މާލޭގެ އާމްދަނީ މަދުމީހުންނަށް ލިބޭނެ ގޮތެއް ނެތި ހުޅުމާލޭން ބިން ވިއްކުން ބަލައެއްނުގަނެވޭ: ނަޝީދު

ރައީސް ނަޝީދު: ހުޅުމާލޭން ބިން ވިއްކުމުގެ ސިޔާސަތު ބަދަލުކުރުމަށް ވަނީ ގޮވާލައްވާފައި

ރައީސް ނަޝީދު: ހުޅުމާލޭން ބިން ވިއްކުމުގެ ސިޔާސަތު ބަދަލުކުރުމަށް ވަނީ ގޮވާލައްވާފައި

މާލޭގެ ރައްޔިތުންނަށް "ގޯތި ކަނޑާފައި ދޭން ޖެހޭ ކަމަށް" ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް، ހުޅުމާލޭގެ ދެވަނަ ފޭސް އިން ބިން ވިއްކަން އެޗްޑީސީން ހުޅުވައިލުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުަހައްމަދު ނަޝީދު އެކަމާ ދެކޮޅަށް ނުކުންނަވައިފި އެވެ.

ހުޅުމާލޭން ބިން ވިއްކަން އެޗްޑީސީން މިއަދު ބީލަމަށް ހުޅުވައިލުމުން ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ ސިޔާސަތު ބަދަލުކުރަން ގޮވައިލައްވާ ކަމަށެވެ.

"މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެެއިން ބިން ވިއްކުަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ސިޔާސަތު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލަން،" ޓްވީޓްގައި ނަޝީދު ވިދާޅުވި އެވެ.

މިދިޔަ އަންގާރަދުވަހު ސަލްޓަން ޕާކްގައި އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވައުދުވަމުން އަންނަތާ ތިރީހަކަށް އަހަރު ވެއްޖެ ކަމަށެވެ. އެ ވައުދު ނުފުއްދޭ ކަމަށް ވާދަވެރިންގެ އިތުރުން ސަޕޯޓަރުން ވެސް ބުނާ ކަމަށާއި އެކަމާ ދެބަސް ވެވަޑައިގެންނެވެން ނެތް ކަމަށް ވެސް އެ ދުވަހު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ހަމަ އެޔާ އެކީގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވާން އޮތް ވާހަކައަކީ މިގޮތަށް ހަމަނޭވާ ލެވި، މިމާލޭގައި މިރާއްޖޭގައި އަޅުގަނޑުމެންނަށް ތެދުވެ ހިނގާ ބިނގާވެ އުޅެވޭހާ ހިނދަކު މިވާހަކަ ދެއްކުން ވެސް އަދި މިސައްކަތްކުރުން ވެސް އަޅުގަނޑުމެން ހުއްޓައެއް ނުލާނަމޭ. ކަނޑާފައި މާލޭ ރައްޔިތުންނަށް ގޯތި، އިތުރު ވާހަކައެއް ވެސް ނޫން ގޯތި، ހުޅުމާލެއިން ލިބެން ޖެހޭނޭ،" ނަޝީދު މިއަދު ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނިކޮށް އެޗްޑީސީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ދެވަނަ ފޭސް އިން ވިއްކަން ހުޅުވައިލި ބިމުގެ އަކަފޫޓަކަށް އެންމެ ކުޑަ އަގަކަށް ވެސް އޮތީ 3،500ރ. އެވެ. މިފަހަރު ވިއްކާ އެންމެ ކުޑަ ބިމަކަށް ވެސް އެހެންވީމާ އެންމެ ކުޑަކޮށް ހުށަހެޅޭނެ އަގަކީ 5.6 މިލިޔަން ރުފިޔާ އެވެ.

ހުޅުމާލެއިން ބިން ވިއްކުމާ ދެކޮޅު މީހުން ބުނަމުން އަންނަނީ ބިން ވިއްކުމަކީ ހުޅުމާލެ ހިއްކި ބޭނުން ކަމުގައިވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އަދި ބިމުގެ ދަތިކަން އިންތިހާއަށް އޮތް މާލެ ސަރަހައްދުގައި މިހެން ބިން ވިއްކުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެ މީހުން އަންނަނީ ބުނަމުންނެވެ.

އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިދިޔަ އޮގަސްޓް މަހު "އަދަދު"ގެ "ވިޔަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީޑީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހުޅުމާލެ ޑިޒައިންކުރީ އެކި ފަންތީގެ ރައްޔިތުން ގެދޮރުވެރިކުރުމަށް ވިސްނައިގެން ކަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި އެންމެ ފުރިހަމައަށް ތަރައްގީވާން ހުރިހާ ފަންތިއެއްގެ ރައްޔިތުން އެތަނެއްގައި ދިރިއުޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox