އޮޅިގެން ދިން ހަމަލާއާ ގުޅިގެން އެމެރިކާގައި އެއްވެސް ފިޔަވަޅެއް ނާޅާނެ!

އެމެރިކާ އިން އޮޅިގެން ދިން ހަމަލާއެއްގައި އަފްގާނިސްތާނުގެ އެއް އާއިލާއެއްގެ 10 މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

އެމެރިކާ އިން އޮޅިގެން ދިން ހަމަލާއެއްގައި އަފްގާނިސްތާނުގެ އެއް އާއިލާއެއްގެ 10 މީހުން މަރުވި. -- ފޮޓޯ: އޭއެފްޕީ

މިދިޔަ އޯގަސްޓް މަހު އެމެރިކާ ސިފައިން އޮޅިގެން ދިން ޑްރޯން ހަމަލާއެއްގައި އެއް އާއިލާއެއްގެ 10 މީހުން މަރުވި ހާދިސާއާ ގުޅިގެން އެއްވެސް މީހަކާ މެދު ފިޔަވަޅު ނާޅާނެ ކަމަށް ޕެންޓަގަން އިން ބުނެފި އެވެ.

ކާބުލްގައި ދިން ހަމަލާގައި މަރުވި 10 މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އާއިލާ އިން ވަނީ އިންސާފަށް އެދި، ފައިސާގެ ބަދަލާއި އެމެރިކާ އިން މައާފަށް އެދުމަށް ޑިމާންޑުކޮށްފަ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ހަމަލާއާ ގުޅޭ ތަހުގީގީ ރިޕޯޓު ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން އަށް ލިބިވަޑައިގެންފައި ވާއިރު، ފިޔަވަޅެއް އެޅުމަށް ލަފާދީފައި ނުވާ ކަމަށެވެ.

"ވަކިވަކި އޮފިޝަލުން ނުވަތަ ސިފައިން ޖަވާބުދާރީ ކުރުވަން ޖެހޭ ވަރުގެ ކަމެއް ހިނގި ކަމަށް ފެނިފައެއް ނުވޭ،" ކާބީ ވިދާޅުވި އެވެ.

އެ ހަމަލާގައި ތިން އަހަރުގެ އަންހެން ދަރިފުޅާއި، ބޭބެ އާއި ބޮޑުބޭބެ ކިޔާ ހަ ކުދިން މަރުވި 32 އަހަރުގެ އައިމަލް އަހްމަދީ ވަނީ އެމެރިކާގެ ނިންމުމާ ގުޅިގެން ނުރުހުން ފާޅުކޮށްފަ އެވެ.

"ބަދަލުދެއްވާނީ މާތް ﷲ. މިއީ އެމެރިކާގެ ކުއްޖަކު ގެއްލުނު ހާދިސާއެއް ނަމަ ކަން ވާނީ ކިހިނެއް؟،" އޭނާ ސުވާލުކުރި އެވެ.

ތާލިބާނުން ވެސް އެމެރިކާ ސަރުކާރަށް ގޮވާލީ އެ ނިންމުން ބަދަލު ކުރުމަށެވެ. ތާލިބާނުން ބުނީ ހަމަލާގެ ޒިންމާ އުފުލަން ޖެހޭ މީހުންނާ މެދު އެމެރިކާ އިން ފިޔަވަޅު އަޅައި، އަފްގާން އާއިލާ އަށް ބަދަލު ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އިޒްމަރާއީ އަހްމަދަކީ އިސްލާމިކް ސްޓޭޓް (އައިއެސް) މެމްބަރެއްގެ ގޮތުގައި އެމެރިކާ އިން ޓާގެޓު ކުރީ ނުބައި ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޯގަސްޓު 29 ވަނަ ދުވަހު އޭނާގެ ކާރު ފަހަތުން އަށް ގަޑިއިރު ޓްރެކް ކުރުމަށް ފަހު، އެއަށް އަމާޒުކޮށް މިސައިލް ހަމަލާއެއް އެމެރިކާ އިން ދިނެވެ. އެ ހަމަލާގައި އަހްމަދީ އާއިލާގެ ހަތް ކުދިންނާއި ތިން މީހުން މަރުވި އެވެ.

އަހްމަދީ މަރުވިއިރު، އޭނާ މަސައްކަތް ކުރަމުން ދިޔެއީ އެމެރިކާގެ އެހީދޭ ޖަމިއްޔާއަކާ ގުޅިގެންނެވެ.

އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާގެ އިސް އަސްކަރީ ޖެނެރަލަކު ވަނީ އެއްބަސްވެފަ އެވެ. އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވަނީ މަރުވި މީހުންގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox