އާން: ފަސް އެނބުރި ބެލުމެއް ނެތި ކުރިއަށް ގޮސް ހޯދީ "ފެންމުތުގެ ޝަރަފް"

Nov 20, 2021, 5:36 AM
އާން: ފަސް އެނބުރި ބެލުމެއް ނެތި ކުރިއަށް ގޮސް ހޯދީ "ފެންމުތުގެ ޝަރަފް"

މީގެ ފަސް އަހަރު ކުރިން ޖޫނިއާ ގައުމީ ޓީމަށް އަރަން މުހައްމަދު އާން ހުސެއިން ކުރި މަސައްކަތް ނާކާމިޔާބުވީ ސިކުންތެއްގެ ފަރަގުންނެވެ. އެ ކުޑަކުޑަ ފަރަގަކީ އާންގެ ސްވިމިން ކެރިއަރު ބައްޓަން ކުރަން ހިތްވަރަކަށް ބަދަލުކޮށްލި އެއް ހިދުކޮޅެވެ. އެ ހިސާބުން ފަށައިގެން އޭނާ ފަސް އެނބުރި ބެލުމެއް ނެތެވެ. މުބާރާތަކަށް ފަހު މުބާރާތެއް ރެކޯޑަކަށް ފަހު ރެކޯޑެއްގެ މަގުން ގޮސް އޭނާ ވަނީ ދާދި ފަހުން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ޗެމްޕިއަނުންގެ މުބާރާތުގައި ފެތުންތެރިއަކަށް ލިބޭ މަތީ ވަނައެއް ކަމަށްވާ "ފެންމުތުގެ ޝަރަފް" ހޯދައިފަ އެވެ.

މެރެތަން ދުވުންތެރިޔާ އަދި ސްޕޯޓްސް ސައިސުން ޕީއެޗްޑީ ހާސިލްކޮށްފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި ފެތުމުގެ ކްލަބެއް ހިންގަަވާ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޒް ހުސެއިމް ޝަމީމް ސިފަކުރައްވާ ގޮތުގައި އާން އަކީ ކުރިއަށް ގޮސްފިނަމަ ރާއްޖޭގެ ކުޅިވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެވޭނެ ފަދަ ހުނަރުހުރި ގާބިިލު ފެތުންތެރިއެކެވެ.

ފެތުން ފެށުނީ ކިހިނެއް؟

އުމުރުން އަށް އަހަރުގައި އާން އެންމެ ފުރަތަމަ ފަތަން ފެށީ ގްރޭޑް ދޭއްގައި އުޅެމުންނެވެ. ފަތަން ފެށީ އަސްލު ފަތަން ދަސްކުރަން ޖެހޭތީ އެވެ. އެކަން ކުރަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމްއެލްއޭ) އަށް ދިއުމުން އާންގެ އަތުގައި ހިފީ އަހުމަދު ފިރާސް އަފީފް އެވެ.

"ގްރޭޑް ތިނެއްގައި އުޅެނިކޮށް އެންމެ ފުރަތަމަ މުބާރާތުގައި ވާދަކުރީ. އަލަށް އެންމެ ފުރަތަމަ ވާދަކުރި އިވެންޓުން ވެސް އެއް ވަނަ ލިބުނު. އެއީ ހަގީގަތުގައި މޯޓިވޭޝަނަކަށް ވި ކަަމަކީ ކޮމްޕެޓިޓިވްކޮށް ފެތުމުން ކުރިއަށްދާން،" އާން ކިޔައިދިނެވެ.

"އެ ހިސާބުން ކޯޗު (ފިރާސް) ވެސް ބުނި ފެތުމުން ކުރިއަށްދާންވީ ނޫންހޭ،"

ހުޅުމާލޭ ސްވިމިން ޕޫލްގައި އާން ފަތަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޖޫނިއާ ގައުމީ ޓީމުން އާން އަށް ފަޅި ސިކުންތެއްހާ ކުޑަ ފަރަގަކުން ފުރުސަތު ގެއްލުނީ 2016 ވަނަ އަހަރު އެވެ. އެކަމަކު، އެއީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ނުބަލައި އާން ދެކުނީ އެއީ ފިލާވަޅު ނަަގަންވީ ކަމެއްގެ ގޮތުގަ އެވެ. އެހެންވެ، އެ ހިސާބުން އާ ފެށުމަކުން ކުރިއަށް ދިއުމަށް އާން މިސްރާބު ޖެހި އެވެ.

ގައުމީ ސީނިއާ ސްކޮޑުގައި ހިމެނިގެން އާން ވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ޑިސެމްބަރުގައި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފަ އެވެ.

އާން ވަނީ 2019 ޑިސެމްބަރުގައި ނެޝަނަލް ޓްރަޔަލްސްގައި ގައުމީ ރެކޯޑް ޓައިމިން އަށް ވުރެ އަވަހަށް ހަތަރު އިވެންޓެއްގައި ފަތާފަ އެވެ. އެއީ 50 މީޓަރު ފްރީސްޓައިލް، 100 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް އަދި 100 ބެކްސްޓްރޯކް އިވެންޓްގަ އެވެ.

ބައިނަލްއަގުވާމީ ތަޖުރިބާ އަށް ފަހު އާން އަށް ކުރިމަތިވި ގޮންޖެހުމަކީ 2020 ވަނަ އަހަރު މުބާރާތެއް ނެތި ހުންނަން ޖެހުމެވެ. ކޮވިޑް-19ގެ ސަބަބުން އެހެން އެތުލީޓުންނެކޭ އެއްގޮތަށް އާން އަށް ވެސް ޖެހުނީ ގޭގައި ހުރެ ޓްރެއިނިންތައް ކުރިއަށް ގެންދާށެވެ.

"ލޮކްޑައުން ފެށީމަ ވަރަށް އުނދަގޫވި ސްވިމިން ސްޕީޑާއި ހުރިހާ ކަމެއް ޑްރޮޕްވާން ފެށި. ބޭރަށް ގޮސް ފަތަން ހުއްދަ ނެތީމަ ގޭގަ ހުރެ ޓްރެއިނިންތައް ކުރިއަށް ގެންދިޔައީ. އަމިއްލަ އަށް ގިނަ ޓްރެއިނިންތައް ހެދީ، އަމިއްލަ އަށް ފިޓްވާން. ސްޓްރެންތަށް ވެސް މަސައްކަތް ކުރިން. ބޭރަށް ނުކުމެ ފަތަން އަލުން ފުރުސަތު ލިބުނީމަ ސްލޯކޮށް ވިޔަސް ރަނގަޅަށް ކުރިއަށް ދިޔައީ މަޑުމަޑުން،" އާން ކިޔައިދިނެވެ.

ސްވިމިން އެސޯސިއޭޝަނުން ކޮވިޑް-19 ގެ ބްރޭކަށް ފަހު އަލުން މުބާރާތްތައް ފެށީ ދާދި ފަހުން ބޭއްވި ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުންނެވެ. އެ މުބާރާތުގައި ވާދަކުރީ ދައުވަތު ދީގެން 2019 ވަނަ އަހަރުގެ އިވެންޓްތަކުގެ އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ފެތުންތެރިންނެވެ.

"އެންމެ ފުރަތަމަ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގެ އަޑު އިވުނީމަ ވަރަށް އުފާވި. އެއީ ވަރަށް ގިނަ ދުވަސްވެއްޖެ، މުބާރާތެއްގައި ވާދަނުކޮށްލެވޭތާ. ވަރަށް މިސްވި ވާދަކުރުން. ދެން (މުބާރާތަށް) މެންޓަލީ ޓްރެއިން ކުރަން ވެސް ޖެހުނު އަމިއްލަ ނަފްސު. ކުރިން ހުރި ލެވަލަށް ފަތަން ބޭނުންވާ ކޮންފިޑެންސް އަލުން ގެންނަން،" އާން ބުންޏެވެ.

އުމުރުން 17 އަހަރުގެ އާން ވަނީ 15 އިވެންޓްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އާން އަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

އާން ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގެ މެޑަލްތައް ކަރުގައި އަޅައިގެން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އާން ކާމިޔާބުކުރި އިވެންޓްތަކަކީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 100 އާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބްރެސްޓްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބްރެސްޓްސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 100 އާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 އާއި 100 މީޓަރު ފްރީ ސްޓައިލް އެވެ.

"ވަރަށް ރަނގަޅަށް މުބާރާތް ދިޔައީ ވެސް،" ޗެމްޕިއަން އޮފް ޗެމްޕިއަން މުބާރާތާ ބެހޭގޮތުން އާން ބުންޏެވެ.

އާން އަށް ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ ހާއްސަ ކަމަކީ ފެތުންތެރިއަކަށް ލިބޭ އެންމެ ބޮޑު ޝަރަފް ލިބުމެވެ. އެއީ އޭނާގެ ކެރިއަރުގައި އަބަދު ވެސް ހާއްސާވާނެ ޓްރޮފީ އެކެވެ.

ޕޫލެއް ލިބުމުން ކުރިއެރުން ފެނުނު، ކުރިއަށް ދާން ސަޕޯޓް ލިބޭ

ޒަމާނުއްސުރެ ރާއްޖޭގެ ފެތުންތެރިން ތަހައްމަލު ކުރަން ޖެހުނު އެއް ކަމަކީ ޕޫލެއް ނެތުމުގެ މައްސަލަ އެވެ. މާލޭ ސްވިމިން ޓްރެކްގެ ލޮނުގައި ފަތާފައި ގޮސް ޕޫލެއްގައި މުބާރާތްތަކުގައި ވާދަކުރަން ޖެހުމުގެ ގޮންޖެހުން ކޮންމެ ފެތުންތެރިއަކަށް ވެސް ކުރިމަތިވި އެވެ. އެކަމަކު، މިހާރު ހުޅުމާލޭ ސްވިމިން ޕޫލްގައި ފަތަން ލިބޭތީ ފެތުންތެރިން ތިބީ ހިތްހަމަޖެހިފަ އެވެ.

"ކުރިން ފެތީ ސްވިމިން ޓްރެކުގައި އެއީ ވަރަށް ގޯސް މާހައުލެއް ހަގީގަތުގައި މި ގޮތަށް ކެރިއަރަށް ބަލައިގެން ފަތަން. ވޯޓާ ކަރަންޓާއި ރާޅު ފަދަ ކަންކަން ކުރިމަތިވޭ. ގާތްގަނޑަކަށް ހުރިހާ ބައިނަލްއަގުވާމީ މުބާރާތެއް އޮންނާނީ ޕޫލުގައި. ލޮނު ފެނުގައި ފަތާފައި ގޮސް ޕޫލުގައި ފަތަން ޖެހުނީމަ ވެސް ޕާފޯމަންސަށް އަސަރުކުރޭ،" އާން ބުންޏެވެ.

"ދެން މިހާރު ޕޫލު އޮތީމަ އެބަފެނޭ ވަރަށް ބޮޑު ކުރިއެރުމެއް ހުރިހާ ފެތުންތެރިންގެ ޕާފޯމަންސުން ވެސް. ޓައިމިން ވެސް ޓެކްނިކް ވެސް ވަރަށް ރަނގަޅު،"

ޗެމްޕިއަން އޮފް ޗެމްޕިއަންސް އިވެންޓެއްގައި އާން ފަތަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކާމިޔާބީގެ މަގުގައި ކުރިއަށް ދެވޭނީ ވަރަށް ގިނަ ބަޔެއްގެ ސަޕޯޓާ އެކުގަ އެވެ. އާން އަށް ވެސް އެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެ ސަޕޯޓަކީ ހަމައެކަނި އާއިލާ އާއި ރަށްޓެހިންނަށް ވުރެ ބޮޑަށް އޮތް ކަމެއް ކަމަށް އާން ވަނީ ބުނެފަ އެވެ.

"އެމްއެލްއޭގެ ހުރިހާ ކޯޗުންނާއި ސްވިމިން ކޮމިއުނިޓީގެ ސަޕޯޓް ވެސް ވަރަށް ލިބޭ. ފިރާސް ކޯޗާއި ޒާހިދު ކޯޗު. ސީނިއާ ދެ ފެތުންތެރިން ކަމަށްވާ އިމްއާން އާއި މުބާލް ވަރަށް އެހީވޭ ކެރިއަރެއްގެ ގޮތުގައި ފެތުމުން ކުރިއަށް ދާން،" އާން ބުންޏެވެ.

އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ފެތުންތެރިން ހޮވިއިރު، އެ މުބާރާތުން އާން ވެސް ވަނީ ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ވާދަކުރަން ލިބުނު ބައިނަލްއަގުވާމީ ދެ މުބާރާތުގައި އާން އަށް އެދެވޭ ވަރުގެ ޕާފޯމަންސެއް ނުދެއްކޭތީ އޭނާ ހުރީ އަންނަ މަހު ދުނިޔޭގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމުގެ އަމާޒުގަ އެވެ.

"މިއީ ކޮވިޑަށް ފަހު ފުރަތަމަ އިންޓަނޭޝަނަލް މުބާރާތް ވާދަކޮށްލަން ލިބޭ، އަނެއްކޮޅުން މީގެ ކުރިން ދިޔަ ދެ މުބާރާތުގައި އެންމެ ރަނގަޅަކަށް ނޫން ޕާފޯމް ކުރެވުނީ. އެހެންވީމަ މި ފަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވަރަށް ރަނގަޅު ކުރަން ބޭނުން. ވަރަށް ވަރުގަދަ އަށް އެ މުބާރާތަށް މި ތައްޔާރުވަނީ،" އާން ބުންޏެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ އެކުއަތެލޯން މުބާރާތުގެ ޗެމްޕިއަންކަން، 2018 ވަނަ އަހަރު ހޯދި އާން ވަނީ ދާދި ފަހުން ބޭއްވި ބާ 2000 ފަރަމަންތާ ޗެލެންޖްގެ ވޯޓާ ސްޕޯޓްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ވެސް ހޮވިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox