ސަސްގެ ބޮޑު ފޯކަސް އަކީ ލީގުގެ ގަދަ ތިނެއް: އިންމަ

Dec 20, 2021, 2:56 AM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންމަ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ސީޒަނަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ މެނޭޖްމަންޓުން ކަނޑައަޅާފައިވާ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުން ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

މިދިޔަ އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ސަސް އިން އެ ކްލަބްގެ ތާރީހުގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާޒިޔާއާ ބައްދަލުކުރާނެ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ މި ސީޒަނަށް ސަސް އިން ނުކުތީ ބޮޑަށް ދިވެހި ޕްރިމިއާ ލީގަށް ޓާގެޓެއް ކަނޑައަޅައިގެން ކަމަށެވެ.

"މި ސީޒަނަށް ސަސް މި ކުރިމަތިލީ މި ފަހަރުގެ ޕްރިމިއާ ލީގުގެ ދޭއް ނުވަތަ ތިނެއް މި ޕޮޒިޝަނުގައި ހިފެހެއްޓުމަށްޓަކައި. އެއީ މެނޭޖްމަންޓްގެ މި ސީޒަނުގެ ޓާގެޓަކީ. ދެން ޕްރެޒިޑެންޓްސް ކަޕަށް ކުރިމަތިލިއިރު، ހިތްހަމަ ޖެހޭ ވަރަކަށް ދުވަސްތަކެއް ޕްރެކްޓިސް ކުރާކަށް ފުރުސަތެއް ނުލިބޭ، އެކަަމަކު، ވީވަރަކުން އެންމެ ރަނގަޅަށް މިހާރު ޓީމު ތައްޔާރުވެފައި މި އޮތީ،" މި ސީޒަނުގައި ސަސްއާ ހަވާލުވި އިންމަ ބުންޏެވެ.

ސަސް އިން ލީގަށް ޓާގެޓެއް ކަނޑައަޅައިގެން ނުކުތީ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ޓީމު ތައްޔާރުކުރުމުގެ ވިސްނުމުގައި ނަގައިގެންތޯ ނޫސްވެރިއަކު އެހުމުން އިންމަ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ގިނަ ޓީމުތަކުގެ ވިސްނުން އޮތީ އެހެން ކަމަށެވެ.

ރަނގަޅު ޕްރީ ސީޒަނެއް ގެންދަން ސަސް އަށް ދިމާވި މައްސަލަތަކެއްގެ ގޮތުގައި އިންމަ ފާހަގަކުރީ ކްލަބްގައި ހުރި ބައެއް އަމިއްލަ ކަންކަން ރަނގަޅު ކުރުމާއި އޮފީހުގައި އުޅޭ ބައެއް ކުޅުންތެރިން ރިލީސް ނަގައިގެން އެކި މުބާރާތްތަކުގައި ކުޅުން ކަމަށެވެ.

"އޮފީހުން ބައިވެރިވާ މުބާރާތުގެ ކަންތައްތައް ހުރީމަ ވެސް ޕްރެކްޓިހުގައި ބައިވެރިއެއްނުވޭ. އޭގެ އުނދަގޫތަކެއް ވެސް ދިމާވި. މަޑުމަޑުން ފޯމަކަށް އެޅެމުން މި އަންނަނީ،" އިންމަ ބުންޏެވެ.

ފާއިތުވި ދެ ސީޒަނުގައި އިންމަ މަސައްކަތް ކުރި ދަ ގްރާންޑޭގެ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމުގައި އިންމަ ހުރި ދެ ސީޒަނުގައި ވެސް ކުރަން ޖެހުނީ ދާދި އެއް ކަހަލަ ތަޖުރިބާ އެކެވެ. ސީޒަން ފަށާއިރު، ރަނގަޅު ނަތީޖާތަކެއް ނެރެ ޓީމު ރަނގަޅު ލެވަލެއްގައި ހިފަހައްޓަމުން އަންނަނިކޮށް ވަކި ހިސާބަކުން މާލީ މައްސަލަތައް ދިމާވެ، ޓީމުގެ ފޯމު ގެއްލި ނަތީޖާ އަށް އަސަރުކުރުމެވެ.

ދަ ގްރާންޑޭގައި އެ ދިމާވި ކަންތައްތައް ސަސްއާ އެކު ތަޖުރިބާ ކުރަން ބޭނުންނުވާތީ އެ ވާހަކަ ވެސް ދައްކަމުން އަންނަ ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުގެ ކެރިއަރުން އެ ދިމާވާ މެނޭޖްކުރުމުގެ ކަންކަމުން ފިލާވަޅު ދަސްކުރަން. އެ ކަންތައްތައް ތަކުރާރު ނުވޭތޯ މަސައްކަތް ވެސް ކުރަން. ފިލާވަޅު ނަގައިގެން ސަސްއާ އެކު ކުރިއަށް މި ދަނީ،" އިންމަ ބުންޏެވެ.

އިންމަ ސަސް ގޮވައިގެން ކުޅޭ ފުރަތަމަ މެޗުގައި އޭނާ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި މާޒިޔާއާ ކުޅެން ޖެހޭއިރު، އިންމަ ބުނީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖްތައް ގިނަ ކަމަށެވެ. އެ ގޮތުން މާޒިޔާގައި އެއް ޓީމެއް ގިނަ އަހަރުތަކެއް ވަންދެން ހިފެހެއްޓުމަކީ އެއް ކަމެއް ކަމަށާއި ގިނަ ޓީމުތަކުން ޖެހެނީ ކޮންމެ އަހަރަކަށް ކަހަލަ ގޮތަކަށް ޓީމެއް ހަދަން ކަން އިންމަ ފާހަގަކުރި އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ވަނީ 5-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ. އެ މެޗު ކުޅެފައި އޮތުމަކީ ވެސް ސަސްއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ ކޮޅަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި އިންމަ ދެކެ އެވެ.

"އޭގެ އެޑްވާންޓޭޖް އިންނާނެ. ދެން މީގެ އެ މީހުންނަށް ލިބޭ ޑިސެޑްވާންޓޭޖަކަށް ވުރެ ބޮޑަށް ބަލަންވީ އަޅުގަނޑުމެންގެ ހުރި އެއްޗެއް ދަނޑުމަތީގައި ދައްކަން. އަޅުގަނޑުމެން ޓީމަށް ޕްރެޝަރެއް ނެތް. މި ނުކުންނަނީ ރާއްޖޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް. ނުކުންނައިރު، މުޅި ޓީމު ކަހަލަ ގޮތަކަށް މި އޮތީ ގައުމީ ޓީމުގެ ޕްލޭޔަރުން. ގައުމީ ޓީމުގެ ކުޅުން އެ ކުޅެނީ. އުނދަގޫތަކެއް ދިމާވިޔަސް ސަސް އިން ނުކުންނާނީ ހުރި ހުރިހާ އެއްޗެއް ދަނޑުމަތީގައި ދޭން،" އިންމަ ބުންޏެވެ.

މާޒިޔާ އާއި ސަސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox