ޝަމީމްގެ ޗެޓްލޮގަކާއެކު މަހުލޫފު ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

ޝަމީމާއި މަހުލޫފް: އިސްތިއުފާ ނުދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވި

ޝަމީމާއި މަހުލޫފް: އިސްތިއުފާ ނުދެއްވާނެ ކަމަށް މަހުލޫފް ވިދާޅުވި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ މެސެޖްތަކެއްގެ ސްކްރީންޝޮޓްތަކެއް ލީކްކުރައްވައި, އިސްތިއުފާ ނުދެއްވާނެކަން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ހާމަ ކުރައްވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިއަދު ވަނީ މިނިސްޓަރު މަހުލޫފުގެ މައްޗަށް ރިޝްވަތު ހިފިކަމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން މަހުލޫފް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ރައްދު ދެއްވީ ދައުވާ ކުރަން ނިންމި ނިންމުމަކީ ޒާތީ ކަމެއްގެ ގޮތުގައި ދައްކަވަމުންނެވެ.

ޓްވިޓާގައި މިރޭ މަހުލޫފް އާންމު ކުރައްވާފައިވަނީ ޝަމީމާއި ކުރީގެ ނޫސްވެރިޔާ އަދި މިހާރު މިނިސްޓަރުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓެކެވެ.

"ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ, ޕޮލިސް ވެސް ނޯ ސިންޕަތީ ނައު," ޝަމީމް ކުރެއްވި ކަމަށް ބުނާ މެސެޖްގައިވެ އެވެ.

ޝަމީމް މިހެން މެސެޖް ކުރައްވާފައިވަނީ މަހުލޫފްގެ މައްޗަށް ދައުވާ ނުކޮށް 100 އަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އަޒުމޫން މެސެޖެއްގައި ބުނުމުންނެވެ. މި މެސެޖްތަކަކީ ސާފް ޗެމްޕިއަންޝިޕްގެ ތެރޭ އަޒުމޫނާއި ޝަމީމް ދައްކާފައިވާ ވާހަކަތަކެވެ.

ދައުވާކުރަން ފޮނުވުމާއެކު, ސަސްޕެންޝަންގައި ހުރުމަށްފަހު އޭނާގެ ސަސްޕެންޝަން އުވާލީ ސާފް ޗެމްޕިއަންޝިޕްގެ ތެރޭގަ އެވެ.

އަޒުމޫން މި ނޫހަށް ބުނި ގޮތުގައި މަހުލޫފް އާންމު ކުރައްވާފައިވާ ޗެޓްލޮގްތަކަކީ ސައްހަ އެއްޗެއް ކަމާއި އެއީ އޭނާ އާއި ޝަމީމާ ދެމެދު ދެކެވުނު ވާހަކައެއް ކަމަށެވެ.

މިކަމާ ޝަމީމްގެ ބަހެއް އަދި ނުލިބެ އެވެ.

ޝަމީމްގެ ސްކްރީންޝޮޓްތަކާއެކު ކުރެއްވި ޓްވީޓްގައި މަހުލޫފް ވިދާޅުވީ, ދައުވާ ކުރަން ނިންމި ނިންމުމަކީ ކަނޑައެޅިގެން ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ ޗެޓްލޮގުން އެކަނި ވެސް ހާމަވާ ކަމަށެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު " ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް." މަހުލޫފް ވިދާޅުވި އެވެ.

"އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގަ ހަގީގަތް ސާފުވާނެ." މަހުލޫފް ވިދާޅުވި އެވެ.

ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވުމާއެކު މަހުލޫފް ވަނީ ދައުވާކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް, ފަހުން އެ މައްސަލާގައި ކަން ހިނގަމުންދާ ގޮތުން އިންސާފުން ބޭރުވެފައި ކަމަށް ވިދާޅުވެ, އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވާއިރު, އޭނާއާމެދު ސަރުކާރުން އަމަލު ކުރާނެ ގޮތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ މިފަދަ މައްސަލަތަކުގައި ޒީރޯ ޓޮލަރެންސް އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މަހުލޫފްގެ މައްޗަށް ދައުވާކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން އޭނާއަށް ދިން 33,000 ރުފިޔާ, އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ އެވެ.

މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox