ދަރުސްތަކާ މެދު ހިތްހަމަނުޖެހި ފްރާންސްގެ މިސްކިތެއް ބަންދުކޮށްފި

ފްރާންސްގެ މިސްކިތެއް.

ފްރާންސްގެ މިސްކިތެއް.

ޕެރިސް، ފްރާންސް (ޑިސެމްބަރު 28) - ފްރާންސްގެ އުތުރުގައި ހުންނަ މިސްކިތެއްގައި ދޭ ދީނީ ދަރުސްތަކުގައި ހަރުކަށި ފިކުރު ހިމެނޭ ކަމަށް ބުނެ، މިސްކިތް ބަންދުކޮށްފި އެވެ.

ޕެރިހުގެ އުތުރުން 100 ކިލޯމީޓަރު ދުރުގައި 50،000 މީހުން ދިރިއުޅޭ ބިޔުވައި އަވަށުގެ މިސްކިތް ބަންދު ކުރީ ހަ މަހުގެ މުއްދަތަކަށެވެ. ކަމާ ބެހޭ އިދާރާތަކުން ބުނީ މިސްކިތުން ދެނީ ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރުދޭ ދަރުސްތައް ކަމަށެވެ.

މީގެ ދެ ހަފުތާ ކުރިން އިންޓީރިއާ މިނިސްޓަރު ޖެރަލްޑް ޑާމަނިން ވިދާޅުވީ އެ މިސްކިތް ބަންދު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިސްކިތުގައި ޔަހޫދީންނާއި ނަސާރާއިންނާ ދެކޮޅު ދަރުސްތައް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރާންސްގައި މިސްކިތެއް ބަންދުކުރެވެނީ ޝަކުވާ ލިބުމާ އެކު 10 ދުވަސް ވަންދެން މައުލޫމާތު ސާފު ކުރުމަށް ފަހު އެވެ. ނަމަވެސް އޭއެފްޕީ އިން ބުނީ ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެ މިސްކިތް ބަންދު ކުރާނެ ކަމަށެވެ.

ކުރިއާ ޕިކާޑް ނޫހުން ބުނީ އެ މިސްކިތުގެ އިމާމަކީ ދާދި ފަހުން އިސްލާމްވި މީގެއް ކަމަށެވެ. މިސްކިތުގެ ކަންކަން ބަލަހައްޓާ ޖަމިއްޔާގެ ވަކީލު ބުނީ އިދާރާތަކުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޝަކުވާ ބޮޑުވި ދަރުސްތައް ދިން އިމާމު މިހާރު ވަނީ ސަސްޕެންޑުކޮށްފައި ކަމަށް ވަކީލު ބުންޏެވެ. މިސްކިތް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު މި ހަފުތާގައި އޮންނާނެ އެވެ.

މި އަހަރުގެ ކުރީކޮޅު ފްރާންސްގެ ސަރުކާރުން ބުނީ ހަރުކަށި ފިކުރު ފަތުރާ ތަންތަން ދެނެގަތުމަށް ކުރާ މަސައްކަތް ހަރުދަނާ ކުރާނެ ކަމަށެވެ.

އެގޮތަށް ނިންމީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ޓީޗަރަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމަށް ފަހު 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ މަރާލުމާ ގުޅިގެންނެވެ.

މި މަހު އިންޓީރިއާ މިނިސްޓްރީން ބުނީ ފްރާންސްގެ 2،600 އަށް ވުރެ ގިނަ މިސްކިތުގެ ތެރެއިން 100 ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަ މިސްކިތެއް ބަންދު ކުރުމަށް ދަނީ ވިސްނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox