްމަންޓް އެންޑް އިކޮނޮމިކްސް)
- ފައުންޑޭޝަން: އައިޝަތު އިނާން ރަމްޒީ (ސެޓްފިކެޓް 4 އިން ނާސިންގް)
- ވިލާ ކޮލެޖު އެލުމްނައި ކެޓެގަރީ: ޕޯސްޓްގްރެޖުއޭޓް، އުސްމާން ޝާޒް (އެލްއެލްއެމް (ކޮމަޝަލް ލޯ))
- ވިލާ ކޮލެޖު ހެލްތް ޕްރޮފެޝަނަލްސް ކެޓެގަރީ: ހައްވާ އަޒުފާ (އެމްއެސްސީ ނަސިންގް)
- ސްކޮލަޝިޕް ކޮމިޓީއިން ދެއްވާ ހާއްސަ ސްކޮލާޝިޕް: އައިޝަތު ރިޔާސާ (އެލްއެލްއެމް (ކޮމާޝަލް ލޯ))
މި ސްކޮލަޝިޕް ސްކީމަކީ ކޮންމެ އަހަރަކުވެސް ވިލާ ކޮލެޖުގެ ފަރާތުން ދަރިވަރުންނަށް ސްކޮލަޝިޕްގެ ފުރުސަތުތައް ހުޅުވާލާ ސްކީމެކެވެ. އެގޮތުން މި އަހަރުވެސް، މި ސްކީމްގެ ދަށުން ވަރަށް އަވަހަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެ އެވެ.











