ކޮކާ-ކޯލާ ޒީރޯ ޝުގާގެ ހިތްގައިމުކަން އެންމެންނާ ހިއްސާކޮށްލުމަށް އާ 1.25 ލީޓަރުގެ ފުޅި

ކޮކާ-ކޯލާ ޒީރޯ ޝުގާގެ ހިތްގައިމުކަން އެންމެންނާ ހިއްސާކޮށްލުމަށް އާ 1.25 ލީޓަރުގެ ފުޅި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކޯކާ-ކޯލާގެ މަގުބޫލު ރަހައަށް ލޯބިކުރާ ފަރާތްތަކަށް ކޮކާ-ކޯލާގެ މީރު ރަހަ އިތުރަށް ފޯރުކޮށްދިނުމަށްޓަކައި ކޮކާ-ކޯލާ ޒީރޯ ޝުގާގެ ކުރިއަށް ވުރެ ބޮޑު ސައިޒެއްގެ ފުޅިއެއް ބާޒާރެއް ނެރެފި އެވެ.

ކޮކާ-ކޯލާ ޒީރޯ ޝުގާ 2015 ގައި ރާއްޖެ އަށް ތައާރަފްކުރި ފަހުން މިދިޔަ އަހަރުތަކުގައި ކޮކާ-ކޯލާ ޒީރޯ ޝުގާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކޮކާ-ކޯލާއަށް ހިތްޖެހިފައިވާ ފަރާތްތަކުގެ ކަރުހިއްކުން، އެއްވެސް މިންވަރެއްގެ ކެލޮރީއަކާ އަދި ހަކުރާ ނުލާ ފިލުވާލާދޭ ބައިވެރިއަކަށް ވެފަ އެވެ.

މި މަހުގެ 24 އިން ފެށިގެން ކޮކާ-ކޯލާ ޒީރޯ ޝުގާގެ 1.25 ލީޓަރުގެ ފުޅި ލިބެން ހުންނާނެ އެވެ.

މިހާތަނަށް ކޮކާ-ކޯލާ ޒީރޯ ޝުގާ ރާއްޖޭގެ ބާޒާރުގައި ވިއްކަމުން އައިސްފައިވަނީ 250އެމްއެލް އަދި 300އެމްއެލްގެ ޕެޓް ފުޅީގަ އެވެ. އަލަށް ތައާރަފްކުރި 1.25 ލީޓަރުގެ ސައިޒާ އެކު، ބޮޑެތި ޕެޓް ފުޅީގައި ކޮކާ-ކޯލާ ޒީރޯ ޝުގާ ފުރަތަމަ ފަހަރަށް ރާއްޖޭގެ ބާޒާރަށް މިވަނީ ނެރެފަ އެވެ.

ކޮކާ-ކޯލާ ޒީރޯ ޝުގާގެ މި ބޮޑެތި ސައިޒުގެ ފުޅި މާލެ އާއި އަތޮޅުތަކުގެ ފިހާރަތަކުންނާއި ސުޕަމާކެޓުތަކުން ލިބެން ހުންނާނެ އެވެ.

"މީގެ ހަ އަހަރު ކުރިން ކޮކާ-ކޯލާ ޒީރޯ ޝުގާ ރާއްޖޭގެ ބާޒާރަށް ނެރުނީ، އެއްވެސް މިންވަރެއްގެ ކެލޮރީ އާއި ހަކުރާ ނުލާ ކޮކާ-ކޯލާގެ މީރު ރަހަ ރާއްޖޭގައި ތިބި ކޮކާ-ކޯލާއަށް ލޯބިކުރާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް. ދިވެހިން ވަނީ މި ބްރޭންޑް ބަލައިގަނެފައި. ނަމަވެސް، އަޅުގަނޑުމެން ގަސްދުކުރީ، މި ބްރޭންޑް މިހާރަށް ވުރެ ވެސް ރާއްޖޭގައި ފުޅާކޮށް، ކޮކާ-ކޯލާއަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި އެންމެ މަގުބޫލު ޒީރޯ ކެލޮރީ، ޒީރޯ ޝުގަ ބުއިމުގެ ހިތްގައިމުކަން އާއިލާ އާއި ރަށްޓެހިންނާ ހިއްސާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް،" ކޮކާ-ކޯލާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހަ ވިދާޅުވި އެވެ.

"ކޮކާ-ކޯލާގެ ކްލެސިކް ވައްތަރު ގޮތަށް، ކޮކާ-ކޯލާ ޒީރޯ ޝުގާ ވެސް ވަނީ ރާއްޖޭގައި އެންމެ މަގުބޫލު އަދި އެންމެ އިތުބާރު ކުރެވޭ އެއް ބުއިމަށް ވެފައި. އަލަށް ތައާރަފްކުރި 1.25 ލީޓަރުގެ ފުޅިއާ އެކު އަޅުގަނޑުމެން މިހާރު ގެންގުޅޭ އުފެއްދުންތަކުގެ ލިސްޓު ފުޅާވެ، ޒުވާނުން އެ މީހުންގެ ހާއްސަ މުނާސަބަތުތަކާއި ވަގުތުތަކުގެ އުފަލާއި މަޖާ ކޮކާ-ކޯލާ ޒީރޯ ޝުގާގެ ހިތްގައިމު ރަހައާ އެކު ފާހަގަކޮށްލުމަށް އެހީއަކަށް ވެގެންދާނެ،" މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

ކޮކާ-ކޯލާ ޒީރޯ ޝުގާގެ ބޮޑެތި ފުޅި ރާއްޖެއަށް ތައާރަފްކުރުން ފާހަގަކުރުމަށް، ކަނޑައެޅިފައިވާ ބައެއް ފިހާރަތަކުން ގަންނަ ކޮކާ-ކޯލާ ޒީރޯ ޝުގާގެ 1.25 ލީޓަރުގެ ކޮންމެ ފުޅިއަކާ އެކު ކޯކު ކޮންޓޯ ތައްޓެއް ލިބޭނެ އެވެ. މިއީ ވަކި މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާ-ކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 135 އަހަރު ވަނީ ވެފަ އެވެ.

ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ-ކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox