ޗައިނާ އާއި ރަޝިއާ ސަފީރު ގުޅިގެން އެމެރިކާ އަށް ބަހުގެ ހަމަލާ!

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ނޮވެމްބަރު 15 ވަނަ ދުވަހު ބޭއްވި ވާޗުއަލް ބައްދަލުވުން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ނޮވެމްބަރު 15 ވަނަ ދުވަހު ބޭއްވި ވާޗުއަލް ބައްދަލުވުން. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ނޮވެމްބަރު 28) - ރަޝިއާ އާއި ޗައިނާގެ ސަފީރު ގުޅިގެން ލިޔުއްވި "އޮޕީނިއަން" އެއްގައި އެމެރިކާ އިން ވާޗުއަލް ޑިމޮކްރަސީ ސަމިޓު ބާއްވަން އުޅޭތީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރަޝިއާގެ އެނެޓޮލީ އެންޓޮނޮވް އާއި ޗައިނާގެ ގިން ގޭންގް ވިދާޅުވީ ޑިމޮކްރަސީ ސަމިޓަކީ އެމެރިކާގެ "ފިނި ހަނގުރާމަ ވިސްނުމުގެ އުފެއްދުމެއް" ކަމަށެވެ. ޑިސެމްބަރު 9-10 އަށް ބާއްވަ ސަމިޓުގެ ސަބަބުން ދުނިޔެ ބައިބައިވެ، ފިކުރީ ކުރިމަތިލުންތައް އިތުރުވާނެ ކަމަށް ދެ ސަފީރުން ވިދާޅުވި އެވެ.

ޑިމޮކްރަސީ ސަމިޓަކީ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ވައުދެކެވެ. ބައިޑެންގެ ހާރިޖީ ސިޔާސަތުގައި އިސްކަން ދެއްވާފައިވާ އެއް ކަމަކީ ހުދުމުހުތާރު ވެރިކަންތަކާ ދެކޮޅުވެ، ޑިމޮކްރަސީ ކުރިއެރުވުމެވެ.

ސަމިޓަށް ދައުވަތު ލިބޭ 110 ގައުމުގެ ލިސްޓުގެ މިދިޔަ އަންގާރަ ދުވަހު އާއްމުކުރި އިރު، ރަޝިއާ އާއި ޗައިނާ ހިމަނާފައެއް ނުވެ އެވެ. އެހެންވެ، ދެ ގައުމުން ވެސް ނުރުހުން ފާޅުކުރި އެވެ.

ވަކިން ހާއްސަކޮށް ޗައިނާ އިން ނުރުހުނީ، ޓައިވާނަށް ދައުވަތު ދިނުމުންނެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ޓައިވާން ސަރުކާރުން ބުނި ނަމަވެސް، ޗައިނާ އިން ދެކޭ ގޮތުގައި އެއީ ޗައިނާގެ ބަޔެކެވެ.

ނޭޝަނަލް ޖާނަލްގައި ޝާއިއުކުރި ލިޔުމުގައި ޗައިނާ އާއި ރަޝިއާގެ ސަފީރު ވިދާޅުވީ "ތަފާތު އެކި ގޮތްގޮތުން ޑިމޮކްރަސީ އަށް ވާސިލްވެވިދާނެ ކަމަށާއި އެއް މޮޑެލްއަކުން ހުރިހާ ގައުމަކަށް ނުފުދޭނެ" ކަމަށެވެ.

"މުޅި ދުނިޔޭގެ ސިޔާސީ މަންޒަރާ މެދު ގޮތް ނިންމުމުގެ ހައްގު އެއްވެސް ގައުމަކަށް ލިބިގެނެއް ނުވޭ،" ލިޔުމުގައި ވެ އެވެ.

އޭގެ އިތުރުން ޑިމޮކްރަސީ ފެތުރުމުގެ ނަމުގައި ހިންގާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން "ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހަ އާއި ހަމަޖެހުމާއި ކުރިއެރުމެއް ހުރަސް އެޅޭ" ކަމަށް ފާހަގަކޮށްފައި ވެ އެވެ.

"ޔުގޮސްލޭވިއާ އަށް ބޮން އެޅުމާއި، އިރާގާއި އަފްގާނިސްތާން އަދި ލީބިޔާ އަށް ސިފައިން ފޮނުވުމާއި، ޑިމޮކްރެޓިކް އިންގިލާބުގެ ނަމުގައި ހިންގާ ކަންކަމުން ލިބެނީ ހަމައެކަނި ގެއްލުން،" ދެ ސަފީރުން ލިޔުއްވި އެވެ.

"ގައުމުތަކުން ވިސްނަންވީ އެ ގައުމެއްގެ އަމިއްލަ ކަންކަން ރަނގަޅަށް ހިންގަން، އެހެން ގައުމުތަކުގެ ކަންކަމަށް ބާރު ފޯރުވައި ފާޑުކިޔާކަށް ނޫން."

ސަމިޓު ފޯ ޑިމޮކްރަސީގެ ފުރަތަމަ ބައްދަލުވުން އަންނަ މަހު ވާޗުއަލްކޮށް ބޭއްވުމަށް ފަހު ދެ ވަނަ ބައްދަލުވުން އޮންނާނީ އަންނަ އަހަރު ހުރިހާ ލީޑަރުން އެއްތަންވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox