އެމްއައިބީގެ ބާޒާރު ސެންޓަރުގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި

Nov 20, 2021, 8:44 AM
މޯލްޑިވްސް އިސްލާމިކް ބޭންކު. -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކު. -- ފޮޓޯ: އަދަދު

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ފަސޭހަ ކުރަމުން އަންނައިރު، އެ ބޭންކުގެ ބާޒާރު ސާވިސް ސެންޓަރު، އީބޭންކުގެ ހިދުމަތަށް ހާއްސަކޮށް، ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފި އެވެ.

އިސްލާމިކް ބޭންކިން ހިދުމަތް ރާއްޖެ އަށް ތައާރަފުކޮށް އެ ދާއިރާގައި އެންމެ ވަރުގަދަ ބޭންކު، އެމްއައިބީގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ އޯކިޑް މަގު، ފާމުދޭރިގޭގައި ހުންނަ "އެމްއައިބީގެ ބާޒާރު ސާވިސް ސެންޓަރު"ން ކުރިން ހިދުމަތް ދެމުން ދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 ކަމަށެވެ.

މިހާރު ހިދުމަތް ދޭ ވަގުތު ހެނދުނު 10:00 އިން ހަވީރު 6:00 އަށް ވަނީ ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ވަގުތު ހަމަޖެއްސީ ގިނަ ބަޔަކަށް ފަސޭހަކުރުމަށްޓަކައި. އާންމުކޮށް ރަސްމީ އޮފީސް ނިންމުމަށް ފަހު ވެސް ހިދުމަތްތައް ހޯދުމަށާއި، ހިދުމަތްތައް ފޯރުކޮށް ދިނުމަށް ފަސޭހަކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ބާޒާރު ސާވިސް ސެންޓަރުން ލިބޭނެ ހިދުމަތްތައް

  • އިންޓަނެޓް ބޭންކިން އަށް އެދި ހުށަހެޅުން
  • ވިސާ ކާޑު ނެގުން
  • ވިސާ ކާޑަށް އެދި ހުށަހެޅުން

މި ސެންޓަރުގެ ހިދުމަތަށް އޮންލައިންކޮށް ނަންބަރު ނެގޭނެ އެވެ. އަދި ޒިޔާރަތްކޮށްގެން ވެސް ހިދުމަތް ހޯދޭނެ އެވެ.

މި ބަދަލާއެކު، އެމްއައިބީގެ މައި ގޮތްޕަށް މިހާރު އޮތް ބާރު ކުޑަވެ، ކަސްޓަމަރުންނަށް ފަސޭހަ މާހައުލެއް ގާއިމުވާނެ އެވެ. އަދި އަމިއްލަ އޮފީސްތަކުގައި އުޅޭ ފަރާތްތަކަށް ވެސް ހިދުމަތް ހޯދަން ފަސޭހަ ވާނެ ކަމަށް ބޭންކުގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ގޫގަލް ޕިކްސެލް އަށް އުރީދޫ 5ޖީ

ގޫގުލް ޕިކްސެލް ފޯނުތަކަށް ރާއްޖޭގައި 5ޖީގެ ޚިދުމަތް ފޯރުކޮށްދޭ ފުރަތަމަ ނެޓްވޯކަކަށް އުރީދޫ މޯލްޑިވްސް ވެއްޖެއެވެ. ނޮވެންބަރު މަހުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު ޕިކްސެލްގެ އެކި މޮޑެލްތަކަށް 5ޖީ އާއި ވީއޯއެލްޓީއީގެ ޚިދުމަތް މިހާރު ލިބޭނެއެވެ.

ޓޫރިޒަމް ފަހަތަށް، މާލީ ދާއިރާ އާއި އިމާރާތް ކުރުން ކުރިއަށް

މާލީ ދާއިރާ އާއި އިމާރާތްކުރުމުގެ ދާއިރާއަށް އައި ބޮޑު ކުރިއެރުމާއެކު، ރާއްޖޭގެ އިގުތިސޯދު ވަނީ ހަތަރެއް ޕަސެންޓަށް ކުރިއަރާފަ. ޓޫރިޒަމްގެ އިތުރުން މަސްވެރިކަމުގެ ދާއިރާވެސް ވަނީ މި މުއްދަތުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފަ.

ޑީއެމްއާރްއާރްގައި ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގު އިލްތިމާސް

މި މަހުގެ 20 ގައި ބާއްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ. ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ފެން ފޯރުކޮށްދޭނީ ކަރުދާސް ތަށީގައި ކަމަށާއި، ދުވުންތެރިން އަމިއްލަ ފުޅި ގެންގުޅުމަށް އެ ކުންފުނިން ބާރުއަޅައެވެ. މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ގާތްގަނޑަކަށް 18،000 ޕްލާސްޓިކް ފުޅި މަދުކުރެވޭނެ ކަމަށް ދިރާގުން ލަފާކުރެއެވެ.

ކުޑަ ސަރަހައްދަކުން އުދުއްސާލެވޭ އާދަޔާ ހިލާފު ބޯޓެއް

އެމެރިކާގެ އިލެކްޓްރާ ކުންފުނިން ދަނީ ރަންވޭއެއް ނެތް ކުޑަ ސަރަހައްދުތަކުން އުދުއްސާލެވޭ ފަދަ ހައިބްރިޑް-އިލެކްޓްރިކް މަތިންދާބޯޓެއް އުފައްދަމުންނެވެ. މި ބޯޓުގެ ސަބަބުން ކައިރި މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަވެ، އެއާޕޯޓުތަކަށް ބަރޯސާނުވެ ސީދާ އެއް ތަނުން އަނެއް ތަނަށް އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އިސްލާމިކް ބޭންކިންގެ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާގެ ހަމަތަކަށް ފެތޭ ގޮތަށް ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަ ހަތަރު ކެޓަގަރީއެއްގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް ވަނީ ތައާރަފުކޮށްފައި. މި ކާޑުތަކަށް 12,000ރ. އާއި 300,000ރ. އާ ދެމެދުގެ ކްރެޑިޓް ލިމިޓެއް ކަނޑައަޅާފައި.

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox