ތުރުކީން ބޭނުން ވަނީ އިޒްރޭލާއި މިސްރާ އެކު އޮތް ގުޅުން ރަނގަޅު ކުރަން

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އޭއެފްޕީ

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އޭއެފްޕީ

އަންކާރާ، ތުރުކީ (ނޮވެމްބަރު 29) - އިޒްރޭލާއި މިސްރާ އެކު އޮތް ގުޅުން ރަނގަޅު ކުރަން ފިޔަވަޅުތަކަށް އަޅާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

ސަރަހައްދީ މައްސަލަތަކާ ހެދި ތުރުކީ އާއި ޔޫއޭއީގެ ގުޅުން ވެސް ވަރަށް ގޯސްވި އެވެ. ނަމަވެސް ފިޔަވަޅުތަކަށް ފަހު ގުޅުން މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން އަބޫ ދާބީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު މިދިޔަ ހަފުތާގައި ތުރުކީ އަށް ވަޑައިގެން މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތަކުގައި ސޮއިކުރެއްވި އެވެ.

"އަޅުގަނޑުމެންނާއި ޔޫއޭއީއާ ދެމެދު އެޅި ފިޔަވަޅު ފަދައިން، އެހެން ގައުމުތަކާ އެކު ވެސް އެފަދަ ފިޔަވަޅުތައް އަޅާނަން،" ތުރްކުމެނިސްތާނަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ގައުމަށް ވަޑައިގެން އުރުދުގާން ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެގޮތުން ތުރުކީގެ ސަފީރުން އަލުން އަނބުރާ މިސްރާއި އިޒްރޭލަށް ފޮނުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ މަހު ޔޫއޭއީ އަށް އެމަނިކުފާނު ދަތުރެއް ކުރައްވާނެ ކަމަށް އުރުދުގާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގޮތެއް ނިންމުމާ އެކު ވަކި ޝެޑިއުލެއްގެ ތެރެއިން ސަފީރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރެވޭނެ."

ތުރުކީ އިން މިސްރާ އެކު ގުޅުން ކަނޑާލީ 2013 ވަނަ އަހަރު ރައީސް މުހައްމަދު މުރްސީގެ ވެރިކަން ބަގާވާތަކުން ބަދަލުކުރުމާ ގުޅިގެންނެވެ.

އިޒްރޭލާ އެކު ގުޅުން ކަނޑާލީ 2018 ވަނަ އަހަރު ގާޒާގައި މުޒާހަރާ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން މަރުވި ހާދިސާ އަށް ފަހު އެވެ.

މިސްރާ އެކު އަލުން ގުޅުން ގާއިމްކުރަން މި އަހަރުގެ ކުރީކޮޅު ވެސް ތުރުކީ އިން މަސައްކަތް ކުރި އެވެ. ނަމަވެސް ލީބިޔާގެ ހަމަނުޖެހުމުގައި މިސްރާއި ތުރުކީ އިން ތާއީދުކުރަނީ ދެ ފަޅިއަކަށެވެ.

މިދިޔަ މާޗް މަހު ތުރުކީ އިން ބުނީ 2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މިސްރާ އެކު ޑިޕްލޮމެޓިކް މުއާސަލާތުތަކެއް ކުރެވިއްޖެ ކަމަށެވެ.

އޭގެ ފަހުން ސެޕްޓެމްބަރު މަހު ވެސް ދެ ގައުމުގެ ވާހަކަތައް ކުރިއަށް ދިޔަ އެވެ. ނަމަވެސް ގުޅުން އިއާދަކުރުމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox