ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް، ބަދަލު ދޭން ނުޖެހޭ: ހުކުމް

ރިލްވާނުގެ ހަނދާނުގައި 2017 ގައި ބޭއްވި "ސުވާލު މާޗު"ގެ ތެރެއިން: އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރީ މި ހިނގާލުމުގައި ބައިވެރިވި މައްސަލައިގައި. -- ފޮޓޯ: މުންޝިދް މުހައްމަދު

ރިލްވާނުގެ ހަނދާނުގައި 2017 ގައި ބޭއްވި "ސުވާލު މާޗު"ގެ ތެރެއިން: އާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރީ މި ހިނގާލުމުގައި ބައިވެރިވި މައްސަލައިގައި. -- ފޮޓޯ: މުންޝިދް މުހައްމަދު

އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ، އާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ނިންމައި، އޭނާއަށް ބަދަލު ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ފުލުހުންގެ ވަޒީފާއިން އާއިޝަތު ވަކި ކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ ހަނދާނުގައި އޮގަސްޓު 8، 2017 ގައި ބޭއްވި "ސުވާލު މާޗު"ގެ މައްސަލައިގަ އެވެ. އެ ހިނގާލުން ބޭއްވީ ރިލްވާނު ގެއްލުނު ފަހުން ތިން އަހަރު ފުރުމާ ދިމާކޮށް، އޭނާއަށް ވީނުވީއެއް ނޭނގޭތީ އާއި ތަހުގީގު ކުރިޔަށް ނުދާތީ އަޑުއުފުލާށެވެ.

ހިނގާލުމުގައި އާއިޝަތު ބައިވެރިވި މައްސަލަ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލަން ފެށީ އެއީ ގާނޫނާ ހިލާފަށް، ހުއްދަ ނުހޯދާ ބޭއްވި ހިނގާލުމަކަށް ވާތީ އެވެ.

ބޯޑުން މައްސަލަ ބެލުމަށް ފަހު ނިންމީ، ފުލުހުންގެ ޑިސިޕްލިނަރީ ގަވާއިދާ ހިލާފު ކަމަށް ތަހުގީގަށް ސާބިތު ވާތީ އޭނާ ވަޒީފާއިން ވަކިކުރާށެވެ. އެއީ އޮގަސްޓު 16، 2017 ގަ އެވެ. އޭރު އޭނާ ހުރީ ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ވަޒީފާއިން ވަކިކުރި މައްސަލައިގައި ފުލުހުން އަމަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ވަޒީފާއިން ވަކިކުރުމުގެ މާލީ ބަދަލު ނަގައިދޭން އާއިޝަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ އޮކްޓޫބަރު 26، 2020 ގަ އެވެ.

އޭނާ ހުށަހެޅީ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ސިވިލް ކޯޓުން މައްސަލަ ބަލައި ނިމޭ ތާރީހާ ހަމައަށް ހައްގުވާ މުސާރަ އާއި އިނާޔަތް ހޯދުމަށް ކަމަށެވެ. ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ ޑިސެމްބަރު 8، 2021 ގައި ކަމުން، ބަދަލުގެ އަދަދަކީ 441،111.14ރ. ކަމަށް މައްސަލައިގައި ހުކުމުގައި ފާހަގަކުރި އެވެ.

ބަދަލު ދޭން އިންކާރު ކުރަމުން ދައުލަތުން ކޯޓުގައި ބުނީ، އާއިޝަތު ވަކިކުރީ ފުލުހުންގެ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން އޭނާއާ ދެކޮޅަށް ހުށަހެޅުނު މައްސަލަ އިދާރީ މިންގަނޑުން ސާބިތުވާތީ ކަމަށެވެ. ދައުލަތުން އެދުނީ ބަދަލުގެ އެއްވެސް މިންވަރެއް ނަގައިދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މައްސަލައިގެ ހުލާސާ

  • މި މައްސަލައިގެ ތަހުގީގަށް ޑިސިޕްލިނަރީ ބޯޑަށް ދިން ބަޔާނުގައި އަމިއްލަ އިއުތިރާފުންނާއި، ފޮޓޯތަކުން އާއިޝަތު އެއްވުމުގައި ބައިވެރިވީކަން އެނގޭ.
  • އެކަމަކު އެއީ ހުއްދަ ނުނަގާ ބޭއްވި އެއްވުމެއް ކަމެއް އޭނާއަށް ނޭނގޭ ކަމަށާއި އެއްވެސް ސިޔާސީ އެއްވުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް އާއިޝަތު ބުނެފައިވޭ.
  • ގާނޫނާ ހިލާފަށް ހުއްދަ ނުހޯދައި ބޭއްވި އެއްވުމެއްގައި ބައިވެރިވި މައްސަލަ ބެލުމަށް ފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ އާއިޝަތު ވަޒީފާއިން ވަކިކުރަން.

ވަޒީފާއިން ވަކިކުރި މައްސަލައިގައި އާއިޝަތު ތުހުމަތު ކުރަނީ ފުލުހުން އަމަލުކުރީ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށެވެ. އެކަމަކު ފުލުހުންގެ ފަރާތުން ވަކާލާތުކުރަމުން ދައުލަތުން އެ ނިންމުން ދިފާއުކުރީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ކޯޓުން ބުރަވީ ފުލުހުން ކޮޅަށެވެ.

އެގޮތުން ޑިސިޕްލިނަރީ ބޯޑުން ފާހަގަކުރި ކަންކަމަށް ތާއީދު ކުރަމުން ހުކުމުގައި ވަނީ، ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވުމަށް ފަހު ގާނޫނު ނޭނގޭ ކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ.

އަދި ކުރިން ވެސް އޭނާއަށް އަނގަ ބަހުން އިންޒާރު ދެވިފައިވާއިރު، އާއިޝަތުގެ ފަރާތުން ފެނުނު އަމަލަކީ ފުރަތަމަ ފަހަރު ވެސް ވަޒީފާއިން ވަކިކުރުމުގެ އިހުތިޔާރު ޑިސިޕްލިނަރީ ބޯޑަށް ލިބޭ މައްސަލައެއް ކަމަށް ހުކުމުގައި ފާހަގަކުރި އެވެ.

"ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ އެއްވުމެއްގައި ބައިވެރިވުމަށްފަހު، ދައުވާކުރާ ފަރާތުން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށާއި، ގާނޫނު ނޭނގޭކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއް ނޫން" ސިވިލް ކޯޓުގެ ހުކުމުގައި ވެ އެވެ.

މިއީ ފުލުހުންނާ ދެކޮޅު އެއްވުމެއް ކަމަށް ބޯޑުން ކަނޑައެޅި ސަބަބުތަކުގެ ތެރޭގައި އެއްވުމުގެ ބައިވެރިން ގެންގުޅުން ބޯޑުތަކާއި ބެނާތަކުގައި ހުރި ލިޔުންތައް ފާހަގަކުރި އެވެ.

އަދި ބުނީ އެއީ "މީހަކަށް ގެއްލިގެން އުޅޭ ހައްގެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށް ވުރެ ސިޔާސީ ކުލަޖެހިގެން" ބޭއްވި އެއްވުމެއް ކަމަށެވެ.

އޭގެ އިތުރުން ފުލުހުންގެ ބޯޑުން އިޖުރާއަތްތައް ފުރިހަމަނުކުރާ ކަމަށް ބުނެ އާއިޝަތުގެ ފަރާތުން ހުށަހެޅި ނުކުތާ ވެސް ކޯޓުން ނިންމީ ޑިސިޕްލިނަރީ ބޯޑާ އެއްކޮޅަށެވެ. އަދި ޑިސިޕްލިނަރީ ބޯޑުން ތަހުގީގު ކުރުމުގައި ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ކޯޓު ހުކުމުގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox