ދުނިޔޭގެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިންނަށް ގައުމީ ރެކޯޑްތަކެއް

Dec 22, 2021, 1:21 AM
ދުނިޔޭގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފެތުންތެރިން (ކ.ވ): އާން، ސައުޝަން، ހަމްނާ އަދި އިމްއާން

ދުނިޔޭގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ގައުމީ ފެތުންތެރިން (ކ.ވ): އާން، ސައުޝަން، ހަމްނާ އަދި އިމްއާން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި މި މަހު ކުރިއަށް ދިޔަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި މި ފަހަރު ރާއްޖޭން ވާދަކުރީ އައިޝަތު ސައުސަން، ހަމްނާ އަޙުމަދު، މުހައްމަދު އާން ހުސައިން އަދި އިމްއާން އަލީ ގައުމީ ގިނަ ރެކޯޑްތަކަކާ އެކު މުބާރާތް ނިންމާލައިފި އެވެ.

މި މަހު 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ނުވަ ގައުމީ ރެކޯޑެއް އާކޮށްފަ އެވެ.

މިކްސް މެޑްލޭ ރިލޭ އާއި މިކްސްޑް ފްރީ ސްޓައިލް ރިލޭގައި ވާދަކޮށް ގައުމި ފަތާ ޓީމުން ދެ ރެކޯޑެއް އާ ކުރި އެވެ. އެއީ 4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓް، 02.05.97 އިން އަދި 4 ގުނަ 50 މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް 01.50.76 އިން ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2018 ވަނަ އަހަރު ކުރިއަށް ދިޔަ ވޯލްޑް ޗެމްޕިއަންޝިޕްސް (25 މީޓަރު) ގައެވެ. އެ ފަހަރު ޓީމުގައި ފެތީ ހަމްނާ، ސައުސަން، އިމްޢާން އަދި މުބާލް އައްޒާމް އިބްރާޙިމް އެވެ. އެފަހަރު 4 ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓް ނިންމާފައިވަނީ 02.14.46 ޓައިމިން އަކުންނެވެ. އަދި 4 ގުނަ 50 މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 01.57.70 އިންނެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން ޗެމްޕިއަން އޮފް ޗެމްޕިއަން މުބާރާތް ދާދި ފަހުން ގެއްލުނު ސައުސަން ވަނީ މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ޝޯޓް ކޯސް 100 މީޓަރު ބެކްސްޓްރޯކް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ އަންހެން ރެކޯޑް އާ ކޮށްފަ އެވެ. ބެކްސްޓްރޯކްގެ 100 މީޓަރުގެ އިވެންޓް ސައުސަން ނިންމީ 01.14.03 އިންނެވެ. އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޓައިމިން އަކީ 02.43.61 އެވެ.

މި އިވެންޓުތަކުގެ ގައުމީ ރެކޯޑް ކުރިން ވެސް އޮތީ ސައުސަން އަތުގަ އެވެ. އެއީ، 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް އޭނާ ހެދި ރެކޯޑެކެވެ. އެ ފަހަރު ގޭމްސްގައި 100 މީޓަރު ބެކްސްޓްރޯކް އިވެންޓް 01.15.76 އިން އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓް 02.52.37 އިން ފުރިހަމަ ކުރި އެެވެ.

ފެތުންތެރިޔާ ނިޝްވާން އިބްރާހިމް، 2016 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 00.25.73 އިން އިވެންޓް ފުރިހަމަކޮށް 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގެ ރެކޯޑް ހެދިއިރު، މި ފަހަރުގެ މުބާރާތުގައި އާން ވަނީ އެ ރެކޯޑް އާ ކޮށްފަ އެެވެ. އާންގެ ޓައިމިން އަކީ 00.25.00 އެވެ.

15 އަހަރުވީ ރެކޯޑެއް މުގުރާލުމުގެ ޝަރަފް ހަމްނާ އަށް

އެންމެ ފަހުން ސްވިމިން އެސޯސިއޭޝަނުން ބޭއްވި ދެ މުބާރާތުގެ ވެސް އެންމެ މޮޅު އަންހެން ފެތުންތެރިޔާ ހަމްނާ ވަނީ ވިމެންސް ޝޯޓްކޯސް 50 މީޓަރާއި ބެކްސްޓްރޯކްގެ ޤައުމީ ރެކޯޑްގެ އިތުރުން 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑް އާ ކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ހަމްނާ، 50 މީޓަރު ބެކްސްޓްރޯކް އިވެންޓް ފަތާފައިވަނީ 00.32.78 އިންނެވެ. ސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ ފަތާފައިވަނީ 01.15.82 އިންނެވެ.

ހަމްނާ، މުގުރާލި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ އާމިނަތު ރޫޔާ ހުސައިން އަތުގަ އެވެ. އެއީ މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި ރޫޔާ ހެދި ރެކޯޑެކެވެ. އެ ފަހަރު ރޫޔާ ރޭސް ފުރިހަމަ ކޮށްފައިވަނީ 01.19.76 އިންނެވެ. ފަންސާސް މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ އައިޝަތު ސައުސަން އަތުގަ އެވެ. އެއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 00.33.89 އިން ރޭސް ފުރިހަމަކޮށްގެން ސައުޝަން ހެދި ރެކޯޑެކެވެ.

ފީނާ ޓްރެއިނިން ސްކޮލަޝިޕެއްގައި ރަޝިޔާގެ ކަޒާންގައި ހުންނަ ޑިވެލޮޕްމަންޓް ސެންޓަރުގައި ތަމްރީން ހަދަމުން އަންނަ އިމްއާން ވަނީ ފިރިހެން ޝޯޓްކޯސް 400 މީޓަރާއި ފްރީސްޓައިލްގެ ޤައުމީ ރެކޯޑް އަދި 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އައުކޮށްފަ އެވެ.

މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އިމްޢާން 400 މީޓަރު ފްރީސްޓައިލް އިވެންޓް ފަތާފައިވަނީ 04.24.45 އިން ރޭސް ނިންމައިގެންނެވެ. އިމްއާން، ސަތޭކަ މީޓަރު ބެކްސްޓްރޯކް ފަތާފައިވަނީ 01.03.02 އިންނެވެ. މި ރެކޯޑްތަކުގެ ތެރެއިން 100 މީޓަރު ބެކްކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑް އެންމެ ފަހުން ވެސް ދެމެހެއްޓީ އިމްއާން އެވެ. އެއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 01.05.26 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ހަތަރު ސަތޭކަ މީޓަރު ފްރީސްޓައިލް އިވެންޓްގެ ގައުމީ ރެކޯޑް ކުރިން އޮތީ މުބާލް އަތުގަ އެވެ. އެއީ އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި 2019 ވަނަ އަހަރު 04.40.28 އިން ރޭސް ފުރިހަމަކޮށްގެން މުބާލް ހެދި ރެކޯޑެކެވެ.

ދުނިޔޭގެ މުބާރާތުގައި ވާދަކުރުމަށް ފަހު ގައުމީ ފަތާ ޓީމު މިއަދު ރާއްޖެ އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox