ސަރުކާރުގެ ހުރިހާ ހިދުމަތަކަށް "ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ގާއިމުކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓަރުންނާއެކު ކެބިނެޓް ބައްދަލުވުމެއްގައި: މި ހިދުމަތް ގާއިމްކުރަން ރައީސް ނިންމެވީ ކެބިނެޓުގެ ލަފާފުޅާއެކު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓަރުންނާއެކު ކެބިނެޓް ބައްދަލުވުމެއްގައި: މި ހިދުމަތް ގާއިމްކުރަން ރައީސް ނިންމެވީ ކެބިނެޓުގެ ލަފާފުޅާއެކު. -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް އެއްތަނަކުން ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހިކުރުމަށްޓަކައި "ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ގާއިމުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ސަރުކާރުގެ އިދާރާތަކުން އާންމުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރަން ރައީސް ސޯލިހު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު، ކެބިނެޓުގެ ލަފަޔާއެކު އެވެ.

މި ހިދުމަތް ގާއިމުކުރެވުމުުން ސަރުކާރުގެ އިދާރާތަކަށް ހިދުމަތްތައް ހޯދަންދާ މީހުންނަށް އެކި ބޭނުންތަކުގައި، އެކި އޮފީސްތަކަށް ދިޔުމުގެ ބަދަލުގައި އެއް ތަނަކުން ހުރިހާ ހިދުމަތެއް ލިބިގެން ދާނެ އެވެ. މި ހިދުމަތް ތައާރަފުކުރެވެމުން އެއް ކަމަކާ ގުޅޭ އެކި ހިދުމަތްތައް ހޯދަން އެކި އޮފީސްތަކަށް ދާން ޖެހުމުން ދިމާވާ ދަތިތަަކަށް ދާއިމީ ހައްލެއް ލިބިގެން ދާނެ އެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި "ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ގާއިމުކުރުމަށް 42 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލު ކުރިން ވިދާޅުވީ، ވަން ސްޓޮޕް ސާވިސްއާއެކު މެދުނުކެނޑި ސަރުކާރުގެ ހުރިހާ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބޭނެ މަގުފަހިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވެފައި ވަނީ، މި ހިދުމަތް ފޯރުކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީއާ ޓްރޭޑްނެޓާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ޓްރޭޑްނެޓަކީ ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށްޓަކައި "ސިންގަލް ވިންޑޯ” އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

"ސިންގަލް ވިންޑޯ" އަކީ ވެސް "ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ފަދައިން، އެއް ޕޯޓަލެއްގެ ތެރެއިން ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ހިދުމަތްތައް ގާއިމުކުރުމަށް ފެށި މަޝްރޫއެކެވެ. އެކަމަކު އަދި އެ ހިދުމަތް ދޭން ނުފަށަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox