ވިސާ ހަމަނުޖެހިގެން ނަބާ އާއި ނަބީ އަށް ދުނިޔޭގެ މުބާރާތަށް ނުދެވުނު

ބައިނަލްއަގުވާމީ މުބާރާތެއްގެ ތެރެއިން ނަބާ އާއި ނަބީ ރާއްޖޭގެ ދިދަ ހިފައިގެން.

ބައިނަލްއަގުވާމީ މުބާރާތެއްގެ ތެރެއިން ނަބާ އާއި ނަބީ ރާއްޖޭގެ ދިދަ ހިފައިގެން.

ސްޕެއިނުގައި މިއަދު ފަށާ ބެޑްމިންޓަން ދުނިޔޭގެ މުބާރާތް، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ފުރުސަތު ލިބުނު ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އަށް ވިސާ ހަމަނުޖެހޭތީ މުބާރާތަށް ނުދެވުނެވެ.

ނަބާ އާއި ނަބީ އަށް ފުރުސަތު ލިބުނީ ދުނިޔޭގެ މުބާރާތުގެ އަންހެން ޑަބަލްސް ބައިންނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ވޯލްޑް ޗެމްޕިއަންޝިޕްގައި ލިބުނު މި ފަދަ ފުރަތަމަ ފުރުސަތެވެ. އެކަަމަކު، ސްޕެއިނަށް ދާން ހޯދަން ޖެހޭ ޝެންގެން ވިސާ ހަމަނުޖެހި ބޮޑު ފުރުސަތު ގެއްލުނީ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ވިސާ ހަމަޖައްސަން ޖެހޭނީ އެސޯސިއޭޝަނާއި ކުޅުންތެރިޔާ ގުޅިގެންނެވެ. އެކަމަކު، ވަގުތު ކުޑަތަންވެފައި އޮތުމުން އެކަން ނުކުރެވުނީ އެވެ.

ބަންގްލަދޭޝްގައި މި މަހު ބޭއްވި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ވާދަކުރުމަށް ފަހު ނަބާ އާއި ނަބީ ރާއްޖެ އައީ މި މަހު ފަސް ވަނަ ދުވަހު އެވެ. ވިސާ ހަަމަނުޖެހިގެން ނަބާ އާއި ނަބީ އަށް މުބާރާތަށް ނުދެވޭކަން އެންގީ ފުރަން އޮތް ދުވަހުގެ އެއް ދުވަސް ކުރިންނެވެ.

"ވަރަށް ބޮޑު ފުރުސަތެއް ހަގީގަތުގައި ވިސާ ނުލިބިގެން މި ގެއްލުނީ،" މި ފަހަރު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރި ނަބާ، ވޯލްޑް ޗެމްޕިއަންޝިޕަށް ނުދެވުމާ ބެހޭގޮތުން ބުންޏެވެ.

ދާދި ފަހުން ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ޕޯޗުގަލްގައި ބޭއްވި ޓީޓީ ޔޫތު މުބާރާތުގައި ވާދަކޮށްފަ އެވެ. އެ މުބާރާތަށް ދާން ދީމާގެ ވިސާ ކަންތައްތައް ހަމަޖެހުނީ ސްރީ ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރެ ވިސާ ކަންތައްތައް ނިންމައިގެންނެެވެ. އެކަން ކުރެވުނީ ދީމާގެ ފަރާތުން މެނޭޖަރެއްގެ ޒިންމާ ނެގި ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ކުރި ބުރަ މަސައްކަތުންނެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު ޕޯޗުގަލްގައި އޮތް ކޮންޓެންޑާ މުބާރާތެއްގައި ކުޅެން ވިސާ ހޯދަން ކުރި މަަސައްކަތް ކާމިޔާބެއް ނުވި އެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2019 ވަނަ އަހަރު ގުއާމާ ދެކޮޅަށް ކުޅެން އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗަށް އެ ގައުމަށް ދާން ވިސާ ޖަހަން ލަންކާގައި މަހެއްހާ ދުވަހު މަޑުކުރަން ޖެހުނެވެ. އެކަމަކު، ބައެއް ކުޅުންތެރިންނަށް ވިސާ ނުލިބިގެން އެ ފަހަރު ޓީމާ އެކު ގުއާމަށް ނުދެވުނެވެ.

ނަބާ އާއި ނަބީގެ ކާމިޔާބީތަކުގެ ބައެއް އުސްއަލިތައް

މީގެ ކުރިން 2019 ވަނަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.

އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.

އޭގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ހަތަރު ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑަލާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި 2018 ވަނަ އަހަރު ހޯދި މެޑަލެވެ. ހަތަރު ލޯ މެޑަލް ހޯދީ މޮރިޝަސް ބެޑްމިންޓަން ސީރީސްގެ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި 2018 ވަނަ އަހަރުގެ ނޭޕާލް މުބާރާތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox