ވޯކްޕާމިޓް ލަސްވާތީ އާސެނަލް މެޗުގައި ޔުނައިޓެޑް ކޯޗަކަށް ރަންގްނިކް ނުހުންނާނެ

Nov 30, 2021, 2:29 PM
ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ރަންގްނިކް.

ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ރަންގްނިކް.

މެންޗެސްޓާ (ނޮވެމްބަރު 30) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް، ބުރާސްފަތި ދުވަހުގެރޭ އާސެނަލާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ނުދޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ރަންގްނިކް، ޔުނައިޓެޑާ ހަވާލުވި ކަމަށް އިއްޔެ އެ ކްލަބުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެއާ އެކު ރަންގްނިކް ޔުނައިޓެޑަށް ކޯޗުކޮށްދޭ ފުރަތަމަ މެޗަކީ ބުރާސްފަތި ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އާސެނަލާ ކުޅޭ މެޗު ކަމަށް ބެލެވުނެވެ. އެކަމަކު، ޔުނައިޓެޑުން މިއަދު ބުނީ އާސެނަލް މެޗުގެ ތައްޔާރީތަކުގައި ބައިވެރިވެވޭހާ ތަނަށް ރަންގްނިކްގެ ވޯކްޕާމިޓްގެ ކަންކަން އެއްކޮށް ހަމަނުޖެހޭ ކަމަށެވެ.

އިނގިރޭސި މީޑިއާ އަށް ޔުނައިޓެޑްގެ އޮފިޝަަލަކު ދިން އިންޓަވިއުއެއްގައި ބުނީ ރަންގްނިކް މިއަދުގެ ވަގުތެއްގައި އިންގްލެންޑަށް އައިސް ރަސްމީކޮށް ވޯކްޕާމިޓްގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުރިހާ ކަމެއް ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ހުރިހާ ކަމެއް ނިމޭނެ ކަމަށާއި އެއާ އެކު އަންނަ އާދިއްތަ ދުވަހު އިިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ކްރިސްޓަލް ޕެލަސްއާ ކުޅޭ މެޗުގައި ރަންގްނިކް އަށް ޓީމަށް އިރުޝާދުދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އާސެނަލް މެޗުގައި ވެސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް އިރުޝާދުދޭނީ ކެރިކް.-- ފޮޓޯ: އޭއެފްޕީ

ކުރިން ޝާލްކާ އާއި އާރްބީ ލައިޕްޒިގު އަދި ހޮފެންހައިމަށް ކޯޗުކޮށްދިން ރަންގްނިކް ޔުނައިޓެޑް ކޯޗަކަށް ގެނައީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލްގެ މަގާމުގަ އެވެ. ޔުނައިޓެޑަށް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ރަންގްނިކް ކޯޗުކޮށްދޭނެ އެވެ. އޭގެ ފަހުން އޭނާ ދެ އަހަރުގެ މުއްދަތަކަށް ޔުނައިޓެޑްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ. އެ މުއްދަތުގައި ޔުނައިޓެޑަށް އާ ކޯޗެއް ގެނައުމާއި ކުޅުންތެރިން ރެކްރޫޓް ކުރުމުގެ މަޝްވަރާތަކުގައި ރަންްގްނިކް ބައިވެރިވާނެ އެވެ.

އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ޔުނައިޓެޑްގެ ކޯޗަކަށް ހުންނާނީ އެންމެ ފަހުން ދެ މެޗުގައި އެ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ނެގި މައިކަލް ކެރިކް އެވެ.

ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް އެންމެ ފަހުން މަސައްކަތް ކުރި އޮލެ ގުނަ ސޯލްޝެއާގެ އެސިސްޓަންޓް ކޮޗަކަށް ހުރި ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. އަދި ޕްރިމިއާ ލީގުގައި ވަނީ ޗެލްސީއާ 1-1 އިން އެއްވަރުވެފަ އެވެ. މިހާރު އޮތްގޮތުން އާސެނަލް މެޗަކީ ޔުނައިޓެޑް ދަނޑުގައި ކެރިކް ހެޑް ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ އަދި ފަހު މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox