އެތުލީޓުންނަށް ބާރު ލިބޭ ކޮމިޝަން ރަސްމީކޮށް ހިންގަން ފަށަނީ

އެތުލީޓްސް ކޮމިޝަނާ ބެހޭގޮތުން މައުލޫމާތު ދޭން ބޭއްވި ސެޝަންގެ ތެެރެއިން ސާއިދު ވާހަކަ ދައްކަނީ.

އެތުލީޓްސް ކޮމިޝަނާ ބެހޭގޮތުން މައުލޫމާތު ދޭން ބޭއްވި ސެޝަންގެ ތެެރެއިން ސާއިދު ވާހަކަ ދައްކަނީ.

އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް އެކުލަވާލާފައިވާ އެތުލީޓްސް ކޮމިޝަންގެ ކަންކަން ރަސްމީކޮށް ހިންގަން ފެށުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މަސައްކަތް ފަށައިފި އެވެ.

އެތުލީޓްސް ކޮމިޝަނަކީ 2009 ވަަނަ އަހަރު އޮލިމްޕިކް ކޮމިޓީ އަށް މެމްބަރުން އިންތިހާބުކުރަން ފެށުނު އިރުން ފެށިގެން ހިމެނޭ ބައެކެވެ. އެކަމަކު، މީގެ ކުރިން އެ ކޮމިޝަންގެ އެކްޓިވް ބައެއްގެ ގޮތުގައި ފާހަގަވެފައި ނެތެވެ. އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީ މަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އައިމިނަތު ސަޖަން އެވެ.

މިދިޔަ ޖޫން މަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެތުލީޓްސް ކޮމިޝަންގެ އިސް މަގާމަށް ވާދަކުރީ ސަޖަން އާއި ސާއިދު އެވެ.

އެތުލީޓްސް ކޮމިޝަނެއް އަދި ފުޅާކޮށް ހިނގަންފަށާފައި ނުވާތީ ޖޫން މަހު ބޭއްވި އިންތިހާބުގައި އެތުލީޓުންގެ ތެރެއިން ވޯޓު ލީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓުންގެ ތެރެއިން 11 އެތުލީޓުންނެވެ. އެ އެތުލީޓުންގެ ތެރެއިން އެމްއޯސީ އިންތިހާބުގައި ކުރިއަށްދިޔަ ވޯޓުން ސަަޖަން އަށް ދެ ވޯޓު ލިބުނުއިރު، ސާއިދަށް ވަނީ ހަ ވޯޓު ލިބިފަ އެވެ.

އޮލިމްޕިކް ކޮމިޓީން އޭރު ބުނީ އެތުލީޓްސް ކޮމިޝަނުގެ މަސައްކަތް ވަރަށް އަަވަހަށް އޮންނަ އުސޫލުތަކުގެ ތެރެއިން ހިންގަން ފަށާނެ ކަމަށެވެ.

އެ ގޮތުން މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭގެ އެތުލީޓުންނަށް އެތުލީޓްސް ކޮމިޝަންގެ މައުލޫމާތު ފޯރުކޮށްދީފަ އެވެ. މައުލޫމާތު ފޯރުކޮށްދިނުމުގައި ބައިވެރިވީ ސާއިދާއި ސަޖަންގެ އިތުރުން މި އަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި މުބާލް އައްޒާމް އެވެ. މުބާލް އާއި ސަޖަން ބައިވެރިވީ އޮންލައިންކޮށެވެ. ސާއިދު ވަނީ މި އިވެންޓަށް ހާޒިރުވެފަ އެވެ.

އެތުލީޓްސް ކޮމިޝަން އެެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުން ނޫނީ ކުޅުންތެރިންނަށެވެ. އެތުލީޓްސް ކޮމިޝަންގެ ދައުރެއްގެ މުއްދަތަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތަމޫހު އަހުމަދު ސައީދު (ތަމޫ)، "އަދަދު" އަށް ވިދާޅުވީ އެތުލީޓްސް ކޮމިޝަން ރަސްމީކޮށް ފަށައިގަތުމުގެ މަސައްކަތުގެ ތެރެއިން ސެޝަނެއް ބޭއްވުމުގެ އިތުރުން އޮލިމްޕިކް ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކަށް 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންގެ ލިސްޓެއް ފޮނުވަން އެދިފައިވާނެ ކަމަށެވެ.

"އެކަމަކު، ބައެއް ބޮޑެތި އެސޯސިއޭޝަންތަކުން ވެސް އެކަށީގެންވާ ތަރުހީބެއް ނުލިބި މި ދަނީ. އެހެންވެ، އަޅުގަނޑުމެން މިހާރު ވާނީ އޯޕަން ކޮށްލާފައި، ވަކިވަކި އެތުލީޓުންނަށް ވެސް މީގެ ފޯމު ހުށަހަޅައިގެން ކުރިއަށް ދެވޭނެ ގޮތްތައް،" ތަމޫ ވިދާޅުވި އެވެ.

"މާނަ އަކީ އޮލިމްޕިކް ކުޅިވަރުތަކުގެ އެތުލީޓުންނަށް އެބައޮތް އަމިއްލަ އަށް ވެސް މިކަމުގައި ބައިވެރިވުމުގެ ފުރުސަތު. ދެން އެސޯސިއޭޝަނުން ހުށަހަޅާ ލިސްޓެއްގައި އެ އެތުލީޓަކު ނެތިއްޖެ ހާލަތެއްގައި އަމިއްލަ އަށް ވެސް ސާބިތުކޮށްދެވޭނެ ގޮތްތަކެއް މި ހުރީ ފަހިވެފައި،"

މި ގޮތުން އެތުލީޓްސް ކޮމިޝަންގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ. މަގާމުތަކަށް ކުރިމަތިލާ އެތުލީޓުންގެ ނަންތައް އަންނަ އާދިއްތަ ދުވަހު އޮލިމްޕިކް ކޮމިޓީން އިއުލާނުކުރާނެ އެވެ. އެތުލީޓްސް ކޮމިޝަންގައި ވޯޓުލާން ބޭނުންވާ އެތުލީޓުންނަށް ފޯމު ހުށަހަޅައި ކަންކަން ފުރިހަމަކުރަން ދީފައިވާ މުއްދަތަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ވޯޓުގައި ބައިވެރިވާނެ އެތުލީޓުންގެ ނަންތައް އޮލިމްޕިކް ކޮމިޓީން އިއުލާނުކުރާނީ މި މަހު 12 ވަަނަ ދުވަހު އެވެ.

މި މަހު 23 ވަނަ ދުވަހު ބާއްވާ އެތުލީޓްސް ކޮމިޝަންގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކުރުމަށް ފަހު ވޯޓުލާން ނާދެވޭ އެތުލީޓުންގެ ބަދަލުގައި ޕްރޮކްސީން ހަމަޖައްސަން ދީފައިވާ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox