އިންޑިއާގެ ސްޕިން ބޯލިންގެ ސްޕެޝަލިސްޓް ހަރްބަޖަން ރިޓަޔާކޮށްފި

Dec 25, 2021, 3:28 AM
އިންޑިއާގެ ސްޕިން ބޯލިންގެ ސްޕެޝަލިސްޓް ހަރްބަޖަން ރިޓަޔާކޮށްފި

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 25) - އިންޑިއާގެ ސްޕިން ބޯލިންގެ ސްޕެޝަލިސްޓް ހަރްބަޖަން ސިންގް ރިޓަޔާކޮށްފި އެވެ.

އުމުރުން 41 އަހަރުގެ ހަރްބަޖަންގެ އެންމެ ފަހުން ކުޅުނު މެޗަކީ މި އަހަރު އޭޕްރީލް މަހުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ކޮލްކަތާ ރައިޑާސް އަށް ކުޅުނު މެޗެވެ. ހަރްބަޖަން އިންޑިއާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ.

ހަރްބަޖަން ވަނީ އިންޑިއާ ގައުމީ ޓީމަށް ކުޅެދިން 367 މެޗުގެ ތެރެއިން ޓެސްޓް ކްރިކެޓްގައި 417 ވިކެޓާއި ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ގައި 269 ވިކެޓް އަދި ޓީ20 ކްރިކެޓްގައި 25 ވިކެޓް ނަގައިފަ އެވެ.

ތޭވީސް އަހަރުވީ ކްރިކެޓް ކެރިއަރު ނިމުމަކަށް ގެނައިކަން ހަރްބަޖަން އިއުލާނުކުރީ ޓްވިޓާގަ އެވެ. އޭނާ ބުނީ ދިރިއުޅުމުގައި ހުރިހާ ކަމެއް ހާސިލްކޮށްދޭން އެހީތެރިވެދިނީ ކްރިކެޓް ކަމަށާއި އެކަން އަބަދުވެސް ހެޔޮހިތުން ދަންނާނެ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްވެއްޖެ ރިޓަޔާމެންޓް އިއުލާނުކުރަން އުޅޭތާ. އެކަމަކު ރަނގަޅު ވަގުތަކަށް މަޑުކުރީ. ގަބޫލުކުރަނީ މިއީ އެ ވަގުތު ކަމަށް،" ހަރްބަޖަން ބުންޏެވެ.

ހަރްބަޖަން ވަނީ މި އަަހަރު އޭޕްރީލް މަހު ކަލްކަތާ ޓީމަށް އައިޕީއެލްގައި ތިން މެޗެއް ކުޅެފަ އެވެ. އެކަމަކު، ފިޓްނަސް ދަށްވުމުގެ ސަބަބުން ރަނގަަޅަށް ނުކުޅެވުނެވެ. އެ މެޗުތަކަކީ 2019 ވަނަ އަހަރު މެއި މަހަށް ފަހު ހަރްބަޖަން ކުޅުނު ފުރަތަަމަ މެޗުތަކެކެވެ.

އިންޑިއާ ކްރިކެޓް ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެއް ކަމަށްވާ ހަރްބަޖަން އަކީ ޓެސްޓް ކްރިކެޓުގެ ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ވިކެޓް ނަގާފައިވާ އޮފް ސްޕިނާ އެވެ. އޭނާ އަކީ 2011 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި އިންޑިއާ ޓީމުގެ ކުޅުންތެރިއެކެވެ.

ހަރްބަޖަން ވަނީ ކަލްކަތާ ޓީމުގެ އިތުރުން ޗެންނާއީ ސުޕަ ކިންގްސް އާއި މުމްބާއީ އިންޑިއަންސް ޓީމަށް ވެސް އައިޕީއެލްގައި ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox