އަންހެން ފުޓްބޯޅަ އަށް ހާއްސަކޮށް އީގަލްސްގެ ކޭމްޕެއް

Dec 24, 2021, 1:33 AM
އީގަލްސްގެ ޗެއާޕާސަން ތާތު.

އީގަލްސްގެ ޗެއާޕާސަން ތާތު.

ފުރަތަމަ ޑިވިޝަނުގައި ފުޅާކޮށް ފުޓްބޯޅައިގެ އެކި މަސައްކަތްތައް ކުރުމުގެ ވިސްނުމުގައި ކްލަބް އީގަލްސް އިން އިސްނަގައިގެން އަންހެން ފުޓްބޯޅަ ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

އީގަލްސް އިން ޖުމްލަ ނުވަ ދުވަހަށް ކުރިއަށް ގެންދާ މި ކޭމްޕަކީ އެ ކްލަބްގެ އަންހެން ޓީމެއް އެކުލަވާލަން ކުރާ މަސައްކަތުގެ ބައެކެވެ. ކޭމްޕް ފަށަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އަންހެން ކުދިންނަށް ހާއްސަކޮށް ބާއްވާ މި ފުޓުބޯޅަ ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ކޭމްޕްގައި ބައިވެރިވާން ފުރުސަތު ދޭނީ އުމުރުން ހަތަރު އަހަރުން 12 އަހަރާ ދެމެދުގެ ކުދިންނަށެވެ. ކޭމްޕްގައި ކުދިން ބައިވެރިކުރަން 7908335 އަށް ގުޅުމަށް ކަންކަން ހަމަޖެހިގެންދާނެ އެވެ. މި ކޭމްޕްގައި ބައިވެރިވާ ކުދިންގެ އަތުން 500 ގެ ފީއެއް ނެގުމަށް އީގަަލްސް އިން ވަނީ ނިންމައިފަ އެވެ.

އީގަލްސް އިން އަންނަނީ ފިރިހެން ކުދިންނަށް ހާއްސަ އެކެޑަމީއެއް ހިންގަމުން.

ކޭމްޕްގެ ކަންކަން ރާވައި ހިންގަން އީގަލްސް އިން ވަނީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެފްއޭއެމްގައި އަންހެން ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް މީގެ ކުރިން ކުރި މަރިޔަމް މުހައްމަދު (މާޔަން)ގެ ބެލުމުގެ ދަށުންނެވެ. އަންހެން ފުޓްބޯޅަ ކުރިއަރުވަން މާޔަން އަންނަނީ ވިމެންސް ފުޓްބޯލް ކްލަބް (ޑަބްލިއުއެފްސީ)ގެ ނަމުގައި ކްލަބެއް ހިންގަމުންނެވެ. އެ ކްލަބުން އެކެޑަމީއެއް ވެސް ކުރިއަށް ގެންދެ އެވެ.

އީގަލްސްގައި މިހާރު ހުރި އަންހެން ޗެއާޕާސަނެއް ހުރިއިރު، އެ މަގާމުގައި ހުރި ފާތިމަތު ސައުދު (ތާތު)ގެ ތަސަައްވުރަކީ އެ ކްލަބްގައި ރަނގަޅު އަންހެން ޓީމެއް ވެސް ބޭއްވުމާއި އެ ކްލަބްގެ ކަންކަން ވީހާވެސް ފުޅާކޮށް ކުރިއަށް ގެންދިއުން ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އީގަލްސް އިން ވަނީ ދާދި ފަހުން ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox