މައުލޫމާތު ހޯދައި ލިބިގަތުމަށް އިންގިލާބެއް ގެނައުމަށް ހާއްސަ ޕޯޓަލެއް

މައުލޫމާތު ހޯދަން ހުށަހެޅުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކުރާ ޕޯޓަލް

މައުލޫމާތު ހޯދަން ހުށަހެޅުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކުރާ ޕޯޓަލް

މައުލޫމާތު ހޯދައި ލިބިގަތުމަށް އިންގިލާބީ ބަދަލެއް ގެނައުމަށްޓަކައި އޮންލައިން ޕޯޓަލެއް ތައާރަފް ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު، އަހުމަދު އާހިދު ރަޝީދު ވިދާޅުވީ އަންނަ ޖެނުވަރީގައި ތައާރަފުކުރަން މަސައްކަތްކުރަމުން އަންނަ އެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހޯދަން ދައުލަތުގެ ކޮންމެ އިދާރާ އަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ.

"މިހާރު މިދަނީ އެ ޕޯޓަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން. ފުރަތަމަ ބެލީ މި މަހު ފަހުކޮޅު ޕޯޓަލް ތައާރަފުކުރަން. ނަމަވެސް ރަނގަޅު ކޮށްލަން ހުރި ކުދި ކުދި ކަންކަން ފާހަގަވުމުން އެ މައްސަލަތައް ހައްލު ކުރަން ބޭނުންވީ،" އާހިދު ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތެއް ހޯދަން މިހާރު ހުށަހަޅަން ޖެހޭނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ތައްޔާރުކޮށްފައިވާ ފޯމުންނެެވެ. ޕޯޓަލް ތައާރަފް ކުރުމުން ފޯމް ފުރައިގެން ހުށަހެޅުމުގެ ބަދަލުގައި، ކޮންމެ އިދާރާއަކަށް ވެސް އޮންލައިންކޮށް ހުށަހެޅޭނެ އެވެ.

ޕޯޓަލްގައި ޖެހޭނީ ލޮގިންއެއް ކްރިއޭޓްކުރާށެވެ. މައުލޫމާތަށް އެދި ހުށަހަޅާ ކޮންމެ ފަހަރަކު މައުލޫމާތު ހޯދަން ހުށަހަޅާ ފަރާތުގެ ޒާތީ މައުލޫމާތުގެ ބައި އޮޓޯއިން ފުރިހަމަވާނެ އެވެ.

ފުރަތަމަ ފަހަރަށް ފަހު ދެން ކުރަންޖެހޭނެ ކަމަކީ މައުލޫމާތު ހޯދަން ބޭނުންވާ އިދާރާ ހިޔާރުކޮށް، އެ އިދާރާއަކުން ހޯދަން ބޭނުންވާ މައުލޫމާތު ލިޔެ، އެ މައުލޫމާތު ބޭނުންވާ ގޮތެއް ހިޔާލުކުރުމެވެ.

"މި ޕޯޓަލާއެކު މައުލޫމާތު ހޯދުން ވަރަށް ބޮޑަށް ފަސޭހަ ވާނެ. މި ވެގެންދާނީ، މި ދާއިރާއަށް އަންނަ އިންގިލާބީ ބަދަލަކަށް،" އާހިދު ވިދާޅުވި އެވެ.

ޕޯޓަލް މެދުވެރިކޮށް ފޮނުވާ ހުށަހެޅުންތަކުގެ ސްޓޭޓަސް ވެސް ބެލޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.

މައުލޫމާތު ހޯދުމުގެ ޕޯޓަލް ތައްޔާރުކޮށްފައި ވަނީ އެކަމަށް ހުޅުވާލައިގެން ހުށަހެޅި ދިވެހި ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި ޕޯޓަލް ތައްޔާރުކޮށްފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ބަޖެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox