ފީފާ ފަންޑް މެދުވެރިކޮށް ނިއު ރޭޑިއަންޓާއި ވިކްޓްރީގެ މުސާރަތައް ދައްކަން ފުރުސަތެއް

2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

ކުޅުންތެރިންނަށް މުސާރަ ނުދޭތީ ފީފާ އިން އަދަބު ލިބިފައިވާ ރާއްޖޭގެ އެންމެ ކާމިޔާބު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އަށް ފީފާ ފުޓްބޯލް ފަންޑް މެދުވެރިކޮށް ފުރުސަތުތަކެއް ފަހިވެފައިވާކަން ހާމަވެއްޖެ އެވެ.

ނިއު އާއި ވިކްޓްރީން ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ވަނީ ނިއު އާއި ވިކްޓަރީ އަށް ފިޔަވަޅު އަޅައިފަ އެވެ. ފީފާ އިން އަދަބު ދީފައިވާތީއާ އެކު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް އިން މިދިޔަ ތިން އަހަރު ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދަމަހައްޓަން ނިންމާފައިވަނީ ކޮންމެ އަހަރަކު ކޮންގްރެސްގައި އެފްއޭއެމްގެ ހުރިހާ މެމްބަރު ކްލަބެއްގެ މެދުގައި ނެގި ވޯޓުން ފާސްކޮށްގެންނެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ ކުޅުންތެރިންގެ ހިމާޔަތުގައި އުފައްދާފައިވާ ޖަމިއްޔާ، ފިފްޕްރޯއާ ގުޅިގެން ކުޅުންތެރިންގެ މުސާރަ ކަންކަމުގައި ރައްކާތެރިކަން ކަށަވަރުކުރަން ފީފާ އިން މިދިޔަ އަހަރު ވަނީ "ފީފާ ފަންޑް"ގެ ނަމުގައި ޕްރޮގްރާމެއް އިއުލާނުކޮށްފަ އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ފީފާ ފަންޑްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ފީފާ އިން ޖުމްލަ އެއްކޮށް ކުޅުންތެރިންގެ މުސާރަ އަށް މި ޕްރޮގްރާމްގެ ތެެރެއިން 16 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.

އެ ގޮތުން ފުރަތަމަ ފިޔަވައްސަކީ 1 ޖުލައި 2015 އިން 30 ޖޫން 2020 އަށެވެ. މި ފިޔަވައްސަށް ފަސް މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. ދެ ވަނަ ފިޔަވައްސަކީ 1 ޖުލައި 2020 އިން 31 ޑިސެމްބަރު 2020 އެވެ. މި ފިޔަވައްސަށް ތިން މިލިއަން ޑޮލަރު ވަނީ ބަޖެޓްކޮށްފަ އެވެ. ތިން ވަނަ ފިޔަވައްސަކީ 1 ޖެނުއަރީ 2021 އިން 31 ޑިސެމްބަރު 2021 އަށެވެ. ފަހު ފިޔަވައްސަކީ 1 ޖެނުއަރީ 2022 އިން 31 ޑިސެމްބަރު 2022 އަށެވެ. ތިން ވަނަ އަދި ހަތަރު ވަނަ ފިޔަވައްސަށް ބަޖެޓްކޮށްފައިވަނީ ކޮންމެ ފިޔަވައްސަކަށް ހަތަރު މިލިއަން ޑޮލަރެވެ.

ފީފާ ފަންޑް ލިބޭނީ ކިހިނެއް؟

ފުޓްބޯލް ފަންޑް، މެދުވެރިކޮށް ފީފާ އިން އެހީވާން ވަނީ ޝަރުތުތަކެއް ކަަނޑައަޅައިފަ އެވެ. އެ ގޮތުން މުސާރަ މައްސަލައިގައި ފީފާ އިން އަދަބުދީފައިވާ ކްލަބެއް ނުވަތަ މާލީ ހާލަތު ދަށްވުމުގެ ސަބަބުން މުސާރަ ދޭން އުޒުރުވެރިވާ ކްލަބެއް ރަސްމީކޮށް އެ ކްލަބެއް ބަނގުރޫޓްވެފައިވާކަން އިއުލާނުކުރަން ޖެހޭނެ އެވެ. އަދި އެކަމުގެ މައުލޫމާތު ފީފާ އަށް ހިއްސާކޮށް، އުސޫލުތަކަށް އެއްބަސްވާނަމަ ފީފާ ފަންޑުން އެ ކްލަބެއްގެ ކުޅުންތެރިންގެ މުސާރަ ހަމަޖައްސައިދޭނެ އެވެ. އެއީ އެ ކްލަބަކުން ފަހުން އެ ފައިސާ ފީފާ އަށް އަދާކުރަން ޖެހޭ ގޮތަށެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފީފާ ފަންޑަށް ހުށަަހަޅާފައިވާ ކުޅުންތެރިންގެ މުސާރައިގެ އެޕްލިކޭޝަންތަކެއްގެ މައްސަލައިގައި ރާއްޖޭގެ ނިއު އާއި ވިކްޓްރީގެ ކަންކަން އޮޅުން ފިލުވަން ވަނީ އެފްއޭއެމަށް ހުށަހަޅައިފަ އެވެ. އަދި ނިއު އާއި ވިކްޓްރީގެ ހާލަތު ދެނެގަންނަން ފީފާ އިން އަންގާފައިވާ ފުރަތަމަ މުއްދަތު މިދިޔަ މަހު ފަސް ވަނަ ދުވަހަށް ހަމަވެފައިވާއިރު، އެ މުއްދަތު މިހާރު އޮތީ އިތުރުކޮށްދީފަ އެވެ. އިތުރުކޮށްދިން މުއްދަތު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހަމަވާނެކަން އެނގިފައިވެ އެވެ.

ފީފާ ފަންޑްގެ ތެރެއިން ނިއު އާއި ވިކްޓްރީ އަށް ފުރުސަތެއް އޮތީ ފީފާއިން މިހާރު ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ކްލަބްތަކުގެ މާލީ ހާލަތު ބަޔާންކޮށް ރަސްމީކޮށް އެކަން ފީފާ އަށް އެންގުމުންނެވެ. އަދި އެކަން ކަށަވަރު ކުރަން މައުލޫމާތުގެ ސައްހަކަން ފޯރުކޮށްދެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް މެދުވެރިކޮށެވެ. އެއީ ރާއްޖޭގައި މިހާރު އަަމަލުކުރަމުން އަންނަ ކުޅިވަރު ގާނޫނު ބުނާގޮތުން ކްލަބް ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށްވާތީ އެވެ.

ފީފާ ފަންޑްގެ އެހީ ނިއު އާއި ވިކްޓްރީ އަށް ލިބިއްޖެނަމަ އެއީ މިހާރު އެ ކްލަބަށް ދިމާވެފައިވާ ހާލަތުން އަރައިގަންނަން ބަލާއިރު، އޮތް ފުރުސަތެކެވެ. އަދި މިހާރު ދައްކަން އޮތް ފައިސާ ބަހާލައިގެން ދިގު މުއްދަތަކަށް ދައްކައި، ކްލަބް އަލުން ހިނގައިގަންނަން އޮތް ފުރުސަތެކެވެ. އަދި މުސާރަ މައްސަލައިގައި ކްލަބުން ދައްކަން ޖެހޭ ޖޫރިމަނާ މިހާރު އޮތް ހިސާބުން ކޮޅެއްގައި ޖައްސަައި ނިންމާލުމަށް ވެސް ލިބޭ ފުރުސަތެކެވެ.

ނިއު އާއި ވިކްޓަރީ ސަސްޕެންޝަނެއްގައި އޮތުމަކީ ދިވެހި ފުޓްބޯޅަ ކުރިއަރަން ބަލާއިރު، ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ދިވެހި ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ފޯރި ގެއްލިފައިވާ އެއް ސަބަބަކީ ވެސް ނިއު އާއި ވިކްޓަރީ ފަދަ ޓީމުތައް މި ވަގުތު އެންމެ މަތީ ޑިވިޝަނުން ފެންނަން ނެތުމެވެ.

ފީފާ ފަންޑް: މިހާތަނަށް 109 ކްލަބެއްގެ 1005 ކުޅުންތެރިއަކަށް މުސާރަ ލިބިފައިވޭ

މިދިޔަ މެއި މަހު ފީފާއިން އާންމުކުރި ފީފާ ފަންޑްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 36 ގައުމެއްގެ 109 ކްލަބަކުން 1005 ކުޅުންތެރިއަކަށް ފީފާ ފަންޑުން ވަނީ މުސާރަ ދޭން އެޕްރޫވްކޮށްފަ އެވެ. މުސާރަ ދޭން އެޕްރޫވްކުރާ ސްޓިއަރިން ކޮމިޓީގައި ހިމެނެނީ ފީފާގެ މެމްބަރުންގެ އިތުރުން ފިފްޕްރޯގެ މަންދޫބުންނެވެ.

މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައީ ޔޫރަޕްގެ ގައުމުތަކުގެ ކްލަބްތަކުގެ މައްސަލަ އެވެ. އެ ގޮތުން ޔުއެފާގެ ކްލަބްތަކާ ގުޅޭ 706 މައްސަލަ އެއް ވަނީ ހުށަހަޅައިފަ އެވެ. ދެން އެންމެ ގިނައީ އޭޝިއާގެ ގައުމުތަކުގެ މައްސަލަ އެވެ. އޭޝިއާގެ ކްލަބްތަކާ ގުޅޭ 187 މައްސަލަ އެއް ވަނީ ހުށަހަޅައިފަ އެވެ. ދެން ހިމެނެނީ ދެކުނު އެމެރިކާގެ ކްލަބްތަކާ ގުޅޭ 150 މައްސަލަ އަކާއި އުތުރު އެެމެރިކާއާ ގުޅޭ 45 މައްސަލައިގެ އިތުރުން އެފްރިކާއާ ކުޅޭ އެއް މައްސަލަ އެވެ.

ސްޓިއަރިން ކޮމިޓީން މިހާތަނަށް މުސާރަ ދޭން ނިންމާފައިވާ، ކުޅުންތެރިންގެ ގޮތުގައި ހިމެނޭ 1005 ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ކްލަަބަކަށް ކުޅުނު ކުޅުންތެރިއަކު ވެސް ހިމެނެ އެވެ.

އެންމެ ގިނައިން މުސާރަ ލިބިފައިވަނީ ގްރީސް އާއި ތުރުކީގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިންނަށެވެ. އެ ގޮތުން ގްރީސްގައި ކުޅުނު 291 ކުޅުންތެރިއަކާއި ތުރުކީގެ 117 ކުޅުންތެރިން ހިމެނެ އެވެ. އޭޝިއާ އިން ފީފާ ފަންޑް މެދުވެރިކޮށް އެންމެ ގިނައިން މުސާރަ ލިބިފައި ހުރީ މެލޭޝިއާ ލީގުގައި ކުޅެފައި ހުރި ކުޅުންތެރިންނަށެވެ. އެ ގޮތުން މެލޭޝިއާ ކްލަބްތަކަށް ކުޅުނު 147 ކުޅުންތެރިއަކަށް މުސާރަ ދޭން ވަނީ ސްޓިއަރިން ކޮމިޓީން ނިންމައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox