ލާދީނީ މީހެއް ކަމަށް ބުނުމުގެ ހަމައެކަނި މަގްސަދަކީ ޖާނަށް ނުރައްކާ ދިނުން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ވިދާޅުވީ އެމަނިކުފާނަށް ލާދީނީ ގޮވާ މީހުންނަށް ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ވިދާޅުވީ އެމަނިކުފާނަށް ލާދީނީ ގޮވާ މީހުންނަށް ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމަނިކުފާނަކީ ލާދީނީ ބޭފުޅަށް ކަމަށް ތުހުމަތުކޮށް އެފަދަ އިލްޒާމްތައް އަޅުވަމުންދާ ހަމައެކަނި މަގްސަދަކީ ޖާނަށް ނުރައްކާ ދިނުން ކަމަށާއި އެކަމާމެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވީ، އިސްލާމް ދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު އެމަނިކުފާނު ފާޅުކުރަމުންދާ ކަމަށް ބުނެ ބަޔަކު އެ މައްސަލަ ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައި އޮއްވަ އެވެ. އެ ސިޓީ ފުލުހުންނަށް ހުށަހެޅި ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން އޮތީ އެކަން ރިޕޯޓު ވެސް ކޮށްފަ އެވެ.

"އޭގެ ހަމައެކަނި މަގްސަދަކީ އަޅުގަނޑުގެ ޖާނަށް ނުރައްކާ ދިނުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

Advertisement

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަހެއް ރައްދުނުކޮށް ސިޔާސީ ބަހުސް ނުކުރެވޭ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެ ބަޔާނުގައި ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

"އަޅުގަނޑާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުންދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ," ނަޝީދު ވިދާޅުވި އެވެ.

އެފަދަ އަސާސެއް ނެތް މައްސަލަތައް ފުލުހުންނަށް ހުށަހެޅެނީ ގާނޫނުލްއުގޫބާތަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލުގައި "އިސްލާމީ އަގީދާއާ ގުޅުވައި، މުޖުތަމައުގެ މީހަކާ މެދު ނަފްރަތު އުފެއްދުން" ކުށެއްގެ ގޮތުގައި ކަނޑައެޅިފައި ނުވާތީ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ލާދީނީ މީހެއް ކަމަށް ބުނެ ފަތުރާ އިލްޒާމްތަކަށް ފިޔަވަޅު އަޅާނެކަމުގެ އުއްމީދުގައި ހުރިން،" ނަޝީދު އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ހިމަނާފައި އޮތެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ ބިލް ގާނޫނަކަށް ވެގެން އައިއިރު އެބައި ހިމަނާފައެއް ނުވެއެވެ.

ޖާނަށް ނުރައްކާ އޮތްކަމުގެ ބިރު ނަޝީދު ފާޅުކުރެއްވިއިރު، އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދު ކުރާ ބަޔަކު ވަނީ މާލޭގައި ވަރުގަދަ ބޮމެއް ގޮއްވާލައިފަ އެވެ. އެ ހަމަލާގައި ނަޝީދު އަވަހާރަނުވީ ހަމަ ކިރިޔާ އެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ދިން އެ ހަމަލާގައި ނަޝީދުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި އެވެ. ބޮން ގޮއްވީ އާންމުންގެ މީހަކު ގުރްބާންކޮށްފައި ވެސް ނަޝީދު އަވަހާރަކޮށްލުމުގެ މަގްސަދުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން، ނަޝީދަކީ ލާދީނީ ބޭފުޅެއް ކަމަށް ވިދާޅުވެ، ދީން ކިޔަވައިގެން ތިބި ބައެއް މީހުންނާއި އިސްލާމް ދީން ފަތުރަން އުޅޭ ކަމަށް ބުނާާ ބައެއް ޖަމިއްޔާތަކުން ދަނީ އެމަނިކުފާނާ ދެކޮޅަށް ކެމްޕެއިނުތަކެއް ކުރަމުންނެވެ. އެގޮތުން ނަޝީދަކީ މުސްލިމެއް ނޫން ކަމަށް ވަރަށް ފާޅުގައި ބައެއް އިލްމުވެރިން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެކަންތައްތަކާމެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox