މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭ ގޮތުން އިސްލާމްދީން ބުނެދޭ ވާހަކަ

މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭ ގޮތުން އިސްލާމްދީން ބުނެދޭ ވާހަކަ

ބުރާސްފަތި ދުވަސް ނިމެންދިޔައިރު ނޫސްތަކުން ފެނުނީ ހިތާމައާ ހައިރާންކަން ގެނުވި ވާހަކަ އެކެވެ. އެކުވެރި ދައުލަތްތަކުގެ ވޯކިން ގުރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އޭ ކިޔުނު ބަހާއިން ކުރި ދިރާސާއެއްގެ ނަތީޖާ އެވެ. އެ މީހުން ބުނި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި އޮތް ވާހަކަ އަކީ 'ގުރައިދޫ މަރުކަޒަށް ދިޔުމުން ފެނުނީ ބިކަވެ، ބާކީވެފައިވާ ބަޔަކު ދިރިއުޅެމުންދާ މަންޒަރު' ކަމުގަ އެވެ. އެކަށީގެންވާ ވަރަށް ޑޮކްޓަރުން ނެތް ކަމާއި، އިންތިޒާމުތައް ފުރިހަމަ ނޫން ކަމާއި، މުޖުތަމައުއިން އެ މީހުންނާމެދު ދެކޭ ގޮތުގެ ސަބަބުން އެ މަރުކަޒުން ދޫކޮށްލި ނަމަވެސް މުޖުތަމައުއަށް ނުކުންނަން ބައެއް މީހުން ބޭނުންނުވާ ކަމުގެ ވާހަކަ އެވެ. މިއީ ހަމަ ޔަގީނުންވެސް އިސްލާމް ދީން ބުނެދޭ ގޮތެއް ނޫނެވެ. ދީނުގެ ޝިޔާރެއް، އިރުޝާދެއް ނުވަތަ ބުނެދިނުމުގެ އަސަރެއް ވެސް ނޫނެވެ. ދީނުގެ އިރުޝާދުތައް ހުރީ އަންނަނިވި ފަދައިންނެވެ.

އަންނަޙްލު ސޫރަތުގެ 70 ވަނަ އާޔަތުގައި މާތް އަންގަވާފައި ވެއެވެ. "ﷲ ތިޔަބައިމީހުން ހެއްދެވި އެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން މަރު ގަންނަވަތެވެ. އަދި އެންމެ ނިކަމެތި އުމުރަށް ރައްދު ކުރައްވާ މީހުން، ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އެއީ އެ މީހާއަށް އެނގިގެންވުމަށްފަހު، އެއްވެސް އެއްޗެއް ނޭނގުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެ އެވެ."

އަދި އަލްޙައްޖު ސޫރަތުގެ 5 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައި ވެއެވެ. "ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެ މައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަ ވުމާ ހަމަޔަށް ފޯރަ އެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާ މީހުން، ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އަދި އެންމެ ނިކަމެތި އުމުރަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ."

އަދި އައްރޫމް ސޫރަތުގެ 54 ވަނަ އާޔަތުގައި އަންގަވަ އެވެ. "ބަލިކަށިކަމުގެ ތެރެއިން ތިޔަބައިމީހުން ހެއްދެވި ކަލާނގެއީ ﷲ އެވެ. ދެން ބަލިކަށިކަމަށްފަހު، ބާރެއްލައްވައި އަދި ބާރަށްފަހު ބަލިކަށިކަމާއި، ދުވަސްވުމުގެ ދެރަކަމާއި، ނިކަމެތިކަން ލެއްވީވެސް އެކަލާނގެ އެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެ އެވެ."

އަދި އަލްޣާފިރު ސޫރަތުގެ 67 ވަނަ އާޔަތްވެސް މިތަނުގައި ނަކަލުކޮށްލަމާތޯ އެވެ. "އެކަލާނގެއީ، ތިޔަބައިމީހުން ވެލިން ހެއްދެވި ރަސްކަލާނގެ އެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑު ލޭކޮޅަކުންނެވެ. ދެން އެކަލާނގެ، ތިޔަބައިމީހުން ޅަކުދިންގެ ގޮތުގައި (މައިމީހާގެ ބަނޑުން) ނެރުއްވަތެވެ. ދެން ތިޔަބައިމީހުން ބޮޑުވެ ފުރާފުރިހަމަވުމާ ހަމަޔަށް ފޯރުމަށްޓަކައެވެ. ދެން ތިޔަބައިމީހުން މުސްކުޅިންނަށް ވުމަށްޓަކަ އެވެ. އަދި އޭގެކުރިން މަރުވާ މީހުން ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އަދި ތިޔަ ބައިމީހުން ކަނޑައެޅިގެންވާ މުއްދަތަކަށް ފޯރުމަށްޓަކަ އެވެ. އަދި ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."

އިސްވެދިޔަ އާޔަތްތަކުން އިންސާނުންނަށް އެންމެ ބޮޑަށް ހަނދާންކޮށްދޭ އެއް ކަމަކީ، ދޮށީ އުމުރަކީ އަދި އެންމެ ބަލިކަށި އުމުރަކީ ވެސް އިންސާނާ ހޭދަކުރާންޖެހޭ މަރުހަލާއެއް ކަމެވެ. އިންސާނީ ހަޔާތުގެ މަރުހަލާއެއް ކަމެވެ. ކޮންމެ ކުޑަކުއްޖަކު ކޮންމެ ޒުވާނަކު ކޮންމެ ވަރުގަދަ މީހަކު އޭނާ އުމުރުގައި ތަން އޮތްނަމަ ބައްދަލުކުރަންޖެހޭނޭ ހާލަތެއް ކަމެވެ.

މިއާޔަތްތަކާ ވަރަށް ގުޅޭ، މިއާޔަތްތަކަށް ވިސްނާ ފިކުރު ހިންގާލުމަށް މަގުކޮށާލަދޭ ވަރަށް މުހިންމު ހަދީސެއް އިމާމް ތިރުމިޒީ ރިވާކުރައްވާފައި ވެއެވެ. އެ ހަދީސްގެ މާނައިގައި އޮންނަނީ މުސްކުޅިއަކަށް އޭނާގެ އުމުރަށްޓަކައި ޒުވާނަކު ކަމޭހިތައިފިނަމަ، އެ ޒުވާނާގެ މުސްކުޅި އުމުރުގައި އެފަދައިން ކަމޭހިތާނެ މީހަކު މާތް ﷲ ލައްވާނެ ކަމަށެވެ.

އެހެން ހަދީސެއްގައި އަންގަވާފައިވަނީ، އުމުރުން ދޮށީ މީހުންނަށް ކަމޭ ނުހިތާ މީހުންނަކީ އަހަރެމެން މުސްލިމުންގެ ތެރެއިން ވާ ބައެއް ނޫން ކަމަށެވެ. މީސްތަކުންނައިގެން އިމާމްވެ ނަމާދުކުރާ ނަމަ ވެސް ކުރުކޮށް ކިޔެވުމަށާއި ލުއިކޮށް ނަމާދުކުރުމަށް މާތް ނަބިއްޔާ އެންގެވުމަށް ފަހު އެކަމުގެ ސަބަބުތައް ބަޔާންކުރެއްވުމުގައި ފާހަގަ ކުރެއްވީ، ނަމާދުގެ ޖަމާއަތުގައި ނިކަމެތި މީހުންނާއި ބަލި މީހުންނާއި އުމުރުން ދޮށީ މީހުން ތިބޭނެ ކަމަށެވެ. މިކަންކަމުން އިސްލާމްދީން އުމުރުން ދޮށީ މީހުންނާމެދު ކަމޭހިތުމާއި މާތްކޮށް ހިތުމަށް އަންގަވައި ބާރުއަޅުއްވާފައިވާވަރު ދޭހަކޮށްދެ އެވެ.

އެކިއެކި ހާލަތްތައް މެދުވެރިވެ ނުކުޅެދޭ ހާލަތުގައި ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ހާލަތުގައި ތިބި ފަރާތްތަކާމެދު އިސްލާމްދީން ގެނައީ އޯގާތެރި ވިސްނުންތަކެކެވެ. އިސްލާމީ ތާރީހް ދުށީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާމެދު އަޅާލުމާއި އޯގާތެރިކަމުން ފުރިގެންވީ ދުވަސްވަރެކެވެ. މާތް ނަބިއްޔާގެ ހަދީސް ބަސްފުޅު އެއީ އިރުޝާދުކަމުގައި ހަދައިގެންނެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައި ވަނީ އޯގާތެރިނުވާ މީހަކަށް އޯގާތެރިކަން ނުލިބޭނެ ކަމަށެވެ.

މުސްލިމުންގެ ވެރިން އެބައި މީހުންގެ ސަރުކާރުތައް ހިންގީ މި މަތިވެރި އަސާސްތަކުގެ މައްޗަށެވެ. މުސްލިމުންގެ މަތިވެރި ޚަލީފާ އުމަރު ބުނު އަބްދުލްއަޒީޒްގެ ޚިލާފަތުގައި މުސްލިމުންގެ ތެރޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބޯހިމަނައި އަދަދު ބެއްލެވި އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު މަސްއޫލުވެ ހަރަދުކުރުމަކީ މުސްލިމުންގެ ބައިތުލްމާލުން ކުރަންޖެހޭ ކަމެއްކަމުގައި އިމާމް އަބޫހަނީފާ ފަތުވާދެއްވެވި އެވެ. ޖުޒާމް ބަލި ޖެހިފައިވާ މީހުންނަށް ހާއްސަ އެހީތެރިކަމާއި އޯގާތެރިކަމާއި ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލެއް ޚަލީފާ ވަލީދު ބިން އަބްދުލްމަލިކް ގާއިމުކުރެއްވި އެވެ. އަދި އެޑްމިޓްކުރެވިފައިވާ ކޮންމެ މީހެއްގެ ހިދުމަތުގައި ހާދިމެއް ލެއްވި އެވެ. ސިކުނޑީގައި އުނިކަން ހުންނަ ފަރާތްތަކަށް ހާއްސަ ހޮސްޕިޓާތައް އެޅުމަކީ އުމަވީންގެ ހިލާފަތުގައި އާންމު ކަމަކަށްވެގެން ގޮސްފައި ވެއެވެ.

އުމުރުން ދުވަސްވީ މީހުންނާއި ނިކަމެތިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޯގާތެރިވުމުގައި މުސްލިމުން މިފަދައިން ނުވާންވީ ސަބަބެއް ނެތެވެ. ގައިބުގެ ހަބަރުތަކައިގެން ފޮނުއްވުނު މާތް ސާހިބާ ހަދީސް ކުރައްވާފައި ވަނީ، ތިޔަބައިމީހުންގެ ތެރޭގައި ތިބި ނިކަމެތީންގެ ސަބަބުން މެނުވީ ތިޔަބައިމީހުންނަށް މާތް ﷲ ނަސްރާއި ރިޒުގު ދެއްވާކަމުގައި ވޭ ހެއްޔެވެ؟ އާދޭހެވެ. އެއީ މުސްލިމުންގެ އަގީދާގެ މުހިންމު ބަހާއެކެވެ. ނިކަމެތީންނަށް އޯގާތެރިވުމަކީ ނަސްރާއި ކާމިޔާބުގެ ސިއްރެކެވެ.

އިސްލާމީ އިރުޝާދުތަކާއި ނަސޭހަތްތައް މިފަދައިން ހުރިއިރު، މާދުރުން އައި އދ.ގެ ޖަމާއަތަކުން ސައްތައިން ސައްތަ އިސްލާމީ މިގައުމުގައި ހުރި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދޮށީ މީހުން ބައިތިއްބާފައި ތިބި މަރުކަޒެއްގެ ހާލަތާމެދު އިންތިހާއަށް ކަންބޮޑުވި ކަމީ އަޅުގަނޑުމެން ލަދުގަންނާންޖެހޭ ކަމެކެވެ. މިއީ އަޅުގަނޑުމެންގެ އިސްލާމްކަމާއި އަހްލާގާއި އުޅުމާއި ގުޅުންތައް މުރާޖައާކުރާންޖެހޭ ފަދަ ގޮވާލުމެއް ކަމުގައި ދެކި އަވަސް ފިޔަވަޅުތައް އެޅުމަކީ ބޭނުންތެރިކަން ބޮޑު ކަމެކެވެ.

ފަހުގެ ޚަބަރު

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

ސިޓީބިޓީ: ތަރައްގީގެ ފަރުދާގެ ފަހަތުން ވިއްކާލެވޭ ގައުމީ ސިޔާދަތު

ނަމަވެސް، މިއަދު އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތަށް ކުރިމަތިވެފައިވާ ނުރައްކާ އަންނަނީ ބަޑިއާއި ބޮމަކުން ނޫނެވެ؛ އެ ނުރައްކާ ފޯރަމުންދަނީ ތަރައްގީގެ ނަމުގައި ދައްކާ ކުލަގަދަ މަންޒަރުތަކާއި، ސިއްރުން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ތެރެއިންނެވެ.

ސިޓީބިޓީ: ކަނޑު ކޮމިޝަނަކީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެއް

ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް ރައީސް މުއިއްޒު އުފެއްދެވި "ކަނޑު ކޮމިޝަނަކީ" ސިޔާސީ ވާދަވެރިންނަށް ބިރުދެއްކުމަށާއި ރަސްމާލެ މަޝްރޫއުގެ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކުރި ކަމެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ. އަދި މިއީ ދައުލަތުގެ މުއައްސަސާތައް ބަލިކަށިކޮށް، ބަޖެޓުން ބޮޑެތި އިސްރާފުތަކެއް ހިނގާނެ، ނަތީޖާއެއް ނުނެރެވޭނެ ސިޔާސީ އުކުޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރަސްމާލެ މަޝްރޫއު: ބިމުގެ އަގާ ގުޅޭ ބަހުސް

ރަސްމާލެ މަޝްރޫއަށް ހިއްކާފައިވާ ބިމުގެ އަގު ކަނޑައެޅުމުގައި، ހަމައެކަނި ހިއްކުމަށް ހިނގި ހަރަދަށް ބެލުމުގެ ބަދަލުގައި މުސްތަގުބަލުގައި އެ ބިމުން ލިބޭނެ އިގުތިސާދީ މަންފާއާއި ބާޒާރުގެ އަގަށް ރިއާޔަތްކުރަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއަށް ދައުލަތުގެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި މާލީ އިލްތިޒާމްތަކަށް ޒިންމާވާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox