ހަސީނާ އާކުރެއްވީ ބައްޕާފުޅުގެ ޖިހާދާއި އާއިލާ އެއްކޮށް މަރާލި ހަދީސާގެ ހަނދާންތައް

ޝައިހް ހަސީނާ މަޖިލީހުގައި ތަގުރީތު ކުރައްވަނީ: ޒުވާން އުމުރުގައި މަންމާފުޅާއި ބައްޕާފުޅު މަރުވުމުން އެކަމަނާ އުމުރު ހޭދަކުރައްވާފައި ވަނީ ކޮއްކޯފުޅާއެކު އެކަނި-- ފޮޓޯ: މަޖިލިސް

ޝައިހް ހަސީނާ މަޖިލީހުގައި ތަގުރީތު ކުރައްވަނީ: ޒުވާން އުމުރުގައި މަންމާފުޅާއި ބައްޕާފުޅު މަރުވުމުން އެކަމަނާ އުމުރު ހޭދަކުރައްވާފައި ވަނީ ކޮއްކޯފުޅާއެކު އެކަނި-- ފޮޓޯ: މަޖިލިސް

ބަގްލަދޭޝްގެ ބޮޑު ވަޒީރު، ޝެއިހް ހަސީނާ އާއިލާގެ 18 މެމްބަރުން އަވަހާރަކޮށްލި ހިތްދަތި ހާދިސާ އާއި ބޮޑުވަޒީރު ކަމަށް ނުކުންނަން މަޖުބޫރުވި ގޮތުގެ ވާހަކަތައް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެ ދެއްވައިފި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ވަރުގަދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް ޝެއިހު ހަސީނާ ރާއްޖެއަށް ވަޑައިގަތީ އިއްޔެ މެންދުރު ފަހެވެ. ޝެއިހު ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ކަމަނާގެ އިއްޒަތުގައި ބާއްވާ ރަސްމީ އޮނާގާޑެއް ބާއްވާފަ އެވެ. އެއަށްފަހު ރައީސް ސޯލިހާއެކު މިއަދު 10:00ގައި ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެންދިޔަ އެވެ. އެއަށްފަހު އެކަނަމާ ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރައްވާފަ އެވެ.

Advertisement

އެކަމަނާގެ ވާހަކަފުޅުގައި ބަންގްލަދޭޝް އުފެދިގެން އައިސްފައިވާ ގޮތާއި ޕާކިސްތާނުގެ ސިފައިން އެ ގައުމުގެ ރައްޔިތުންނާމެދު އަމަލުކުރި އިހާނެތި ގޮތުގެ ވާހަކަތައް ފާހަގަ ކުރެއްވި އެވެ. ޕާކިސްތާނުގެ ސިފައިން ދެކޮޅަށް މަސައްކަތްކޮށް ހޯދި ކާމިޔާބީ ފާހަގަ ކުރެއްވި އެވެ. އެ ގައުމުގެ މިނިވަން ކަމަށްޓަކައި އެ ގައުމުގެ ބާނީ އަދި އެ ގައުމުގެ ފުރަތަމަ ރައީސް، މިހާރު އެ ގައުމުގެ ބޮޑު ވަޒީރު، ޝެއިހް ހަސީނާގެ ބައްޕާފުޅު، ޝެއިހް މުޖީބުއްރަހްމާން ކުރެއްވި މުހިންމު މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ގައުމު މިނިވަންކުރުމަށް ކުރި މަސައްކަތް ކާމިޔާބު ކުރުމުން ވެސް ޕާކިސްތާނުން ބައްޕާފުޅު ގެންގޮސް ޖަލެއްގައި ބަންދުކުރި އެވެ. ބައިނަލްއަގްވާމީ ފިއްތުންތަކާހުރެ އަހަރެއްފަހުން ބައްޕާފުޅު މިނިވަންވެ އެނބުރި ގައުމަށް އައިސް, ބަންގްލަދޭޝް ބިނާކުރެއްވުމުގެ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ދެތިން އަހަރެއް ފަހުން ހަސީނާގެ އާއިލާއާ ކުރިމަތިވީ ވަރުގަދަ ތޫފާނެކެވެ.

ޒުވާން އުމުރުގައި ދިމާވެި އެ ހާދިސާގެ ވާހަކަތަކާއި އެ އިހުސާސްތައް ހަސީނާ މިއަދު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އިއްވެވީ އަސަރާއެކު އެވެ. ގަދަކަމުން އާއިލާގެ ގެތަކަށް ވަދެ ބައްޕާފުޅާއި އާއިލާގެ ގިނަ ބަޔަކު އަވަހާރަކޮށްލައި ބަޣާވަތް ހިންގީ އެވެ.

"ބައްޕަގެ އިތުރުން މަންމަ. ކުޑައަށް ހުންނަ ތިން ކޮއްކޮ، އެންމެ ކުޑަ ކޮއްކޮއަށް އެންމެ 10 އަހަރު. ބޮޑަށް ހުންނަ ފިރިހެން ދެ ކޮއްކޮގެ އަންހެނުން، ހުރިހާ އެންމެން މަރާލީ އެއްކޮށް. އަދި ބޮޑުބޭބެ ވެސް މަރާލި. އާއިލާ ތިން ގޭގެ މީހުން ނާއެކު އާއިލާގެ 18 މެމްބަރުން މަރާލި،" އެ ހަނދާންތައް ހިއްސާކުރެއްވި ެވެ.

އާއިލާގެ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ އަވަހާރަ ކޮށްލިއިރު އެކަމަނާ އާއި ކޮއްކޯފުޅު އޭރު ތިއްބެވީ ބޭރު ގައުމެއްގަ އެވެ. އެ ދެ ބޭފުޅުން ސަލާމަތްވީ އެހެންވެ އެވެ.

"15 ވަރަކަށް ދުވަހަށް ގައުމުން ބޭރަށް ދިޔައީ, ނަމަވެސް އެ ކުރު ދަތުރުގައި ތިއްބައި މުޅި އާއިލާ އެކީ ވަކިވެގެން ދިޔައީ," ހަސީނާ ވިދާޅުވި އެވެ.

އެ ހާދިސާއަށްފަހު ހަ އަހަރު ބަންގްލަދޭޝުން ދުރުގައި ރެފިއުޖީއެއްގެ ގޮތަށް ދިރިއުޅުއްވަން ހަސީނާ ޖެހިވަޑައިގަތެވެ. ގައުމަށް ވަޑައިގަތުމުގެ ހުއްދަ އެކަމަނާއަށް ނުލިބުނެވެ. ނަމަވެސް, ބައްޕާފުޅުގެ ޕާޓީން ހަސީނާގެ ޣައިރު ހާޒިރުގައި ރައީސް ކަމަށް އައްޔަންކުރި އެވެ. އެއާއެކު ގައުމަށްޓަކައި ރައްޔިތުންނަށް އެނބުރި ވަޑައިގަންނަވަން ނިންމެވި އެވެ.

"އަޅުގަނޑުގެ ބައްޕަގެ ތަސައްވަރެއް ރައްޔިތުންނަށްޓަކައި އޮތް, އެކަމަކު އަޅުގަނޑަށް ފެންނަމުން ދިޔައީ އެ މަގުން ބަންގްލަދޭޝް ކައްސާލައިގެން ދާ ތަން, އެހެން ރައްޔިތުންނަށް ކަމެއް ކޮށް ދިނުމުގެ ބޭރުގައި ރިސްކް ނަގައި ގައުމަށް އެނބުރި އައީ," ހަސީނާ ވިދާޅުވި އެވެ.

"އޭގެފަހުން އެތައް ފަހަރަކު ޖަލަށް ދާން ޖެހުނު, އަޅުގަނޑު މަރާލަން އެކި ފަހަރު މަތިން މަސައްކަތްކުރި, އެކަމަކު މާތްاللهގެ އިރާދަފުޅުން އަޅުގަނޑު ސަލާމަޔްވި,"

މަޖިލިސް އިދާރާގެ ޕޯޑިއަމްގައި އެކަމަނާއަށް ދިމާވި ހިތްދަތި ހާދިސާގައި ވާހަކަ ދެއްކިއިރު ބައްޕާފުޅުގެ ޒިކުރާ އާކުރެއްވީ ފަހރުވެރިކަމާއެކު އެވެ. ބައްޕާފުޅު ޝައިހް މުޖީބުއްރަހްމާން އެ ގައުމުގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްތައް އެ ގޮތުގައި ދެމެހެއްޓުމަށް އެކަމަނާ މަސައްކަތް ކުރައްވަމުންދާކަން ފާހަގަ ކުރެއްވި އެވެ.

"އަވާމީ ލީގް ޕާޓީގެ ލީޑަރަކަށްވެ ބޮޑުވަޒީރު ކަމަށް އައި ހިސާބުން ހާއްސަ މަސައްކަތްތަކެއް ކުރެވުނު. އެގޮތުން މިހާރު ބަންގްލަދޭޝަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ މެދުގައި ބައްޕާފުޅު ބޭނުންވި ގޮތަށް ޑިމޮކްރެސީ ގާއިމް ވެފައިވާ ގައުމެއް،" ޝެއިހް ހަސީނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިގްތިސޯދީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ޑިޖިޓަލް ޓެކްނޮލަޖީގެ ދާއިރާއިން އެ ގައުމުން ހޯދަމުންދާ ކުރިއެރުންތައް ފާހަގަ ކުރެއްވި އެވެ.

މި ތަގުރީރުވެގެން ގޮސްފައި ވަނީ ބޭރުގެ ގައުމެއްގައި އެ ގައުމުގެ ބާނީ އަދި އެކަމަނާގެ ބައްޕާފުޅު މުޖީބުއްރަހްމާން ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން އަދި އަސްކަރީ ބަގާވާތަކުން އަވަހާރަކޮށްލައްވާ އާއިލާގެ ގިނަ ބަޔަކު ގެއްލިގެން ދިޔަ ވާހަކަ އާއިލާ ބޭފުޅަކު ހިއްސާ ކުރެއްވި ތާރީހީ ތަގުރީރަކަށްކަން ޔަގީނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox