ޕްރެޒިޑެންޓްސް ކަޕަކީ ޕްރީ ސީޒަން މުބާރާތެއް ނޫން: ނިޒާމްބެ

Dec 20, 2021, 8:38 AM
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ރަނގަޅަށް ޕްރީ ސީޒަން ނުހަދާ ސީޒަނަށް ތައްޔާރުނުވެވޭތީ މިހާރު ކުރިއަަށްދާ ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ނަގަނީ ޓީމު އެކުލަވާލަން ކަމަށްވީ ނަމަވެސް ޓީސީ ސްޕޯޓްސް ކްލަބުން ދެކެނީ ޕްރެޒިޑެންޓްސް ކަޕަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ގޮތުގައި ކަމަށް އެ ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ހަތަރު އަހަރަށް ފަހު އިއްޔެ ޕްރެޒިޑެންޓްސް ކަޕް ފެށިއިރު، ހަވީރު ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް ވަނީ 5-0 އިން ދަ ގްރާންޑޭ ބަލިކޮށްފަ އެވެ. އަދި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 5-0 އިން ކްލަބް ވެލެންސިއާ ވަނީ މޮޅުވެފަ އެވެ.

ޕްރީ ސީޒަން ނުހަދާ ރަނގަޅަށް ތައްޔާރުނުވެވޭ މައްސަލަ މާޒިޔާ ނޫން ހުރިހާ ޓީމަކަށް އެބައޮތެވެ. ގިނަ ޓީމުތަކުން ޕްރެޒިޑެންޓްސް ކަޕް ނަގަނީ ޓީމު ހަމަޔަކަށް އަޅުވާލަން ލިބޭ މެޗުތަކެއްގެ ގޮތުގަ އެވެ. އެކަަމަކު، އެންމެ ފަހުން ޕްރެޒިޑެންޓްސް ކަަޕްގެ ދެ ފައިނަލުގައި ކުޅުނު ޓީސީގެ ކޯޗު ނިޒާމްބެ، ބުނީ ޓީމުގެ ތައްޔާރީތައް ރަނގަޅަށް ނުދިޔަ ކަމުގައި ވިޔަސް އެ ޓީމުން ކުޅޭނީ ޕްރެޒިޑެންޓްސް ކަޕްގެ "ޝަރަފް" ދަހަމައްޓަން ކަމަށެވެ.

"ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް ކުުޅުނަސް މިއީ ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތް. ޓީސީ މި ނުކުންނަނީ ޕްރީ ސީޒަން ޓޯނަމެންޓެއްގެ ގޮތުގައި ދެކިގެނެއް ނޫން. ތައްޔާރުވެފައި އޮތީ ކިހާ މިންވަރަކަށްތޯ އެއީ އަދި މުޅިން އެހެން ވާހަކައެއް. ކޮންމެ ގޮތެއް ވިޔަސް ކުޅޭ ކޮންމެ މެޗަކަށް އެއީ ޓްރެއިނިން މެޗެއް ކަމުގައި ވިޔަސް ޓީސީ ނުކުންނާނީ ވިން (މޮޅުވުމުގެ) ކުރުމުގެ ނިޔަތުގައި،" ނިޒާމްބެ ބުންޏެވެ.

ނިސްބަތުން ޒުވާން ޓީމެއް ގޮވައިގެން ނުކުތް ކަމުގައި ވިޔަސް ނިޒާމްބެ ބުނީ މުބާރާތަކާ ކުރިމަތިލާއިރު، އަމާޒަކަށް ވާން ޖެހޭނީ ތަށި ކަމަށެވެ. ސަބަބަކީ މުބާރާތެއްގައި ވާދަކުރުމުގެ އެ ރޫހު އޮތުމެވެ.

"ޓީސީ މި މުބާރާތަށް ނުކުންނާނީ ވެސް ތަށްޓައް. ދެން މިހެން ދެންނެވި ކަމުގައި ވިޔަސް އެބަހުރި ބައިވަރު ފެކްޓާސްތަކެއް. ފެކްޓާސްތައް ބޮލުގައި ބަހައްޓައިގެން މި ވާހަަކަ ދައްކަނީ. ޓީސީ ނުކުންނާނީ މުބާރާތުގެ ޝަރަފަށް ވާދަކުރުމަށް. ހަމައެކަނި ކުޅެލާފައި ދާ މުބާރާތެއްގެ ގޮތުގައެއް ނޫން މި ވިސްނަނީ. ކުރެވުނު އެންމެ ވާދައެއް ކުރަން ނުކުންނާނީ،" މީގެ ކުރިން ރާއްޖޭގެ މޮޅު ކޯޗުގެ އެވޯޑް ހާސިލްކުރި ކޯޗު ނިޒާމްބެ ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނިޒާމްބެ ވާހަކަ ދައްކަނީ..-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީގެ ކޯޗުކަމާ ނިޒާމްބެ ދެ ވަަނަ ފަހަރަށް ހަވާލުވީ މިދިޔަ ސީޒަން މެދުތެރެއިންނެވެ. ޓީސީ 2014 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ 2018 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދިން ނިޒާމްބެ އަލުން ޓީސީ ގޮވައިގެން ސީޒަން ފަށާއިރު، މި ފަހަރު މި ނުކުންނަނީ ޒުވާން ޓީމެއް ގޮވައިގެންނެވެ. ނިޒާމްބެ ބުނީ މިހާރު އޮތް ޓީސީ ޓީމުގެ އެވްރެޖް އުމުރަކީ 20 އަހަރު ކަމަށެވެ.

"މި ކުޅުންތެރިން ގޮވައިގެން ދާން މި އުޅޭ ހިސާބަށް ދާން ވަގުތު ނަގާނެ،" ޓީސީ އަށް ރާއްޖޭގެ ޗެމްޕިއަންކަމާއި ބައިނަލްއަގުވާމީ ޓްރޮފީއެއް ގެނެސްދިން ނިޒާމްބެ ބުންޏެވެ.

ކޮވިޑްގެ ހުއްޓުވުމުގެ ސަބަބުން ފުޓްބޯޅަ އަށް ލިބުނު ގެއްލުން ބޮޑު

ކޮވިޑް-19ގެ ސަބަބުން މިދިޔަ ސީޒަން ފަށަން ޖެހުނީ ހަތް މަހުގެ ދިގު ބްރޭކަކަށް ފަހު އެވެ. އަލުން ފަށައިގެން ފެބްރުއަރީ މަހު ލީގު ހުއްޓާލި އެވެ. ދެން މާޗް މަހު އަލުން ފަށައިގެން ކުޅުނުއިރު، ކްލަބްތަކުގެ މާލީ ހާލަތު ދަށްވާން ފަށައިފި އެވެ. ކޮވިޑްގެ އިތުރު ރާޅަކާ އެކު މެއި މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލީ ލީގުގެ ދެ ވަނަ ބުރާ ހިސާބުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުކުޅޭ ގޮތަށެވެ. މިދިޔަ ހަތް ވަރަކަށް މަސް ފުޓްބޯޅަ ކުޅުންތެރިން ތިބީ ނުހަނު ހާލުގައި ކަމަށް ނިޒާމްބެ ފާހަގަކުރި އެވެ.

"އަޅުގަނޑުމެން މި ނުކުތީ ޕެންޑަމިކަކަށް ފަހު ވަރަށް ދަތި ހާލެއްގައި މުޅި ދުނިޔެ ވެސް އޮވެފައި. ހާއްސަކޮށް ދިވެހި ރާއްޖޭގައި މި އޮތް ހާލަތުން ދިވެހި ރާއްޖޭގެ ކުޅުންތެރިން ތަހައްމަލު ކުރި ކަންތައްތައް އެއީކީ ކޮންމެ ކޮންމެ މީހަކަށް ގަބޫލުކުރެވޭނެ ވެސް ކަމެއް ނޫން. ވަރަށް ހާލުގައި އުޅެފައި ކުޅުންތެރިންތައް މި ނުކުތީ. ފުރަތަމަ ކަަމަކަށް އެ ޓައިމް ބޭނުންވޭ މެންޓަލީ ވެސް ފިޒިކަލީ ވެސް ރެޑީވާން،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ހަގީގަތަށް ބުނާނަމަ ކޮވިޑާ ހެދި މެއި މަހު ލީގު ހުއްޓާލި ހިސާބުން ކޮންމެ ޓީމަކަށް ވެސް މިހާރު ކުރިއަށް މި ދާ ސީޒަނަށް ތައްޔާރުވާން ވަގުތު އޮންނާނެ ކަމަށެވެ. އެކަމަކު، މުޅި މަންޒަރަށް ބަލައި ވާހަކަ ދައްކާނަމަ ރާއްޖޭގެ ކްލަބްތައް މި ވަގުތު އޮތް ހާލަތަށް ވެސް ބަލައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

ކޮންމެ ކްލަބެއް ވެސް އެ ޓީމެއް ހިންގާ ގޮތުގެ މައްޗަށް ބަލާއިރު، ފުރިހަމަނުވާ ކަންތައްތަކެއް އެބަހުރިކަން ނިޒާމްބެ ފާހަގަކުރި އެވެ.

"އެއްވެސް ކްލަބެއް މި ލިސްޓުން އުނިއެއް ނުކުރަން. އެއީ ކޮންމެ ކްލަބެއްގައި ވެސް އެބަހުރި ޗެލެންޖްތައް. ފައިނޭންޝިއަލީ އެންމެ ރަނގަޅަށް ތައްޔާރުވެފައި އޮތް ކްލަަބަށް (މާޒިޔާ އަށް) ވެސް އެބައޮތް އެންމެ އެކަށީގެންވާ ވަރަށް ޕްރީ ސީޒަން މެޗުތައް އެހެން ޓީމުތައް ނުފައްޓާތީ ނުލިބުން. އެއީ އެ މީހުންނަށް އޮތް ޗެލެންޖަކީ. އެ ގޮތަށް ބަލާއިރު، މި މެޗުތައް އެ މީހުންނަށް ވެސް ޕްރީ ސީޒަން މެޗުތަކަކަށް ވެދާނެ،" ނިޒާމްބެ ބުންޏެވެ.

"މި ހާލަތު މިއީ ބަދަލުކުރަން ޖެހޭ ހާލަތެއް. މި ހާލަތު މިއީ ކްލަބްތަކުން ހަމަ މަސައްކަތް ކޮށްގެން މި ނޫން އެހެން ގޮތްތަކެއް ހޯދަން ޖެހޭ ހާލަތެއް،"

ރާއްޖޭގެ ފުޓްބޯޅަ ބެލުންތެރިންނަށް މިހާރު ކަމުދަނީ ޒަމާނީ ފުޓްބޯޅަ ކަމަށާއި އެކަން ކުރަން ޖެހޭނީ ދިގު މުއްދަތުގެ ޕްލޭނެއްގެ ތެރެއިން ކަމަށް ނިޒާމްބެ ބުންޏެވެ. ނިޒާމްބެ ބުނީ އެ މަސައްކަތް ވީ އެންމެ އަވަހަކަށް ފަށައިގަންނަން ޖެހޭ ކަމަށާއި އެ ގޮތަށް އެކަން ނުހިނގާނަމަ ދިވެހި ފުޓްބޯޅަ "މި ދަނީ ރަނގަޅު މިސްރާބަކު އެއް ނޫން" ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޓީސީ ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ. އެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox