އިރާނާއި ތުރުކީން ގުޅުން ބަދަހިކުރަން މަސައްކަތް ފަށައިފި

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ އިރާނަށް ކުރެއްވި ދަތުރަކާއެކު ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ތުރުކީ އާއި އިރާނަކީ އަބަދުވެސް އިގްތިސާދީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ނަމަވެސް މެދުއިރުމަތީގެ ގިނަ މައްސަލަތަކުގައި ދެބަސްވެ އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު އިރާނަށް ވަޑައިގެން ވަނީ ރައީސް އިބްރާހިމް ރައިސީއާ ބައްދަލުކުރައްވައި އަދި ފޮރިން މިނިސްޓަރު ހުސެން އާމިރްއާ އެކު މަޝްވަރާ ކުރައްވާފަ އެވެ.

"ދެ ފަރާތުން ވެސް ތިބީ މިހާރު އޮތް ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިޔުމަށް ތައްޔާރަށް އެ ވިސްނުމުގައި،" އިރާނުގެ ރައީސް އޮފީހުން ބުންޏެވެ.

ޓްވިޓާ މެދުވެރިކޮށް ކަވުސޮގްލޫ ވިދާޅުވީ ދެ ގައުމުން މަޝްވަރާ ކުރީ ގުޅުން ބަދަހި ކުރުމުގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓު އަދި ޓެރަރިޒަމާއި ސަރަހައްދީ ހަމަނުޖެހުމާ ގުޅޭ ގޮތުން ކަމަށެވެ.

އިރާނުގެ ފޮރިން މިނިސްޓަރު ބޭއްވި ޕްރެސް ކޮންފެރެންސެއްގައު ވިދާޅުވީ މެދުއިރުމަތީގެ އިތުރުން އަފްގާނިސްތާނާއި ހުޅަނގު އޭޝިއާގެ ސަލާމަތާ ބެހޭ މަޝްވަރާތައް ވެސް ކުރެއްވި ކަމަށެވެ.

ތުރުކީ އިން ދަނީ އެ ގައުމާއި އިރާނާ ގުޅޭ އިރުމަތީ ބޯޑަރު ސަރަހައްދުގައި އުސް ފާރެއް ރާނަމުންނެވެ. އޭގެ ބޭނުމަކީ ގަވާއިދާ ހިލާފަށް ތުރުކީ މެދުވެރިކޮށް ޔޫރަޕަށް ވަންނަން އުޅޭ އަފްގާން ރައްޔިތުން ހުއްޓުވުމެވެ.

އިރާނަށް ވަޑައިގެންނެވުމަށް ފަހު ކަވުސޮގްލޫ ވަނީ ލުބްނާނަށް ވެސް ވަޑައިގެންފަ އެވެ. އިރާނަކީ ޝިއައީ މެޖޯރިޓީ ގައުމަކަށް ވާއިރު، ލުބްނާންގައި ވެސް ޝިއައީންގެ ބާރު ދަނީ ގަދަވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox