ނަބާ އާއި ނަބީ އަށް ދުނިޔޭގެ މުބާރާތަށް ނުދެވުނީ ވިސާ ހަމަޖައްސަން ވަގުތު ނުލިބުމުން: ބެޑްމިންޓަން އެސޯސިއޭޝަން

Dec 16, 2021, 6:47 PM
ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބުނު ގައުމީ ބެޑްމިންޓަން ޓީމުގެ ނަބީ އާއި ނަބާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބުނު ގައުމީ ބެޑްމިންޓަން ޓީމުގެ ނަބީ އާއި ނަބާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި މަހު 12 ވަނަ ދުވަހު ސްޕެއިނުގައި ފެށި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތުގައި ވާދަކުރަން ގައުމީ ބެޑްމިންޓަން ޓީމުގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ) އަށް ނުދެވުނީ ވިސާ ހަމަޖައްސަން ވަގުތު ނުލިބުމުން ކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނެފި އެވެ.

މިރޭ ބެޑްމިންޓަން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް މީޑިއާތަކުގައި ސައްހަ ނޫން މައުލޫމާތު ފެތުރޭތީ ނަބާ އާއި ނަބީ އަށް ދުނިޔޭގެ މުބާރާތަށް ދާން ފުރުސަތު ނުލިބުނު ސަބަބު އޮޅުން ފިލުވައިދޭން ބޭނުންވާ ކަމަށެވެ.

ނަބާ އާއި ނަބާ އަށް ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނު ގޮތާ ބެހޭގޮތުން ބީއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ، މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މޭޖާ އިވެންޓްސް ޑިޕާޓްމަންޓުން 28 ނޮވެމްބަރުގައި ބީއޭއެމްގެ ރައީސް މޫސާ ނާޝިދަށް ފޯނުން ގުޅައި، އެންމެ ފުރަތަމަ ދިން ފުރުސަތެއް ކަމަށެވެ. އަދި މި ފުރުސަތު ރާއްޖެ އަށް ފަހިވުމަށް މެދުވެރިވީ ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވާން އޮތް އިންޑޮނީޝިއާގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓް ޖެހިގެން މުބާރާތުން ވަކިވުމާ ގުޅިގެން ކަމަށެވެ.

"ވަކިވި ކުޅުންތެރިންގެ ބަދަލުގައި ހާއްސަ އިންވިޓޭޝަނެއް ދިނުމަށް ޝޯޓްލިސްޓު ކުރެވުނު ވޯލްޑް ރޭންކިންގެ ކްރައިޓީރިއާ މީޓް ކުރާ އެކި ގައުމުތަކުގެ އަންހެން ޕެއާ ތަކުގެ ތެރޭގައި ރާއްޖޭން ޕެއާއެއް ހިމެނިފައިވާތީ، ހާއްސަ އިންވިޓޭޝަނެއް ރާއްޖެ އަށް ދީފިނަމަ ދިވެހި ކުޅުންތެރިންނަށް މުބާރާތަށް ދަތުރުކުރެވިދާނެތޯ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްއާ ސުވާލު ކުރެވުނެވެ،" ބީއޭއެމްގެ ބަޔާނުގައިވެ އެވެ.

ބީއޭއެމްގެ ރައީސް މޫސަ އަށް ބީޑަބްލިއުއެފްގެ އެ ފޯނު ކޯލު އައިއިރު، ނަބާ އާއި ނަބީ ހުރީ މި މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޗެލެންޖް މުބާރާތަށް ފުރަން ބޯޑު ކޮށްފައި ކަމަށް ބީއޭއެމުން ބުންޏެވެ. އަދި ނަބާ އާއި ނަބީ މުބާރާތުގައި ވާދަކުރަން ބޭނުންކަން އެނގުނު ހިސާބުން ބީޑަބްލިއުއެފް އަށް އެކަން އެންގި އެވެ.

"ޝޯޓްލިސްޓު ކުރެވުނު ގައުމުތަކުގެ ތެރެއިން ދިވެހިރާއްޖެ އަށް ފުރުސަތު ލިބުނު އެންމެ ބޮޑު ސަބަބަކީ، މުބާރާތުގައި އެހެން ގައުމެއްގެ ދިދަ ވިހުރުވާލަން ފުރުސަތު ދިނުމެވެ. މިއީ ބޮޑެތި މުބާރާތްތަކުގައި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ." ބީއޭއެމްގެ ބަޔާނުގައި ބީޑަބްލިއުއެފްގެ ނިންމުމާ ބެހޭގޮތުން ބުނެފައިވެ އެވެ.

ސަރުކާރާއި އެސޯސިއޭޝަނުން ވިސާ ހޯދަން ވަރަށް މަސައްކަތްކުރި: ބީއޭއެމް

މުބާރާތުގައި ވާދަކުރަން ނިންމި ހިސާބުން ނަބާ އާއި ނަބީ، ސްޕެއިނަށް ދިއުމުގެ ޓިކެޓް ނަގާފައިވާ ކަމަށް ބީއޭއެމް އިން މައުލޫމާތު ދެ އެވެ. އަދި ވަގުތުން ވިސާ ހަމަޖެއްސުމުގެ މަސައްކަތް ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން، ބީޑަބްލިއުއެފްއާ އެކު ފެށި ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުންޏެވެ.

"މުބާރާތަށް ދިއުމުގެ ފުރުސަތު ލިބުނު ދުވަހުން ފެށިގެން ސްޕެއިނަށް ދަތުރުކުރުމާ މެދު ލިބިފައިވަނީ 10 ދުވަސްކަން ވެސް މި ފުރުސަތުގައި ފާހަގަކުރަމެވެ. އެހެން ނަމަވެސް ކުޅުންތެރިން ބަންގްލަދޭޝް މުބާރާތުން އެނބުރި އައި ދުވަހުން ފެށިގެން ސްޕެއިން އަށް ދަތުރުކުރުމާ ދެމެދު ލިބިފައިވަނީ ތިން ދުވަހެވެ،" ލިބުނު މުއްދަތުތައް ކުޑަކަން ފާހަގަކޮށް، ބެޑްމިންޓަން އެސޯސިއޭޝަންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ސްޕެއިނަށް ދާން ބޭނުންވާ ޝެންގެން ވިސާއެއް ހޯދުމަށް ޕާސްޕޯޓާ އެކު، ފުރިހަމަކޮށްފައިވާ ޑޮކިއުމެންޓާ އެކު ހުށަހެޅުމުން ވެސް 14 ދުވަހާއި 21 ދުވަހުގެ މުއްދަތެއް ނަގާ ކަމަށް ބީއޭއެމުން ބުންޏެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ ދަތުރު ހަރަދުތައް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ހަމަޖައްސައިދެއްވި ކަމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބެއްލެވުމުގެ ދަށުން ނަބާ އާއި ނަބީ އަށް ޑިސެމްބަރު އަށް ވަނަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ހުންނަ ސްޕެއިން އެމްބަސީ އަށް ގޮސް ވިސާ ހަމަޖެއްސުމުގެ ފުރުސަތު ފަހިކޮށްދެއްވި ކަމަށް ބީއޭއެމުން ބުނެފައިވެ އެވެ.

"ނަމަވެސް ކުޅުންތެރިން ބަންގްލަދޭޝް އިން ރާއްޖެ އަށް (5 ޑިސެމްބަރު) ދަތުރުކުރި ދުވަހާއި ސްޕެއިނަށް ދަތުރުކުރަން އޮތް ދުވަހާއި (9 ޑިސެމްބަރު) ފްލައިޓް ރޫޓް އޮތްގޮތުން އިތުރު ދަތުރެއް ދެ ކުޅުންތެރިން އިންޑިއާގެ ނިއު ދިއްލީ އަށް 8 ޑިސެމްބަރުގެ ފަހުން ކުރުމަށް ފަހު އަނބުރާ ރާއްޖެ އައިސް، ސްޕެއިނުގައި އޮތް މުބާރާތަށް ހާޒިރުވާން ޖެހޭ ވަގުތަށް ދަތުރުކުރެވޭނެ މަގެއް ނެތުމުން، 8 ޑިސެމްބަރު ދުވަހުގެ ރޭގަނޑު ވަރަށް ލަސްވަގުތެއްގައި މި މުބާރާތަށް ދަތުރުނުކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމާ ކަމާބެހޭ ފަރާތްތަކަށް ވަނީ މި މައުލޫމާތު ހިއްސާކޮށްފަ އެވެ،" ނަބާ އާއި ނަބީ، ސްޕެއިން މުބާރާތަށް ނުދެވޭނެކަން ނިންމަން ޖެހުނު ސަބަބު އެސޯސިއޭޝަނުން އޮޅުންފިލުވައިދިނެވެ.

ދާދި ފަހުން ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ޕޯޗުގަލްގައި ބޭއްވި ޓީޓީ ޔޫތު މުބާރާތުގައި ވާދަކޮށްފަ އެވެ. އެ މުބާރާތަށް ދާން ދީމާގެ ވިސާ ކަންތައްތައް ހަމަޖެހުނީ ސްރީ ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެ ވިސާ ކަންތައްތައް ނިންމައިގެންނެެވެ. އެކަން ކުރެވުނީ ދީމާގެ ފަރާތުން މެނޭޖަރެއްގެ ޒިންމާ ނެގި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ކުރި ބުރަ މަސައްކަތުންނެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު ޕޯޗުގަލްގައި އޮތް ކޮންޓެންޑާ މުބާރާތެއްގައި ކުޅެން ވިސާ ހޯދަން ކުރި މަަސައްކަތް ކާމިޔާބެއް ނުވި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2019 ވަނަ އަހަރު ގުއާމާ ދެކޮޅަށް ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗަށް އެ ގައުމަށް ދާން ވިސާ ޖަހަން ލަންކާގައި މަހެއްހާ ދުވަހު މަޑުކުރަން ޖެހުނެވެ. އެކަމަކު، ބައެއް ކުޅުންތެރިންނަށް ވިސާ ނުލިބިގެން އެ ފަހަރު ޓީމާ އެކު ގުއާމަށް ނުދެވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox