އިންޓްރެސްޓް ރޭޓް ކުޑަކުރުމާ އެކު ތުރުކީ ފައިސާގެ އަގު އަނެއްކާ ދަށަށް

ތުރުކީގެ އިންޓްރެސްޓް ކުޑަކުރުމުގެ ސިޔާސަތާ ހެދި ފައިސާގެ އަގި ވަނީ ރިކޯޑް މިންވަރަށް ދަށްވެފައި. -- ފޮޓޯ: ބޯލް ނިއުސް

ތުރުކީގެ އިންޓްރެސްޓް ކުޑަކުރުމުގެ ސިޔާސަތާ ހެދި ފައިސާގެ އަގި ވަނީ ރިކޯޑް މިންވަރަށް ދަށްވެފައި. -- ފޮޓޯ: ބޯލް ނިއުސް

ތުރުކީގައި ޖެހިޖެހިގެން ހަތަރު ވަނަ މަހު އިންޓްރެސްޓް ރޭޓް ކުޑަކުރުމާ އެކު ލީރާގެ އަގު ރިކޯޑް މިންވަރަށް ދަށަށް ހިނގައްޖެ އެވެ.

އިންޓްރެސްޓް ރޭޓް 15 ޕަސެންޓުން 14 ޕަސެންޓަށް ތިރިކޮށްފައި ވާއިރު، މި އަހަރު އިންފްލޭޝަން ވަނީ 20 ޕަސެންޓަށް ވުރެ މައްޗަށް އުފުލިފަ އެވެ. އަހަރުގެ ބާކީ އޮތް ދުވަސްކޮޅު އިންފްލޭޝަން ރޭޓް އިތުރަށް މަތިވާނެ ކަމަށް ބެލެވެ އެވެ.

އިންޓްރެސްޓް ކުޑަކުރިކަން މަރުކަޒީ ބޭންކުން އިއުލާން ކުރުމާ އެކު ލީރާގެ އަގު ހަތަރު ޕަސެންޓު ވެއްޓުނެވެ. މި އަހަރުގެ ތެރޭގައި ލީރާގެ އަގުގެ ދެބައިކޮށްފައި އެއްބަޔަށް ވުރެ ބޮޑުކޮށް ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު އެކަނިވެސް ފައިސާގެ އަގު 30 ޕަސެންޓު ވެއްޓުނެވެ.

މަރުކަޒީ ބޭންކުން އިންޓްރެސްޓް ކުޑަކުރަމުން ދަނީ ރައީސް ތައްޔިބް އުރުދުގާންގެ އެންގެވުމަށެވެ. އޭގެ ސަބަބުން އާއްމުން ރައްކާކޮށްފައި ހުރި ފައިސާގެ އަގު ދަށްވެ، ގިނަ ބަޔެއްގެ އާމްދަނީ ވަނީ ދަށްވާން ފަށާފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޑޮލަރަކަށް ޖެހުނީ ތިން ލީރާ އެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ޑޮލަރަކަށް ޖެހުނީ 7.43 ލީރާ އެވެ. މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދިޔައިރު ޑޮލަރަކަށް ޖެހުނީ 15.35 ލީރާ އެވެ.

އެކަމަކު ރައްޔިތުން "ކެތްތެރިވުމަށް" ނަސޭހަތްތެރިވުމަށް ފަހު އުރުދުގާން ވިދާޅުވީ ގެންނަމުންދާ ބަދަލުތަކުގެ ނަތީޖާ ފަހުން ރަނގަޅުވާނެ ކަމަށެވެ. އޭގެ އިތުރުން އެންމެ ދަށް އުޖޫރައިގެ ގޮތުގައި ދޭ މިންވަރު ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

އާއްމުކޮށް އިންފްލޭޝަން މަތިވާ ހާލަތްތަކުގައި އެކަން ހައްލު ކުރުމަށް ގައުމުތަކުން އަޅާ ފިޔަވަޅަކީ "ބޮރޯވިން ކޮސްޓް" މަތިކުރުމެވެ. ނަމަވެސް އުރުދުގާންގެ ސިޔާސަތަކީ "ބޮރޯވިން ކޮސްޓް" ދަށްކުރުމެވެ. ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި މިއީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް މަގްބޫލުކަން އިތުރު ކުރުމުގެ ބޭނުމުގައި ހިންގާ ސިޔާސަތެކެވެ.

އެ ސިޔާސަތަކީ ކާމިޔާބު ސިޔާސަތަކަށް ވާނެ ކަމަށް ވިދާޅުވެ، އުރުދުގާން މިސާލު ނަންގަވަނީ ޗައިނާ އިންނެވެ. އެގޮތުން ޗައިނާ ފައިސާގެ އަގު ދަށްކުރުމާ އެކު އެކްސްޕޯޓް އިތުރުވެ، 20 އަހަރު ތެރޭގައި އިގްތިސާދު ބޮޑުތަނުން ފުޅާވި އެވެ.

އެއާއެކު ޗައިނާގެ މެދު ފަންތީގެ މީހުންގެ އާމްދަނީ ރަނގަޅުވެ، ކޮންޒިއުމަރުން ހަރަދު ކުރާ މިންވަރަށް ބިނާކޮށް އިގްތިސާދީ ކުރިއެރުން އަންނަން ފެށި އެވެ. މިދިޔަ ޖުލައި މަހާ ސެޕްޓެމްބަރު މަހާ ދެމެދު ތުރުކީގެ އިގްތިސާދު ވެސް 7.4 ޕަސެންޓުން ފުޅާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox