އެމެރިކާ އާއި ތާލިބާނުންގެ މަޝްވަރާގައި ބިލިއަން ޑޮލަރުގެ ވާހަކަ

ތާލިބާން ހަނގުރާމަވެރިންތަކެއް. -- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިންތަކެއް. -- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ޑިސެމްބަރު 1) - އެމެރިކާ އިން ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ މަލްޓި ބިލިއަން ޑޮލަރުގެ ފަންޑު ދޫކުރަން ތާލިބާނުން ގޮވާލައިފި އެވެ.

ފާއިތުވި ދެ ދުވަހު އެމެރިކާ އާއި ތާލިބާނާ ދެމެދު ދޯހާގައި ބޭއްވި މަޝްވަރާގައި އެންމެ ބޮޑުކޮށް ދެކެވުނު އެއް ވާހަކައަކީ ހިފަހައްޓާފައިވާ ފައިސާގެ ވާހަކަ އެވެ.

ބޭރުގެ ފައިސާގެ އެހީ އަށް ބަރޯސާވެފައިވާ އަފްގާނިސްތާނުގެ އިގްތިސާދު މި ވަގުތު ހުއްޓިފައި އޮތީ އެމެރިކާ އިން ފަންޑު ހިފަހައްޓައިގެން އުޅޭތީ އެވެ.

ފައިސާގެ ވާހަކަ އަށް ފަހު ތާލިބާނުން ދެން އެންމެ ބޮޑު އިސްކަމެއް ދިނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ބްލެކްލިސްޓުތައް އުވާލުމަށް އެމެރިކާ އަށް ބާރު އެޅުމަށެވެ.

ތާލިބާނުންގެ ފަރާތުން މަޝްވަރާގައި އިސްކޮށް ބައިވެރިވީ ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ އެވެ. އެމެރިކާގެ ފަރާތުން ބައިވެރިވީ އަފްގާނިސްތާނަށް ހާއްސަ މަންދޫބު ޓޮމް ވެސްޓް އެވެ.

މިއީ 20 އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން ތާލިބާނާއި އެމެރިކާއާ ދެމެދު ދޯހާގައި ބޭއްވި މަޝްވަރާގެ ދެ ވަނަ ބުރެވެ.

"ދެ ވަފުދުން މަޝްވަރާ ކުރީ ސިޔާސީ، އިގްތިސާދީ، އިންސާނީ، ސިއްހީ، ތައުލީމީ އަދި ސަލާމަތާ ގުޅޭ މައްސަލަތަކުގައި. އޭގެ އިތުރުން ބޭންކިން އަދި ފައިސާގެ ފެސިލިޓީތައް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާތައް ވެސް ކުރެވުނު،" އަފްގާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ގަހާރް ބަލްކީ ބުންޏެވެ.

"އަފްގާން ވަފުދުން ވާނީ އެމެރިކާ އަށް ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދީފައި. އަދި ހިފަހައްޓާފައިވާ އަފްގާނިސްތާނުގެ ފައިސާ އެއްވެސް ޝަރުތެއް ނެތި ދޫކުރުމަށާއި، ބްލެކްލިސްޓު ކުރުމާއި ދަތިކުރުމުގެ ފިޔަވަޅު އެޅުން ހުއްޓާލުމާއި، އިންސާނީ މައްސަލަތަކާއި ސިޔާސީ މައްސަލަތައް ވަކިކުރަން އެމެރިކާ އަށް ގޮވާލި."

އެމެރިކާ އިން ހިފަހައްޓާފައި ވަނީ އަފްގާން މަރުކަޒީ ބޭންކުގެ 9.5 ބިލިއަން ޑޮލަރެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް ވަނީ އަފްގާނިސްތާނުގައި ހިންގާ ހަރަކާތްތައް މެދުކަނޑާލުމަށް ފަހު، ފައިސާގެ އެހީތައް ހިފަހައްޓާފަ އެވެ.

އަފްގާނިސްތާނުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައި އޮތް އިރު، ސިވިލް ސާވަންޓުންނަށް މުސާރަ ނުދެވޭތީ އެތައް މަހެއް ވެއްޖެ އެވެ. ގައުމަށް ބޭނުންވާ މުދާ އިމްޕޯޓް ކުރާނެ ފައިސާއެއް ވެސް ނެތެވެ. އދ. އިން އިންޒާރުދޭ ގޮތުގައި ފިނި މޫސުމުގެ ތެރޭގައި 22 މިލިއަން މީހުންނަށް ބަނޑުހައި ހޫނުކަން ދިމާވާނެ އެވެ. އެއީ އަފްގާން އާބާދީގެ ދެބައި ކޮށްފައި އެއް ބަޔެވެ.

ތާލިބާން ސަރުކާރުގެ ބޮޑު ވަޒީރު މުއްލާ މުހައްމަދު ހަސަން އަހުންދް އަކީ އެމެރިކާ އިން ބްލެކްލިސްޓުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެކަކެވެ. ފައިސާ ހިފަހައްޓާފައި އޮތް އޮތުން ދިފާއު ކުރުމަށް ފަހު އެމެރިކާ އިން ބުނީ އާދައިގެ އަފްގާން ރައްޔިތުންނަށް އެހީވާން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

"އެމެރިކާގެ ފިޔަވަޅުތަކާ ހެދި އަފްގާން ރައްޔިތުންނަށް ލިބެން ޖެހޭ އިންސާނީ އެހީ އަށް ހުރަސް ނޭޅޭނެކަން ކަށަވަރު ކުރަން މި ދަނީ މަސައްކަތް ކުރަމުން،" ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

"ޑިޕާޓްމަންޓް އޮފް ޓްރެޝަރީ އިން ވާނީ އަފްގާން ރައްޔިތުންނަށް މެދުނުކެނޑި އިންސާނީ އެހީ ފޯރުކޮށްދޭން ހާއްސަ ލައިސެންސްތަކެއް އެކި ޖަމިއްޔާތަކެއް ދޫކޮށްފައި."

އޭގެ އިތުރުން އެމެރިކާ އިން ވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމު އުނގެނުމުގެ ހައްގު ދިނުމަށް ގޮވާލައި، "އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާ އަމަލުތަކުގެ ތުހުމަތުތަކާ" ގުޅޭ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަފްގާން ފަސްގަނޑުގައި ޓެރަރިސްޓުން އޮޕަރޭޓް ކުރުމުގެ ފުރުސަތު ނުދިނުމަށް ތާލިބާނުން ވެފައިވާ ވައުދާއި، އެމެރިކާ ރައްޔިތުން ރައްކާތެރިކަމާ އެކު އަފްގާނިސްތާން ދޫކޮށް ދާން ފުރުސަތު ދޭނެ ކަމަށް ވެފައިވާ ވައުދުގެ ވާހަކަ ވެސް މަޝްވަރާގައި އެމެރިކާ އިން ދެއްކި އެވެ.

މާކް ފްރެރިކްސް. އޭނާ ރަހީނުކުރި ކަމަށް ތުހުމަތު ކުރެވެނީ ތާލިބާނުންގެ ތެރޭގައި ހިމެނޭ ހައްގާނީ ނެޓްވޯކުން.
މާކް ފްރެރިކްސް. އޭނާ ރަހީނުކުރި ކަމަށް ތުހުމަތު ކުރެވެނީ ތާލިބާނުންގެ ތެރޭގައި ހިމެނޭ ހައްގާނީ ނެޓްވޯކުން.

މާކް ފްރެރިކްސް. އޭނާ ރަހީނުކުރި ކަމަށް ތުހުމަތު ކުރެވެނީ ތާލިބާނުންގެ ތެރޭގައި ހިމެނޭ ހައްގާނީ ނެޓްވޯކުން.

އޭގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަފްގާނިސްތާނުގައި ރަހީނުކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ މާކް ފްރެރިޗްސް ދޫކޮށްލަން އެމެރިކާ އިން ގޮވާލި އެވެ.

ތާލިބާނުން ބުނީ މަޝްވަރާތައް "ޕޮޒިޓިވް" ކަމަށާއި ފޮރިން މިނިސްޓަރު މުއްތަގީ ވަނީ ޖަޕާނާއި ޖަރުމަނުވިލާތުގެ ސަފީރުންނާ ވެސް ދޯހާގައި ބައްދަލުކޮށްފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox