ހިޔާ ފްލެޓްތަކުގެ މީހުންނަށް އަޔާދީ އިން ހާއްސަ ރައްކާތެރިކަމެއް

Dec 16, 2021, 7:02 AM
އަހަރެންގެ ހިޔާގެ މައުލޫމާތު ދިނުމަށް އެލައިޑުން ހުޅުމާލެ ފޭސް 2 ގަ ބޭއްވި ހަރަކާތް-- ފޮޓޯ އެލައިޑު

އަހަރެންގެ ހިޔާގެ މައުލޫމާތު ދިނުމަށް އެލައިޑުން ހުޅުމާލެ ފޭސް 2 ގަ ބޭއްވި ހަރަކާތް-- ފޮޓޯ އެލައިޑު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތައް ހިމެނޭ އުސް ޓަވަރު ތަކުގައި އަގުބޮޑެތި މުދަލާއި އެކު އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ މި ފުލެޓު ތަކުގައި ދިރިއުޅެން ފަށައިފަ އެވެ. އެހެންކަމުން ކުރިމަގަށް މިއެޅި ބިންގަލައް ދުރާލާ ރައްކައުތެރިވެ ކުރިމަތިވެދާނެ ހާދިސާ އަކަށް ނުވަތަ ނުރައްކަލަކުން އަރައިގަނެވޭނެ ގޮތެއް ހޯދިފައި އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

އަޔާދީ ތަކާފުލްއިން ތަޢާރަފްކޮއްފައިވާ "އަހަރެންގެ ހިޔާ" މި ޕްލޭން އަކީ ހިޔާ ފްލެޓްތަކަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ނުހަނު އަގުހުރި، އަދި ފަސޭހަ އިން ނެގޭނެ ރައްކާތެރިކަމުގެ ތަކާފުލް ޕްލޭން އެކެވެ. އެގޮތުން މި ޕްލޭންގެ ދަަށުން ފްލެޓްތަކަށް ބަދަލުވާ ފަރާތްތަކުން، ބޮޑު ހޭދައެއް ކުރައްވައިގެން ގެއަށް ހޯއްދަވާ ފަރުނީޗަރާއި ބަދިގޭ ކަރަންޓް ސާމާނު އަދި އެހެނިހެން އަގުހުރި މުދާ ވަރަށް ކުޑަ ހޭދައެއް ކުރައްވައިގެން ރައްކާތެރިކަން ހޯދިދާނެ އެވެ. މި ޕްލޭނުގައި ތިން ޕެކޭޖެއް ހިމެނެ އެވެ.

އަހަރެންގެ ހިޔާގެ ތިން ޕެކޭޖު:

• ބޭސިކް: އަހަރަކަށް 200ރ. އިން 150،000ރ. ގެ ރައްކާތެރިކަން

• އެކްސެލް: އަހަރަކަށް 300ރ. އިން 250،000ރ. ގެ ރައްކާތެރިކަން

• ޕްރިމިއަމް: އަހަރަކަށް 400ރ. އިން 350،000ރ. ގެ ރައްކާތެރިކަން

ބަދަލު ލިބޭނީ ކޮންކަހަލަ ގެއްލުމަކަށްކަން

1. އަލިފާން ރޯވެގެން، ގޮވައިގެން، ހޮނުއެޅައިގެން ނުވަތަ ބިންހެލުމުން ލިބޭ ގެއްލުން

2. ދުމުގެ އަސަރުކޮށްގެން ލިބޭ ގެއްލުން

3. ތޫފާން އަދި ފެންބޮޑުވެގެން ލިބޭ ގެއްލުން

4. ފެން ހޮޅިއެއް ފަޅައިގެން ގޮސްގެން ނުވަތަ އެއްޗަކުން ފެން ލީކުވެގެން ލިބޭ ގެއްލުން

5. ވައްކަމުން ލިބޭ ގެއްލުން

6. ގަސްދުގައި މީހަކު ދޭ ގެއްލުން

މިސާލެއްގެ ގޮތުން ބޭސިކް ޕެކޭޖު ނަންގަވާ ކަމުގައިވާނަމަ އަހަރަކަށް ދައްކަން ޖެހެނީ އެންމެ 200ރ. އެވެ. އެއް އަހަރު ދުވަހުގެ މިޕްލޭންގެ މުއްދަތުގެ ތެރޭގައި، މަތީގައި ފާހަގަ ކުރެވިފައިވާ ކަންކަމުން ކުރެ ކަމަކާއި ގުޅިގެން މިސާލަކަށް އޭ.ސީ.ތައް ހަލާކު ވެއްޖެ ނަމަ، 18،000ރ. އާއި ހަމައަށް އަދި ދޮންނަ މެޝިނެއް ނަމަ 8،000ރ. އާއި ހަމައަށް ގެއްލުމުގެ ބަދަލު ލިބިގެންދާނެ އެވެ.

"އަހަރެންގެ ހިޔާ" މިޕްލޭންގައި ބައިވެރިވެވޭނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހިޔާ ފްލެޓެއްގައި ދާއިމީކޮށް ދިރިއުޅޭ ކޮންމެ ފަރާތަކަށެވެ. މިގޮތުން މިޕްލޭންގައި ބައިވެރިވުމަށް އަޔާދީގެ އޮންލައިން ޕޯޓަލް ހިޔާރުކުރައްވާ!

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox