މެންޗެސްޓާ ޔުނައިޓެޑަށް ސްޕޯޓްސް ސައިކޮލޮޖިސްޓެއް ހޯދައިފި

Dec 8, 2021, 6:57 AM
ޔުނައިޓެޑުން ގެނައި ސްޕޯޓްސް ސައިކޮލޮޖިސްޓް ސާޝާ ލެންސް.

ޔުނައިޓެޑުން ގެނައި ސްޕޯޓްސް ސައިކޮލޮޖިސްޓް ސާޝާ ލެންސް.

މެންޗެސްޓާ (ޑިސެމްބަރު 8) - މެންޗެސްޓާ ޔުނައިޓެޑަށް ޖަރުމަނުގެ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ ސާޝާ ލެންސް ގެނެސްފި އެވެ.

ލެންސްގެ އިތުރުން ދެން ރަންގްނިކްގެ ކޯޗިން ޓީމާ ދެން ގުޅުނީ ނިއުޔޯކް ރެޑްބުލް އާއި ޓޮރޮންޓޯ އަށް ކޯޗުކޮށްދިން ކްރިސް އާމަސް އެވެ.

އުމުރުން 46 އަހަރުގެ ލެންސް އަކީ ކުރިން ޖަރުމަނު ދެ ވަނަ ޑިވިޝަނުގައި ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ޔުނައިޓެޑްގެ ކޯޗު ރަންގްނިކާ އެކީ ޝާލްކާ އާއި އާރްބީ ލައިޕްޒިގުގައި މަސައްކަތް ކޮށްފަ އެވެ. ޔުނައިޓެޑްގެ ކޯޗު ރަންގްނިކް ބުނީ ލެންސް ގެނައުމުގެ ފައިދާ ޔުނައިޓެޑުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"މިއީ ލޮޖިކަލީ ވިސްނިޔަސް ކުރަން ރަނގަޅު ކަމެއް. މިއީ އެ މީހުން (ސްޕޯޓްސް ސައިކޮލޮޖިސްޓުން) ރަތް ސޯފާއެއްގައި ކުޅުންތެރިން އަތުގައި ހިފައިގެން ތިބެގެން މަސައްކަތް ކުރަން ކުރާ ކަމެއް ނޫން،" ރަންގްނިކް ބުންޏެވެ.

"ގޯލްކީޕަރުންނާއި ފިޒިކަލް އެޑިއުކޭޝަން، ސްޓްރައިކަރުން، ފިޓްނަސް. މީގެ އިން ކޮންމެ ކަމަކަށް ކޯޗުން ތިބޭ ގޮތަށް ސިކުނޑިއަށް ނޫނީ ވިސްނުމުގެ ކަންކަން ރަނގަޅުކުރަން ވެސް ކޯޗެއް ހުންނަން ޖެހޭ. އެއީ ސްޕޯޓްސް ސައިކޮލޮޖިސްޓުންގެ ބޭނުމަކީ،"

ރަންގްނިކް ބުނީ ޖަރުމަނު ފުޓްބޯޅަ ކުރިއަށް ދިއުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެއް ބަޔަަކީ ސްޕޯޓްސް ސައިކޮލޮޖިސްޓުން ކަމަށެވެ. އެ ގޮތުން ރަންގްނިކް 1998 ވަނަ އަހަރު އުލްމްގެ ކޯޗަކަށް ހުރިއިރު، ސްޕޯޓްސް ސައިކޮލޮޖިސްޓެއްގެ ރޯލު އަދާކުރީ މިހާރު ޖަރުމަނު ޓީމުގައި ހުރި ހަންޒް-ޑިއެޓާ ހާމާން އެވެ.

"ފުޓްބޯޅަ އަކީ ފައިން ކުޅޭ ކުޅިވަރެއް ވިޔަސް މީގެ ހުރިހާ ނިންމުމެއް މި އަންނަނީ ވަރަށް ވިސްނުންތެރިކަމާ އެކު ސިކުނޑި މަސައްކަތް ކޮށްގެން. ޔުނައިޓެޑްގައި މިއީ ހަމައެކަނި ކުޅުންތެރިންނަށް ހަމަޖެއްސި ސްޕޯޓްސް ސައިކޮލޮޖިސްޓެއް ނޫން. ސްޓާފުން ވެސް ހިމެނޭހެން އެންމެންގެ ވިސްނުން ރަނގަޅު އެއް މިސްރާބަކަށް ބަހައްޓަން ޖެހޭ،" ރަންގްނިކް ބުންޏެވެ.

ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ރަންގްނިކް އެ މުއްދަތު ފުރިހަމަ ވުމުން ދެން ހަވާލުވާނީ އެ ކްލަބްގެ ކޮންސަލްޓަންޓެއްގެ މަގާމާ އެވެ.

ރަންގްނިކް ބުނީ ސާޝާ ގެނައީ ދުރު މުސްތަގުބަލަކަށް ވިސްނައިގެން ކަމަށާއި އޭނާ އަކީ ހަމައެކަނި ތިއަރީ ބައިގައި މަސައްކަތް ކުރުމުގެ ބަދަލުގައި ޓްރެއިނިންތަކުގައި ވެސް ހަރަކާތްތެރިވާނެ ޓީމުގެ މުހިއްމު މެމްބަރެއް ކަމަށެވެ.

ޖަރުމަނުގެ ކޯޗެއް ކަމަށްވާ ޔާގެން ކްލޮޕް، 2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވުމަށް ފަހު އެ ޓީމުގެ ކޯޗިން ސްޓާފުން ކަނޑައެޅުމުގައި ކޯޗުން ހޯދީ ސްޕޯޓްސް ސައިކޮލޮޖީ ވެސް ކިޔަވާފައިވާ ފަރާތްތަކަށް އިސްކަން ދީގެންނެވެ. ކްލޮޕް ލިވަޕޫލްގައި ހޭދަ މިވީ މުއްދަތުގައި އެ ޓީމުގެ އެޑްމިނިސްޓްރޭޝަނުގެ މަސައްކަތް ކުރާ މަގާމުތަކަށް ވެސް މީހުން ގެނައުމުގައި އިސް ރޯލެއް ކުޅުނެވެ. ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ހުރި ޖަރުމަނުގެ ތޯމަސް ޓުޗެލް ވެސް ހާއްސަ ސްޕޯޓްސް ސައިކޮލޮޖިސްޓެއް ގެންގުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox