ހަޒާޑްގެ އަސްލު ފެންވަރު ރެއާލްގައި ފެންނާނެ: މާޓީނޭޒް

Dec 27, 2021, 4:16 AM
ހަޒާޑްގެ އަސްލު ފެންވަރު ރެއާލްގައި ފެންނާނެ: މާޓީނޭޒް

މެޑްރިޑް (ޑިސެމްބަރު 27) - ބެލްޖިއަމްގެ ކެޕްޓަން އެެޑެން ހަޒާޑްގެ އަސްލު ފެންވަރުގެ ކުޅުން ރެއާލް މެޑްރިޑްގައި ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބެލްޖިއަމް ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނެފި އެވެ.

ޗެލްސީ ދޫކޮށް ހަޒާޑް ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށެވެ. ހަޒާޑް ރެއާލްގައި ދައްކާ ކުޅުމަށް ބަލައި އިތުރު 40 މިލިއަން ޔޫރޯ ދޭ ގޮތަށް އެ އެއްބަސްވުމުގައި ހިމަނާފައިވެ އެވެ.

މިހާތަނަށް ދެ ސީޒަނު ރެއާލްގައި ހޭދަކުރިއިރު، ހަޒާޑަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އަސްލު ކުޅުމެއް މިހާތަނަށް ދެއްކިފައިނުވި ނަމަވެސް ފަހަކަށް އައިސް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަންނަނީ ހަޒާޑްގެ ފޯމު ރަނގަޅު ކުރަން އޭނާ އަށް ގިނަ ފުރުސަތުތަކެއް ދެމުންނެވެ.

އިލެވެން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މާޓީނޭޒް ބުނީ ހަޒާޑްގެ ކްލަބް ފޯމު ރަނގަޅުކުރަން ދިމާވެފައި އޮތް މައްސަލަ އަކީ އެކަށީގެންވާ ވަރަކަށް ގާތްގާތުގައި މެޗު ނުލިބުން ކަމަށެވެ. އެކަމަކު، ރެއާލްގެ ކޯޗު ކަމާ އަންޗެލޮޓީ ހަވާލުވި ފަހުން ހަޒާޑަށް ދޭ ފުރުސަތުތަކާ މެދު މާޓީނޭޒް ހުރީ ހިތްހަމަޖެހިފަ އެވެ.

"މެޗު ނުލިބުމުގެ މައްސަލަ އަށް ހައްލު ލިބުނުއިރު، ހަޒާޑްގެ އަނިޔާގެ ގޮންޖެހުންތަކަށް ވެސް އަންނަނީ ހައްލެއް ލިބެމުން. އަހަރެން ދެކޭ ގޮތުގައި ހަޒާޑްގެ އަސްލު ކުޅުން ރެއާލްގައި ފެންނާނެ. އޭނާގެ ފެންވަރު ރެއާލްގައި ސާބިތު ކޮށްދޭތަން ދެކެން ބޭނުން. އެކަން ވާނެކަމުގެ އަލިމަގެއް އެބަފެނޭ،" މާޓީނޭޒް ބުންޏެވެ.

ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ކާޑިޒް އާއި އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ހަޒާޑް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. މިއީ ރެއާލަށް ބަދަލުވެ، ޖެހިޖެހިގެން ދެ މެޗުގައި މިހާ ގިނަ ވަގުތު ހަޒާޑް ކުޅުނު ފުރަތަަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox