އަބްދުއްރަހީމްގެ ރައްދު: ޔާމީން ފިލައިގެން ބޭރަށް ވަޑައިނުގަންނަވާނެ، ނެރުނީ ބޭކާރު އަމުރެއް!

އަބްދުއްރަހީމްގެ ރައްދު: ޔާމީން ފިލައިގެން ބޭރަށް ވަޑައިނުގަންނަވާނެ، ނެރުނީ ބޭކާރު އަމުރެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމު ރާއްޖޭން ބޭރަށް ފުރުން މަނާކޮށް ނެރުނު އަމުރަކީ ބޭކާރު އަމުރެއް ކަމަށާއި އެ މަނިކުފާނު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އަދި ފިއްލަވާކަށް ވެސް ނޫޅުއްވާ ކަމަށް، މިރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިޔަށްގެންދާ ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖަލު ހުކުމުން މިނިވަންވުމާއެކު ވަގުތުން ޔާމީން ފުރުން މަނާކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރަކީ "ތާކުންތާކު ނުޖެހޭ ބޭކާރު އަމުރެއް" ކަމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖެ ދޫކޮށް އެ މަނިކުފާނު ވަޑައިނުގަންނަވާނެކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޖަލު ހުކުމް ތަންފީޒުކުރަން މާފުށީ ޖަލުގައި ޔާމީން ހުންނެވި ދުވަސްވަރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ވަޑައިގެން ބައްދަލުކުރެއްވި ކަމަށާއި، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށް ދެންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ފުރުސަތުގެ ބޭނުން ވެސް އެ މަނިކުފާނު ނުކުރެއްވި ކަމަށް ވިދާޅުވި އެވެ.

އަބަދުވެސް ޔާމީން ވިދާޅުވަމުން ގެންދެވީ މައުސޫމުކަން ހާމަކުރައްވާނެ ކަމަށާއި، ވޭތުވެދިޔަ ދެ އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ހުކުމުގައި ހުންނަވައި ވެވަޑައިގެންނެވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި، އެ އަގު އަދާކުރާނީ 2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓުން ކަމަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ރާއްޖޭން ބޭރަށް ފުރުން މަނާކުރުމުގެ އަމުރު އަންގާރަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނީ ޝަރީއަތުގައި ހުރި މައްސަލަތަކާ ގުޅިގެން ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުމާ ގުޅިގެންނެވެ. ފުރުން މަނާކުރުމުގެ އަމުރު ކޯޓުން ނެރެދީފައި ވަނީ ހަތް ދުވަހަށެވެ.

އެ އަމުރު ހޯދަން ފުލުހުން ހުށަހެޅީ، ކުރިމިނަލް ކޯޓުގައި މިހާރު އޮތީ ޔާމީންގެ ދެ މައްސަލައާ ގުޅިގެންނެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލާގައި އުފުލާފައިވާ މަނީލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގެ މައްސަލައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox