50 ޕަސެންޓް މަގާމްތައް އަންހެނުންނަށް ހާއްސަކުރަން މަޝްވަރާކުރާނެ ކަމުގެ ޔަގީންކަން

މަޖިލީހުގެ ރައީސް ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެންގެ" ގެ ބައިވެރިންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް ނަޝީދު، "ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެންގެ" ގެ ބައިވެރިންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: މަޖިލިސް

އިންތިހާބީ މަގާމުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ މަގާމުތަކުގެ ތެރެއިން 50 ޕަސެންޓް މަގާމް އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނުތައް ބަދަލުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވާނެކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.

މަޖިލީހާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ "ޕްރެކްޓިސް ޕާލަމަންޓް ފޯ ވިމެން" ގައި ބައިވެރިވި ފަރާތްތަކާ ބައްދަލުކުރައްވައި ނަޝީދު މިއަދު ވަނީ އިންތިހާބީ މަގާމުތަކަށް އަންހެނުން ވާދަކުރެއްވުމަށް ހުރި ދަތިތައް ނައްތާލުމާއި، ހުރިހާ ސިޔާސީ ޕާޓީތަކުންވެސް އަންހެނުންނަށް ފުރުސަތު ފަހިކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން މަޖިލީހުގެ މިހާރުގެ މެމްބަރުންގެ ކިބައިގައި ހުރި ސިފަތައް ދެނެގަނެ، އަންހެނުން އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

Advertisement

ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބީ މަގާމުތަކުގެ އިތުރުން މަޖިލީހުން އައްޔަނުކުރާ މަގާމުތަކުގެ ތެރެއިން 50 ޕަސެންޓް މަގާމް އަންހެނުންނަށް ހާއްސަ ކުރުމުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގެ 50 ޕަސެންޓު އަންހެނުންނަށް ހާއްސަކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އެކަމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ގެނައުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވާނެ ކަމަށެވެ.

"ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން"ގެ އުންމީދަކީ ދިވެހި އަންހެނުން ސިޔާސީ ހަރަކާތްތަކާއި ގައުމުގެ އެކިއެކި ނިންމުންތަކުގައި ބައިވެރިވެ، މުޖުތަމައުއަށް ފައިދާހުރި ބަދަލުތަކެއް ގެންނަން އެކީގައި މަސައްކަތްކުރުމަށް ހިތްވަރުދިނުން ކަމަށް މަޖިލީހުން ބުންޏެވެ.

އަދި އެ ޕްރޮގްރާމްގެ ތެރެއިން މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ކުރިއަށް ގެންދިޔުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox