އާ އަހަރާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބިޔަރާއި ޑްރަގު އަތުލައިގަނެފި

އާ އަހަރާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ބިޔަރާއި ޑްރަގު އަތުލައިގަނެފި

އާ އަހަރާ ދިމާކޮށް، ޑްރަގާއި ދެކޮޅަށް ފުލުހުން ހިންގި ތިން އޮޕަރޭޝަނަކުން ބިޔަރާއެކު ގިނަ ޑްރަގު ޕީސްތަކެއް އަތުލައިގަނެފި އެވެ.

މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ވިލިމާލެއިން 33 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ޑްރަގް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިން ކޮތަޅެއް ފެނިގެން ހައްޔަރު ކުރި ނަމަވެސް އޭނާ ވަނީ ކޯޓުން ދޫކޮށްލާފަ އެވެ.

ޖެހިގެން އައި ދުވަހު ކ. ދިއްފުށިން ޑްރަގް ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 21 ކަރުދާސްކޮޅާއި ރަބަރު ޕެކެޓާއި އެކު 38 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ހައްޔަރު ކުރި އެވެ. އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އިތުރު 50 ކޮތަޅު ފުލުހުންނަށް ފެނުމުން އެރަށު މެޖިސްޓްރޭޓް ކޯޓުން ވަނީ ތަހުގީގުގެ ބޭނުމަށް އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.

ދިއްފުށިން ފުލުހުން އަތުލާގަތް ޑްރަގް ކަރުދާސް ކޮތަޅުތައް
ދިއްފުށިން ފުލުހުން އަތުލާގަތް ޑްރަގް ކަރުދާސް ކޮތަޅުތައް

ދިއްފުށިން ފުލުހުން އަތުލާގަތް ޑްރަގް ކަރުދާސް ކޮތަޅުތައް ފޮޓޯ: ފުލުހުން

ލޯކަލް ޓުއަރިޒަމް އެންމެ ފުޅާ، އަދި އާ އަހަރާ ދިމާކޮށް، އެންމެ ބާރު ބޮޑު އެއް އެރަށް ކަމަށްވާ މާފުށިން މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު ފުލުހުން ވަނީ ދެ ކޭސް ބިޔަރު ދަޅުވެސް އަތުލާގަނެފަ އެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

މިދިޔަ އަހަރު ފުލުހުން ވަނީ މަސްތުވާތަކެއްޗާ ގުޅޭ 1577 މައްސަލައެއް ތަހުގީގުކޮށްފަ އެވެ. އެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ގޮތަށް ޓާސްކް ފޯސްއެއްވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ. އަދި ގޭންގްތަައް ރޫޅާލުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރީތައް ހުއްޓުވުމަށްވެސް ޓާސްކްފޯސްއެއް އެކުލަވާލާފައި ވެއެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ގާނޫނަށް ބޮޑު އިސްލާހެއް މިއަހަރު ތެރޭގައި ގެނައުމަށްޓަކައި ފުލުހުންނާއި އެޓާނީ ޖެނެރަލް އޮފީހާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށާ، ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގެ ބޮޑު ނަތީޖާއެއް ފެނިގެން ދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދުއާއި ދެބޭފުޅުންވެސް ވިދާޅުވި އެވެ.

މި މަސައްކަތަށް ސިޔާސީ ނުފޫޒާއެކު ގިނަ ހުރަސްތައް ހުރިކަން ސީޕީ ފާހަގަކުރެއްވި އެވެ. ނަމަވެސް "އެންމެ އިންޗިއެއްވެސް ދޫނުދޭނެ" ކަމަށާއި، "ނުރައްކަލަށް ހުށަހެޅިގެންވެސް" މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސީޕީ އެރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox