ކެމްބޯޑިއާގައި އެމެރިކާގެ ހަތިޔާރުތައް ނައްތާލަން އަމުރެއް!

ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން؛ އެމަނިކުފާނު އަމުރު ކުރެއްވީ ކެމްބޯޑިއާގައި ބޭނުންކުރާ އެމެރިކާގައި އުފައްދާފައިވާ ހުރިހާ ހަތިޔާރެއް ނައްތާލަން. -- ފޮޓޯ: އޭއެފްޕީ

ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން؛ އެމަނިކުފާނު އަމުރު ކުރެއްވީ ކެމްބޯޑިއާގައި ބޭނުންކުރާ އެމެރިކާގައި އުފައްދާފައިވާ ހުރިހާ ހަތިޔާރެއް ނައްތާލަން. -- ފޮޓޯ: އޭއެފްޕީ

ފްނޮމް ޕެން، ކެމްބޯޑިއާ (ޑިސެމްބަރު 10) - ކެމްބޯޑިއާ އަށް ހަތިޔާރު ވިއްކުން އެމެރިކާ އިން މަނާކުރުމާ އެކު އެ ގައުމުގައި ބޭނުންކުރާ އެމެރިކާގައި އުފައްދާފައިވާ ހުރިހާ ހަތިޔާރެއް ނައްތާލަން ބޮޑު ވަޒީރު ހުން ސެން އަމުރު ކުރައްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު އެމެރިކާ އިން ބުނީ ކެމްބޯޑިއާ އަށް ހަތިޔާރު ވިއްކުން މަނާކުރަން ނިންމީ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސްވެ ކޮރަޕްޝަން ފެތުރިފައި ވުމާއެކު ޗައިނާ އިން ކެމްބޯޑިއާއާ ގުޅިގެން ހިންގާ ހަރަކާތްތަކާ ހެދި ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ކޮމާސް ޑިޕާޓްމަންޓުން އެޅި ފިޔަވަޅުގެ އަމާޒަކީ ކެމްބޯޑިއާގެ ސިފައިންނާއި ޖާސޫސީ އިދާރާތަކަށް "ދިފާއީ ތަކެއްޗާއި ހިދުމަތް" ނުލިބޭނެ ގޮތް ހެދުމެވެ.

ނަމަވެސް ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން ހުކުރު ދުވަހު ވިދާޅުވީ އެމެރިކާގެ ހަތިޔާރާއި އަސްކަރީ އާލާތްތަކުގެ ކޮލިޓީ ނުހުންނަ ކަމަށާއި އެއީ މުހިއްމު އެއްޗެއް ނޫން ކަމަށެވެ.

"އަސްކަރީ ހުރިހާ ޔުނިޓަކަށް އަޅުގަނޑު މި އަމުރު ކުރަނީ މި ވަގުތު ކެމްބޯޑިއާގެ އަތުގައި ހުރި ހަތިޔާރާއި އަސްކަރީ ސާމާނު ރިވިއު ކުރަން. އެމެރިކާގެ އެއްވެސް ހަތިޔާރެއް ހުރި ނަމަ އެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ - ގުދަންތަކުގައި ބަންދުކޮށް ނޫނީ އެކަށީގެންވާ ގޮތަކަށް ނައްތާލަން ޖެހޭ،" ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ސެން ވިދާޅުވި އެވެ.

"އެމެރިކާ އިން ހަތިޔާރު ނުވިއްކަން ނިންމި ނިންމުމަކީ ކެމްބޯޑިއާ ސަރުކާރުގައި ތިބި އަރަމުން އަންނަ ޖީލުގެ ފަރާތްތަކަށް މެސެޖެއް. އެ މެސެޖަކީ މިނިވަންކަމާ އެކު ދިފާއީ ބާރު ބާއްވަން ބޭނުން ނަމަ، އެމެރިކާގެ ހަތިޔާރު ބޭނުން ނުކުރާށޭ."

އަފްގާނިސްތާނަށް އިޝާރާތްކޮށް ސެން ވިދާޅުވީ "އެމެރިކާގެ ހަތިޔާރު ބޭނުން ކުރި ވަރަށް ގިނަ މީހުން ހަނގުރާމަތަކުން ވީ ބަލި،" ކަމަށެވެ.

އެމެރިކާ އިން ފަންޑުކުރި ކަނޑުގެ އަސްކަރީ މަރުކަޒަކާ ގުޅޭ ކޮރަޕްޝަނާ ހެދި މިދިޔަ ނޮވެމްބަރު އެ ގައުމުން ކެމްބޯޑިއާގެ ދެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން. -- ފޮޓޯ: ޝިންހުއާ
ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން. -- ފޮޓޯ: ޝިންހުއާ

ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި ކެމްބޯޑިއާގެ ބޮޑު ވަޒީރު ހުން ސެން. -- ފޮޓޯ: ޝިންހުއާ

ކެމްބޯޑިއާގެ ލީޑަރަކީ އޭޝިއާގައި ޗައިނާގެ އެންމެ ބޮޑު އެއް ޕާޓްނަރެވެ. އެމެރިކާ އިން ފަންޑުކޮށްގެން ހަދާ ފައިޒާ "ރީމް" އަސްކަރީ މަރުކަޒުގެ ފެސިލިޓީތައް ކެމްބޯޑިއާ ސަރުކާރުން އުވާލަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ މަރުކަޒަކީ މީގެ ކުރިން އެމެރިކާގެ އަސްކަރީ ތަމްރީނުތައް ވެސް ކުރިއަށް ގެންދިޔަ ތަނެކެވެ.

އޭގެ އިތުރުން ގަލްފް އޮފް ތައިލޭންޑުގައި ހިންގާ "ސިހަނުކްވިލް" އަސްކަރީ މަރުކަޒާ ހެދި އެމެރިކާ އާއި ކެމްބޯޑިއާގެ ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެމެރިކާ އިން ޝައްކު ކުރާ ގޮތުގައި ކެމްބޯޑިއާ އިން މަސައްކަތް ކުރަނީ ޗައިނާ އިން ބޭނުންކުރަން އެ ތަން ދިނުމަށެވެ.

ނަމަވެސް ހުން ސެން ތަކުރާރުކޮށް ވިދާޅުވަމުން ދަނީ އެ އަސްކަރީ މަރުކަޒުގައި ޗައިނާ ސިފައިން ތިބުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox