އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ފޯރުވާކަށް ނޫޅެން: ތާލިބާން ބޮޑު ވަޒީރު

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ބޮޑު ވަޒީރު މުއްލާ މުހައްމަދު ހަސަން އަހުންދް (ކ). -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުގެ ބޮޑު ވަޒީރު މުއްލާ މުހައްމަދު ހަސަން އަހުންދް (ކ). -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ނޮވެމްބަރު 28) - ތާލިބާން ސަރުކާރުން އެހެން ގައުމުތަކުގެ ކަންކަމަށް ނުފޫޒު ފޯރުވަން ނޫޅޭ ކަމަށާއި ބޭރުގެ ޖަމިއްޔާތަކުން އެހީދިނުމަށް އެދޭ ކަމަށް ބޮޑު ވަޒީރު މުއްލާ މުހައްމަދު ހަސަން އަހުންދް ބުނެފި އެވެ.

ތާލިބާނުންގެ ފައުންޑަރު އަދި މިހާރު ބޮޑު ވަޒީރުގެ މަގާމުގައި ހުރި ހަސަންގެ އޯޑިއޯ ހިތާބު ދައުލަތުގެ ޓީވީން އިއްވި އިރު، މިއީ މިދިޔަ އޯގަސްޓް މަހު ވެރިކަމަށް އައި ފަހުން އޭނާ ގައުމާ މުހާތަބުކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ހިތާބު ދީފައި މި ވަނީ އަންނަ ހަފުތާގައި އެމެރިކާއާ އެކު މަޝްވަރާ ފަށަން ތައްޔާރުވަނިކޮށެވެ.

"ހުރިހާ ގައުމުތަކަށް ވެސް ޔަގީންކަން ދެން އެ ގައުމުތަކުގެ ދާހިލީ ކަންކަމަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރާނަން. ބޭނުން ވަނީ ހުރިހާ ގައުމަކާ އެކު ވެސް ރަނގަޅު އިގްތިސާދީ ގުޅުމެއް ބާއްވަން،" 30 މިނެޓުގެ އޯޑިއޯގައި ހަސަން ބުންޏެވެ.

"އަޅުގަނޑުމެން މި ދަނީ އަޅުގަނޑުމެންގެ އަމިއްލަ މައްސަލަތަކުގައި ގެނބެމުން. މި މަސައްކަތް ކުރަނީ މާތް ﷲ ގެ ވާގިފުޅާއެކު ރައްޔިތުން މިކަމުން ސަލާމަތް ކުރެވޭނެ ގޮތްތައް ހޯދައިދެވޭތޯ."

އޯގަސްޓް 15 ވަނަ ދުވަހު ތާލިބާނުން ވެރިކަމަށް އައި އެމެރިކާގެ ތާއީދާއެކު އޮތް ސަރުކާރު ވައްޓާލުމަށް ފަހު 20 އަހަރުގެ ދިގު ހަނގުރާމައެއް ނިމުމަކަށް ގެންނަމުންނެވެ. ތާލިބާނުން ބާރު ހޯދި ދަނޑިވަޅުގައި އެމެރިކާ ސިފައިން އަފްގާން ފަސްގަނޑުން ފޭބި އެވެ.

އަފްގާނިސްތާނުގައި ކުރިން އޮތް ތާލިބާން ސަރުކާރު ވެއްޓުނީ މީގެ ވިހި އަހަރު ކުރިން އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރުމުންނެވެ. އެއީ އަލް ގައިދާ އިން ސެޕްޓެމްބަރު 11، 2001 ގައި ދިން ހަމަލާތަކާ ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އެމެރިކާ އިން ބުނެ އެވެ.

އެމެރިކާ އިން ތުހުމަތު ކުރީ އަލް ގައިދާ ޓެރަރިސްޓުންނަށް މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތުގެ ތާލިބާން ސަރުކާރުން ދިން ކަމަށެވެ. މިހާރު އަފްގާނިސްތާނުގެ ބޮޑު ވަޒީރު ހަސަން އަކީ ތާލިބާނުންގެ ފުރަތަމަ ރޫހާނީ ލީޑަރު މުއްލާ އުމަރުގެ ގާތް މީހެކެވެ.

މިހާރު 60 ގެ އަހަރުތައް ގުނަމުންދާ ހަސަން ވަނީ 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު ފޮރިން މިނިސްޓަރުކަމާއި ޑެޕިއުޓީ ބޮޑު ވަޒީރުކަން ކޮށްފަ އެވެ. ތާލިބާނުންގެ ހަރަކާތްތަކާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ލިސްޓުގައި އޭނާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox