އައްޑޫ ފިޔަވަޅުތައް ހަރުކަށި ކޮށްފި، އެއް ގޭން އަނެއް ގެއަށް ދިއުންވެސް މަނާ

އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް: އައްޑޫ ސިޓީގެ ޖުމްލަ 2768 މީހަކަށް ކޮވިޑް ޖެހިފައި--- ފޮޓޯ: އަންސްޕްލެޝް

އައްޑޫ މަތިން ނަގާފައިވާ ފޮޓޯއެއް: އައްޑޫ ސިޓީގެ ޖުމްލަ 2768 މީހަކަށް ކޮވިޑް ޖެހިފައި--- ފޮޓޯ: އަންސްޕްލެޝް

އައްޑޫ ސިޓީގައި ކޮވިޑް ފެތުރެމުން އަންނާތީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެ ސިޓީގެ އެއް ގެއިން އަނެއް ގެއަށް ދިއުން މަނާ ކޮށް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

އައްޑޫގެ ކޮވިޑްގެ ހާލަތު ގޯސްވެގެން މޮނިޓަރިންއަށް ލިތާ މިހާރު ވަނީ ހަތަރު މަސް ވެފަ އެވެ. އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާ ނަމަވެސް އައްޑޫގެ ކޮވިޑް ހާލަތު ރަނގަޅު ނުވާތީ މޮނިޓަރިންގެ ހާލަތު މިހާތަނަށް އުވާލާފައެއް ނުވެ އެވެ.

އައްޑޫ ސިޓީގެ ޖުމްލަ 2768 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، މިހާތަނަށް 2494 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ހާލަތު ގޯސްވެފައިވާ އައްޑޫގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިގެން އެޅި ފިޔަވަޅުތައް:

  1. އާންމުކޮށް އެންމެން އެއްތަނަށް އެއްވެގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް (ކުޅިވަރު މުބާރާތްތައް، ހަފްލާތައް، ޖަލްސާތައް ފަދަ ކުރިއަށް ގެންދިޔުން ހުއްޓާލުން.)
  2. ސްކޫލް ކިޔެވުން ފިޔަވައި، ސްކޫލްތަކުގައި ހިންގޭ އެހެނިހެން ހަރަކާތްތައް (މުބާރާތްތައް، ހަފްލާތައް، ޖަލްސާތައް ފަދަ) މިވަގުތު ކުރިޔަށް ގެންދިއުން މަޑުޖައްސާލުން.
  3. އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން.
  4. އައްޑޫގެ ކާފިއު ވަގުތު މިހާރުއޮތްގޮތަށް (ރޭގަނޑު 09,00 އިން ފެށިގެން ފަތިހު 04.00 އަށް) ދެމެހެއްޓުން.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ނިންމީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށެވެ. އެގޮތުން އެ ފިޔަވަޅުތަކާއި އެކު ކުރިއަށް އޮތް ދެ ހަފްތާގައި ޕޮޒިޓިވްވާ ސާމްޕަލް ތަކުގެ އަދަދު ދަށަށް ނުދާނަމަ އިތުރު ފިޔަވަޅުތަކެއް އެޅުން މަޖުބޫރުވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫގެ ކޮވިޑް ހާލަތަށް ބަލާއިރު މިވަގުތު ކޮވިޑް ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 264 އަށް އަރާފަ އެވެ. އިއްޔެ އެކަނި 14 މީހަކު އައްޑޫން ޕޮޒިޓިވް ވެފައިވެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ތިން މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން 10 މީހަކު ވަނީ އައްޑޫން މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox