ރަޝިއާގައި ގޫގްލް އާއި މެޓާ އަށް ރެކޯޑް ޖޫރިމަނާއެއް

ގޫގްލްގެ ގެ ލޯގޯ. -- ފޮޓޯ: އޭއެފްޕީ

ގޫގްލްގެ ގެ ލޯގޯ. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (ޑިސެމްބަރު 25) - ރަޝިއާގެ ކޯޓަކުން ހުކުރު ދުވަހު ގޫގްލް އާއި މެޓާ ރެކޯޑް އަދަދުތަކުން ޖޫރިމަނާކޮށްފި އެވެ.

ގޫގްލް އަށް 98 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަން އެންގި އިރު، ފޭސްބުކްގެ ކުންފުނި މެޓާ އަށް އެންގީ 27 މިލިއަން ޑޮލަރު ދެއްކުމަށެވެ.

ފަހަކަށް އައިސް ރަޝިއާ އިން ވަނީ ހުޅަނގުގެ ސޯޝަލް މީޑިއާ ކުންފުނިތަކަށް ޕްރެޝަރު ކުރަން ފަށާފަ އެވެ. ރައީސް ލެޑިމިއަ ޕުޓިން ވިދާޅުވީ އެ ކުންފުނިތަކަކީ އިންތިހާބީ މަންދޫބުންހާ ނުފޫޒު ގަދަ ބަޔަކަށް ވަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގެ ކޮންޓެންޓް މޮޑަރޭޓް ނުކުރުމާއި ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ރަޝިއާ އިން ވަނީ އެ ކުންފުނިތައް ތަކުރާރުކޮށް ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް މީގެ ކުރިން މިހާ ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފައެއް ނުވެ އެވެ.

ގާނޫނާ ހިލާފު ކޮންޓެންޓް ޑިލީޓު ނުކުރާ މައްސަލައިގައި ކޯޓުން އިއްޔެ ކުރި ޖޫރިމަނާތަކަކީ ރަޝިއާ ފައިސާ އިން ބިލިއަނަކަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ.

އެގޮތުން ގޫގުލް އަށް ދައްކަން ޖެހުނު 98 މިލިއަން ޑޮލަރަކީ 7.2 ބިލިއަން ރުބަލް އެވެ. މެޓާ އަށް ދައްކަން ޖެހުނު 27 މިލިއަން ޑޮލަރަކީ 1.9 ބިލިއަން ރުބަލް އެވެ.

"މި ކުންފުނިތަކަށް ރަޝިއާ އިން އަހަރަކު ލިބޭ އާމްދަނީގެ ހިއްސާއެއް އަދާކުރަން ޖެހޭ ވަރުގެ ޖޫރިމަނާއެއް ފުރަތަމަ ފަހަރަށް މި ވަނީ ކޮށްފައި،" ރަޝިއާގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ އިދާރާ އިން ބުންޏެވެ.

އެ އިދާރާ އިން ބުނީ ގޫގުލް އާއި މެޓާ އިން ތަކުރާރުކޮށް ޝަކުވާތަކަށް ބެލުމެއް ނެތި، އެންގުންތަކާ ހިލާފަށް ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް އެ ކުންފުނިތަކުން ބުނަނީ ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ނުހިންގާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓްވިޓާ ވެސް ޖޫރިމަނާ ކުރި އެވެ. އެގޮތުން 40،000 ޑޮލަރު ނުވަތަ ތިން މިލިއަން ރުބަލްގެ ޖޫރިމަނާއެއް ދައްކަން އެ ކުންފުންޏަށް އަންގާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox