ޗެމްޕިއަންސް ލީގުގެ ގުރުނެގުން އަލުން ބޭއްވުމަކީ "އޮޅުވާލުމެއް" ކަމަށް ރެއާލުން ބުނެފި

Dec 14, 2021, 3:07 AM
ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ޑިސެމްބަރު 14) - ޓެކްނިކަލް މައްސަަލައެއް ދިމާވެގެން އޮޅުންތަކެއް އެރި ކަމަށް ބުނެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން އަލުން ބޭއްވުމަކީ "އޮޅުވާލުމެއް" ކަމަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން ބުނެފި އެެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އެތުލެޓިކޯ މެޑްރިޑުން އިސްނަގައިގެން އަލުން ގުރުއަތުލުން ބާއްވަން ގިނަ ޓީމުތަކުން ޕްރެޝަރު ކުރުމުން ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ކުރިއަށް ގެންދާށެވެ. ފާހަގަކުރެވުނު މައްސަލަތަކަށް ބަލާއިރު، ފުރަތަމަ ޔުނައިޓެޑާއި ވިޔަރެއާލް ކުޅެން ޖެހޭގޮތަށް ގުރުއަތުން ދިމާވިއިރު، މި ދެ ޓީމަކީ އެއް ގްރޫޕެއްގައި ހިމެނޭ ދެ ޓީމު ކަމަށްވާއިރު، ގަވާއިދުގައި އޮންނަ ގޮތުން ނޮކައުޓް ފުރަތަމަ ބުރުގައި އެ ދެ ޓީމު ކުޅެން ނުޖެހޭނެ އެވެ. ދެން ފާހަގަކުރެވުނު މައްސަލަ އަކީ ލިވަޕޫލާއި އެތުލެޓިކޯއާ ކުޅެން ޖެހޭ ގުރުއަތުލުން ގެންދިއުމެވެ. އެތުލެޓިކޯ އާއި ލިވަޕޫލް އެއް ގްރޫޕެއްގައި ކުޅެފައިވާއިރު، މި ދެ ޓީމު ދެ ވަނަ ބުުރުގައި ބައްދަލުނުކުރެވޭނެ އެވެ. ދެން ފާހަގަވި މައްސަލަ އަކީ އެތުލެޓިކޯގެ ގުރުއަތުލުމުގައި ޔުނައިޓެޑް ހިމަނާފައިނުވުމެވެ.

ގުރުއަތުލުން އަލުން ބޭއްވިއިރު، ޗެލްސީ އާއި ލޮސްކް ލިލް ކުޅޭ މެޗު ފިޔަވައި ދެން އޮތް ހަތް މެޗު ވެސް ވަނީ ބަދަލުވެފަ އެވެ. ފުރަތަމަ ނެގި ގުރުއަތުލުމުގައި ރެއާލް ކުޅެން ޖެހުނީ ބެންފީކާއާ އެވެ. އެކަމަކު، އަލުން ގުރުއަތުލުމުން ރެއާލް ކުޅެން ޖެހުނީ ޕީއެސްޖީއާ އެވެ.

މެޑްރިޑްގެ ރޭޑިއޯ އަކަށް ރެއާލްގެ އޮފިޝަލަކު ދިން އިންޓަވިއުއެއްގައި ބުނީ ގިނަ ކްލަބްތަކުން އެދުނީ މައްސަލަ ޖެހުނު ހިސާބުން ފެށިގެން ގުރުއަތުލުން ބާއްވަން ކަމަށެެވެ. އެކަމަކު، ޓެކްނިކަލް މައްސަލައެއް ކަމަށް ބުނެ، ފުރަތަމަ ލީ ގުރުއަތުލުން އެއްކޮށް އުވާލައި، އަލުން ގުރުއަތުލުން ކުރިއަށް ގެންދިއުމަކީ ޔުއެފާ އިން އޮޅުވާލުމެއްގެ ތެރެއިން ކުރި ކަމެއް ކަމަށް ރެއާލުން ތުހުމަތުކުރެ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދީ މެޑްރިޑްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އެ ކްލަބްގެ ލީޑަޝިޕްގެ އޮތީ މުޅި ގުރުއަތުލުން އަލުން ބޭއްވުމާ ދެކޮޅު ވިސްނުމެކެވެ.

ޕީއެސްޖީ އާއި ރެއާލް ކުޅޭ މެޗު ހާއްސަވާނެ ދެ ކުޅުންތެރިއަކީ ކުރިން ބާސެލޯނާގައި ހުރެ ރެއާލް ކޮޅަށް ގިނަ ގޯލު ޖެހި ލިއޮނަލް މެސީ އާއި އަންނަ ސީޒަނުގައި ރެއާލަށް ބަދަލުވާނެ ކަމަށް އަޑުފެތުރިފައިވާ ކީލިއަން އެމްބާޕޭ އަށެވެ.

އަނެއްކޮޅުން މި ސީޒަނުގައި ރެއާލް ދޫކޮށްފައި ޕީއެސްޖީ އަށް ބަދަލުވި ސާޖިއޯ ރާމޯސް ފުރަތަމަ ފަހަރަށް ކުރީގެ ކްލަބާ ކުޅެން ޖެހޭނެ އެވެ. ރާމޯސް އެންމެ ފަހުން ހުރީ ރެއާލްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރެއާލާއި ޕީއެސްޖީ ކުޅޭ މެޗުގެ ފުރަތަމަ ލެގު އޮންނާނީ ޕެރިހުގައި އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އަދި މެޑްރިޑްގައި ދެ ވަނަ ލެގު ކުޅޭނީ މާޗް މަހު ނުވަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox