ޖުޑިޝަރީގައި ޖިންސީ ފުރައްސާރަ އޮތް މިންވަރު ބަލަން ދިރާސާއެއް ކުރަނީ

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން: ޖިންސީ ފުރައްސާރައާ ގުޅިގެން ތިން ގާޒީއަކު ވަނީ ވަކިކޮށްފައި --

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން: ޖިންސީ ފުރައްސާރައާ ގުޅިގެން ތިން ގާޒީއަކު ވަނީ ވަކިކޮށްފައި --

ކޯޓުތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ފިރިހެން ފަނޑިޔާރުންގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރުމުގެ ދަށުދަރަޖައިގެ އަމަލުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ޖުޑީޝިއަލް ސާވިލް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

އެ ކޮމިޝަންގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކުރަމުން ބުނީ، އެފަދަ މައްސަލަތައް ދިމާވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ނިންމާ، އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަން ތަފްސީލުކޮށްދެމުން އެ ކޮމިޝަންގެ ތަރުޖަމާން އިޒްމީރާ ޝިހާމް "އަދަދު" އަށް ވިދާޅުވީ 2019 ވަނަ އަހަރު ތެރޭގައި ކޯޓުތަކުގައި ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލުތައް ހިނގާކަން ދެނެގެވިގެން އެމެރިކާގެ ބާ ކައުންސިލާއެކު އެކަން ތަހުގީގު ކުރުމުގެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ. އަދި އެ މަސައްކަތަށް ބޭރުގެ އެހެން ކޮންސެލްޓެންޓުންގެ ވެސް އެހީ ހޯދުމުގެ މަސައްކަތް ޖޭއެސްސީން ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިކަހަލަ މައްސަލަތައް އޭރު އޮތީ ނުދައްކާ ވާހަކައެއްގެ ގޮތުގައި، މުވައްޒަފުން ޖެހިލުންވޭ އޭރު މިކަހަލަ ވާހަކަ ދައްކަން،" ޖިންސީ ގޯނާއާއި ފުރައްސައިރައިގެ ސީރިއެސް ތުހުމަތުތަކެއް ފަނޑިޔާރުންނަށް ފުރަތަމަ ފަހަރަށް ކުރެވިގެން ދިޔަ ގޮތް އިޒްމީރާ ކިޔައިދެއްވި އެވެ.

މިހާތަނަށް ޖިންސީ ގޯނާގެ ތުހުމަތުތަކުގައި ތިން ފަނޑިޔާރެއް މަގާމުން ވަކިކޮށްފައިވާއިރު، އެ ތިން ބޭފުޅުންގެ މައްސަލަ ބަލައިދިނުމަށް ޖޭއެސްސީން ވަނީ ފުލުހުންނަށް ވެސް ހުށަހަޅާފަ އެވެ.

އެއީ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދާއި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސެއިން އަދި ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ އެވެ.

އަދުނާންގެ މައްޗަށް ތުހުމަތުކުރަނީ މާކުރަތު ކޯޓުގެ މުވައްޒަފުންގެ ތެރެއިން ދެ އަންހެނަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، ޖިންސީ ފުރައްސާރަ ކުރި މައްސަލަ އެވެ. ޖޭއެސްސީއަށް މިކަން އެނގުނީ އަށް އަހަރު ފަހުންނެވެ. އެކަން ކަމާބެހޭ ފަރާތްތަކާ ހަމައަށް ނުގޮސް ސިއްރުކޮށްފައިވަނީ ދެ އަންހެނުންނަށް އަދުނާން ބިރުދައްކާ ނުފޫޒު ފޯރުވާތީ ކަމަށް ޖޭއެސްސީގެ ތަހުގީގަށް ފާހަގަކުރެވިފައިވެ އެވެ.

ހަސަން ދީދީއާ ގުޅިގެން ޖޭއެސްސީން ފުލުހަށް ހުށަހެޅި ހަތް މައްސަލައިގެ ތެރޭގައި ހިމެނެނީ އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނާ މައްސަލައަކާއި، މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާކަމުގެ ޝަކުވާއާއި، މުވައްޒަފުންނަށް މަޖުބޫރުކުރުވާ ކަމަށް ބުނާ މައްސަލައެކެވެ.

މި ތިން ފަނޑިޔާރުންގެ ތަހުގީގުގެ ތަފްސީލެއް އަދި ފުލުހުން ނުދެ އެވެ. ދައުވާ ކުރި ކަމެއް ވެސް އަދި ސާފު ނުވެ އެވެ.

ޖޭއެސްސީން ބުނީ މިހާރު ވެސް ފަނޑިޔާރަކަށް ޖިންސީ ގޯނާގެ ތުހުމަތެއް އަމާޒުވެގެން ތަހުގީގުކުރަމުންދާ ކަމަށެވެ. އެއީ ގއ. ދާންދޫ އިސް މެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox