އަފްގާނިސްތާން އަންހެނުންގެ ހައްގުތައް ދިފާއު ކުރަން އެމެރިކާގެ މަންދޫބެއް

ރީނާ އާމިރީ. -- ފޮޓޯ: އޭއެފްޕީ

ރީނާ އާމިރީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ޑިސެމްބަރު 30) - އަފްގާނިސްތާން އަންހެނުންގެ ހައްގުތައް ދިފާއު ކުރަން ހާއްސަ އެމެރިކާގެ މަންދޫބެއް ކަނޑައަޅައިފި އެވެ.

އެ މަގާމަށް ހަމަޖެއްސީ އަފްގާނިސްތާނަށް އުފަން އެމެރިކާގެ ތަޖުރިބާކާރު ރީނާ އާމިރީ އެވެ. އޭނާ ވަނީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ސްޓޭޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވާފަ އެވެ.

ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އާމިރީ ފުރުއްވާނީ އަފްގާން އަންހެނުންނާއި، އަންހެން ކުދިން އަދި އިންސާނީ ހައްގުތަކާ ބެހޭ މަންދޫބުގެ މަގާމު ކަމަށެވެ.

އެމެރިކާ އިން އަފްގާނިސްތާނުގައި ކުރި 20 އަހަރުގެ ހަނގުރާމަ މިދިޔަ އޯގަސްޓު މަހު ނިންމާލާފައި ވާއިރު، ބްލިންކެން ވިދާޅުވީ ރީނާ އާމިރީގެ މަސައްކަތަކީ ރައީސް ޖޯ ބައިޑެންގެ ސަރުކާރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ސުލްހަވެރި، ހަމަޖެހުން އޮތް ރައްކާތެރި އަފްގާނިސްތާނަށް ފެންނަން. ހުރިހާ އަފްގާން ރައްޔިތުންނަށް ވެސް ހަމަޖެހުމާ އެކު ދިރިއުޅުމުގެ ފުރުސަތު އޮތް، ސިޔާސީ އަދި އިޖުތިމާއީ ބައިވެރިވުން ޔަގީންވާ މާހައުލެއް،" ބްލިންކެން ވިދާޅުވި އެވެ.

ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރި އިރު އަންހެނުންގެ ހައްގުތައް އޮތީ ހިފަހައްޓާފަ އެވެ. އެގޮތުން ވަޒީފާ އަށް ދިޔުމާއު ކިޔެވުން މަނާކުރި އެވެ.

މިދިޔަ އޯގަސްޓު މަހު އަލުން ވެރިކަމަށް އައި ތާލިބާނުން މި ފަހަރު ހައްގުތައް ދޭން ވައުދުވި ނަމަވެސް، އެ ވައުދު ފުއްދާ މަންޒަރެއް ނުފެނެ އެވެ.

މިހާރު ގިނަ އަންހެނުން ވަޒީފާ އަށް ދިޔުން މަނާކޮށްފައި ވާއިރު، ގިނަ އަންހެން ކުދިން ވަނީ ސާނަވީ ތައުލީމުން މަހްރޫމުކޮށްފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ތާލިބާނުން ބުނީ އާއިލާގެ ފިރިހެން މެމްބަރަކާ އެކު ނޫނީ އަންހެނުންނަށް ގެއިން ބޭރަށް ނުކުމެ، ދުރު ތަނަކަށް ނުދެވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox