ސާއިދުގެ ރަން ކާމިޔާބީގެ ދަތުރު ދިގު، ފަސޭހަ ކަމެއް ނޫން

Feb 19, 2026, 6:10 AM
ސާއިދުގެ ރަން ކާމިޔާބީގެ ދަތުރު ދިގު، ފަސޭހަ ކަމެއް ނޫން

ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު ހަސަން ސާއިދުގެ ކެރިއަރުގައި މި ފަހަރުގެ މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕާ އެކު ވެސް ވަނީ ރަން ކާމިޔާބީއެއް އިތުރުވެފަ އެވެ. އޭނާ ވަނީ 100 މީޓަރާއި 200 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އަދި، ހަތަރެއް ގުނަ ސަތޭކަ އަދި ހަތަރެއް ގުނަ ހަތަރު ސަތޭކަ މީޓަރު ރިލޭ އިވެންޓްތަކުން ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ކްލަބްގެ ރިލޭ ޓީމުގައި ވެސް ސާއިދު ހިމެެނެ އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ސާއިދު، 33، އަށް ލިބުނީ، އެންމެ ރަނގަޅު ދެ އިވެންޓްގެ ނަތީޖާ އަށް ބަލައިގެންނެވެ. އެ ގޮތުން، 230 އަށް ވުރެން ގިނަ އެތުލީޓުން ވާދަކުރި މި ފަަހަރުގެ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އޯޕަން ކެޓަގަރީގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް ސާއިދު ހޮވުނީ، 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދިއިރު، މީގެ ތެރެއިން 200 މީޓަރު ދުވުމުގައި މީޓް ރެކޯޑެއް ހަދާފައިވާތީ އެވެ.

އެ ގޮތުން، ކުޅިވަރު އެކުވެނީ ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތުގެ 200 މީޓަރު އިވެންޓުގެ ރަން މެޑަލް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު އަށް ލިބިފައިވަނީ 21.48 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އާދަމް ރިއްފަތު ރޭސް ނިންމީ، 21.86 ސިކުންތުންނެވެ. އަދި، ތިން ވަނަ އަށް ދިޔަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ހުސެއިން ޒީކް ސުއާދު ރޭސް ނިންމީ، 22.25 ސިކުންތުންނެވެ. ސާއިދު، 100 މީޓަރު ރޭސް ކާމިޔާބުކުރީ، 10.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ރައުހަތު ސްޕޯޓްސްގެ އަހުނަފް ރައްޔާން ފަހުމީގެ ޓައިމިން އަކީ 11.20 ސިކުންތެވެ. އަދި، ތިން ވަނަ އަށް ދިޔަ ޝަރީފް ސްޕޯޓްސްގެ ސިޒާން އަލީ ރިޒާ ވަނީ 11.42 ސިކުންތުން ރޭސް ނިންމައިފަ އެވެ.

"މި ސީޒަނުގައި ކުރީކޮޅު ވީމަ ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ، 200 މީޓަރު މީޓު ރެކޯޑެއް ހެދިފައި، 100 މީޓަރު ވެސް ޓައިމް އުންމީދުކުރި ވަރަށް ވުރެން ރަނގަޅަށް ދިޔައީ،" ސާއިދު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރު ރޭސް ނިންމުމަށް ފަހު ސާއިދު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ

ފަނަރަ އަހަރަށް ވުރެން ދިގު މުއްދަތެއްގައި ރާއްޖޭގެ އެތުލެޓިކްސްގެ މަތީ ފަންތީގައި ވާދަކުރަމުން އަންނަ ސާއިދު ބުނީ، މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވެސް ޖޫނިއާ އެތުލީޓުންތަކެއް ފެނިގެންދިޔަ ކަމަށެވެ.

"ޖޫނިއާ އެތުލީޓުންތަކެއް ވަރަށް ރަނގަޅަށް އަރައިގެންދޭ. 200 މީޓަރު ގައި ވަރަށް ޗެލެންޖުކޮށް ދިޔައީ، ރިއްފަތު ވެސް ހަމަ ޕީބީ އެއް (ޕާސަނަލް ބެސްޓެއް) ހަދައިގެން ދިޔައީ. ޖުމްލަކޮށް ނަތީޖާތައް ވަރަށް ރަނގަޅަށް ދިޔައީ،" ސާއިދު ބުންޏެވެ.

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސާއިދު ބުނެފައިވަނީ، އެތުލީޓެއްގެ ގޮތުގައި ދެމިހުރެ ވާދަވެރިކަމާއެކު ދިގު ކެރިއަރެއްގައި ވާދަކޮށް ކާމިޔާބު ހޯދުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ. އަދި، އަމިއްލަ ނަފްސަށް ޗެލެންޖުކޮށް ވާދަވެރި އެތުލީޓެއްގެ ގޮތުގަައި ކާމިޔާބު ހޯދުމުގައި ދެމިހުރެ، އަމިއްލަ ކާމިޔާބީގެ ހަރުފަތް މައްޗަށް ގެންދިއުމުގެ އަމާޒުގައި ކުރިއަށްދެވޭތީ އެއީ ވެސް ހިތްހަަމަޖެހުމެއް ކަމަށެވެ.

"މިއީ، ހަމައެކަނި ވާދަވެރި އެތުލީޓަކަށް ވުމުގެ އިތުރުން ރަނގަޅު ސްޕޯޓްސްމަނަކަށް ވުމަށް ވެސް ކުރެވޭ މަސައްކަތެއް،" ސާއިދު ލިޔެފައިވެ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސާއިދު ހިމެނޭ ސިފައިންގެ ކްލަބުން ވަނީ މޮޅު ކްލަބަކަށް ހޮވިފަ އެެވެ. މިއީ، އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ސިފައިންގެ ކްލަބަށް މޮޅު ކްލަބްގެ ގޮތުގައި ލިބުނު ހަ ވަނަ ކާމިޔާބެވެ.

"ސިފައިންގެ ޓީމުގައި ވެސް ވަރަށް ބައިވަރު ޖޫނިއާ އެތުލީޓުންތަކެއް އަރައިގެން އެބަދޭ، ނިއުކަމާސް ހަމަ ވަރަށް ބައިވަރު އެބައުޅޭ. ކުރިއަށް ހުރި މުބާރާތްތަކުގައި މި މީހުންގެ ޕާފޯމަންސްތައް ފެނިގެންދާނެ،" ސިފައިންގެ ކްލަބްގެ ކުރިމަގާ ބެހޭގޮތުން ސާއިދު ބުންޏެވެ.

ދާދި ފަހުން ބޭއްވި، 2024 ވަނަ އަހަރުގެ ކާމިޔާބީތަކަށް ބަލައި ދިން، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު އެތުލެޓިކްސްގެ ފިރިހެން އެތުލީޓަކީ ވެސް ސާއިދު އެވެ. މި އެވޯޑް ދިން ހަތަރު ފަހަރު ވެސް އެ މަގާމު ލިބުނީ ސާއިދު އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox