"އިގްތިސާދީ ހަނގުރާމައިގެ" އިންޒާރާ އެކު ތުރުކީ ފައިސާގެ އަގު ވެއްޓިއްޖެ

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން.

ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން.

އިސްތަންބޫލް، ތުރުކީ (ނޮވެމްބަރު 23) - ތުރުކީ އިން އުޅެނީ "އިގްތިސާދީ މިނިވަންކަމުގެ ހަނގުރާމައެއްގައި" ކަމަށް ރައީސް ތައްޔިބް އުރުދުގާން ވިދާޅުވުމާ އެކު ތުރުކީ ލީރާގެ އަގު ރިކޯޑް މިންވަރަށް ވެއްޓިއްޖެ އެވެ.

އެގޮތުން 15 ޕަސެންޓުގެ ވެއްޓުމަކާ އެކު ޑޮލަރަކަށް 13 ލީރާ ޖެހުމަށް ފަހު މިހާރު ވަނީ ކުޑަ ތަންކޮޅެއް އަގު އުފުލިފަ އެވެ. ތުރުކީ ފައިސާގެ އަގަށް ދިމާވެގެން އުޅެނީ އޯގަސްޓު 2018 ވަނަ އަހަރަށް ފަހު އެންމެ ނުރައްކާތެރި ހާލަތެވެ.

ދެހާސް އަށާރަ ވަނަ އަހަރު ތުރުކީ ލީރާގެ އަގު ވަރަށް ބޮޑު ތަނުން ވެއްޓުނީ އޭރު ހުންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ މެދު އުފެދުނު ދެބަސްވުމެއްގަ އެވެ.

އިންފްލޭޝަން މަތިވެ، ފައިސާގެ އަގު ވެއްޓެމުން ދިޔަ ނަމަވެސް އުރުދުގާންގެ އެންގެވުމުގެ މަތިން ތުރުކީގެ ސެންޓްރަލް ބޭންކުން މިދިޔަ ބުރާސްފަތު ދުވަހު ވަނީ ޕޮލިސީ ރޭޓް 16 ޕަސެންޓުން 15 ޕަސެންޓަށް ކުޑަކޮށްފަ އެވެ.

އުރުދުގާން އަކީ އިންޓްރެސްޓު ނެގުމާ ދެކޮޅަށް އަބަދުވެސް ވަކާލާތު ކުރައްވާ ލީޑަރެކެވެ. އެމަނިކުފާނު މަގްބޫލުކަން ހޯއްދެވީ އިގްތިސާދީ ކުރިއެރުން ގެނެސް، އާއިލާތަކުގެ އާމްދަނީ އިތުރު ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ.

އުރުދުގާން ދެކިވަޑައިގަންނަވާ ގޮތުގައި އިންޓްރެސްޓް ރޭޓު މަތިވުމުން އިންފްލޭޝަން ކުޑަވުމުގެ ބަދަލުގައި ތަކެތީގެ އަގު ދާނީ އުފުލެމުންނެވެ. އެހެންކަމުން މިހާރު ގެނެސްފައިވާ ބަދަލުތައް ދިފާއުކުރައްވާ ހޯމަ ދުވަހު ވެސް ވާހަކަދެއްކެވި އެވެ.

"ފައިސާ އާއި އިންޓްރެޓް އާއި ތަކެތީ އަގު އުފުލުމުގައި ކުޅެމުންދާ ގޭމް އެބަ ފެނޭ. އަޅުގަނޑުމެން ކުރިއަށް ދާނީ އަޅުގަނޑުމެންގެ އަމިއްލަ ގޭމް ޕްލޭނާ އެކު،" ކެބިނެޓް ބައްދަލުވުމެއްގައި އުރުދުގާން ވިދާޅުވި އެވެ.

"މި އިގްތިސާދީ މިނިވަންކަން ހޯދުމުގެ ހަނގުރާމައިން އަޅުގަނޑުމެން ނަސްރު ހޯދާނީ މާތް ﷲ އާއި ރައްޔިތުންގެ އެހީގައި."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox