ރޯހިތުގެ ކެޕްޓަންކަމުގެ ދަށުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އިން ނިއު ޒިލޭންޑް ބަލިކޮށްފި

Nov 18, 2021, 4:40 AM
ރޭގެ މެޗުގެ ތެރެއިން ރޯހިތު (ކ) އިންޑިއާގެ ކުޅުންތެރިއަކާ އެކު.

ރޭގެ މެޗުގެ ތެރެއިން ރޯހިތު (ކ) އިންޑިއާގެ ކުޅުންތެރިއަކާ އެކު.

ޖެއިޕޫރް (ނޮވެމްބަރު 18) - ރޯހިތު ޝަރްމާގެ ކެޕްޓަންކަމުގެ ދަށުގައި އިންޑިއާ ކުޅުނު ޓީ20ގެ ފުރަތަމަ މެޗުގައި ރޭ ނިއު ޒިލޭންޑް އަތުން ފަސް ވިކެޓުން އިންޑިއާ މޮޅުވެއްޖެ އެވެ.

އިންޑިއާގައި ރޭ ފެށި ސިލްސިލާގެ ފުރަތަމަ މެޗުގައި ކުޅެންއަރައި، 20 އޯވަރުގެ ތެރޭގައި ހަ ވިކެޓަށް 164 ލަނޑު ނިއު ޒިލޭންޑުން ހެދި އެވެ. އައިސީސީ ވޯލްޑް ކަޕްގެ ފައިނަލްގައި މީގެ ތިން ދުވަސް ކުރިން އޮސްޓްރޭލިއާ އަތުން ބަލިވި ނިއު ޒިލޭންޑްގެ ޓީމުން ރޭގެ މެޗުގައި އެންމެ ރަނގަޅަށް ބެޓްކުރީ 70 ލަނޑު ހެދި މާޓިން ގުޕްޓިލާއި 63 ލަނޑު ހެދި މާކް ޗެޕްމަން އެވެ. މި މެޗުގައި ނިއު ޒިލޭންޑްގެ ކެޕްޓަން ކޭން ވިލިއަމްސަން ނުކުޅެ އެވެ.

ޖަވާބުގައި އިންޑިއާ އިން ކުޅެންއަރައި، 19.4 އޯވަރުގެ ތެރޭގައި ފަސް ވިކެޓަށް 166 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ސުރްޔަކުމާރު ޔާދަވް (62) އަދި ކެޕްޓަން ރޯހިތު (48) އެވެ.

އިންޑިއާގެ ޓީ20 ޓީމުގެ ކެޕްޓަންކަން ރޯހިތަށް ދިނީ ދާދި ފަހުން ނިމުނު ޓީ20 ވޯލްޑް ކަޕްގައި އިންޑިއާ އަށް ކުރިމަތިވި ނާކާމިޔާބަށް ފަހު އެވެ. ފޭވަރިޓެއްގެ ގޮތުގައި މުބާރާތަށް ނިކުތް އިންޑިއާ މުބާރާތުގެ ގުރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ. އެކަމަކު ކުރީގެ ކެޕްޓަން ވިރާތު ކޯލީ ވަނީ ކެޕްޓަންކަން ދޫކޮށްލާނެކަން ވޯލްޑް ކަޕް ފެށުމުގެ ކުރިން އިއުލާންކޮށްފަ އެވެ.

މެޗަށް ފަހު، ރޯހިތު ބުނީ މި މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"މެޗުގެ ފަހުކޮޅަށް ދިޔައިރު ތަންކޮޅެއް އުނދަގޫވި. އެއީ މިއަދު މި ކުޅުނު ބައެއް ކުޅުންތެރިންނަކީ މި ފަދަ ހާލަތެއްގައި ކުޅުމުގެ ތަޖުރިބާ ނެތް ކުޅުންތެރިން،" ރޯހިތު ބުންޏެވެ.

ރޯހިތު ބުނީ ދިގު ސީޒަނަކަށް ފަހު، އިންޑިއާގެ ކުޅުންތެރިން "ރެސްޓެއް" ލިބެންޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންނަކީ "މެޝިންތަކެއް ނޫން" ކަމަށާއި ކުޅުންތެރިންގެ އަސްލު ފެންވަރު ދެއްކޭނީ ރެސްޓްކުރާނެ ވަގުތު ދީގެން ކަމަށެވެ.

މިއީ އިންޑިއާ އަށް ނިއު ޒިލޭންޑުން ކުރާ ޓުއާގައި ކުޅެން ހަމަޖެހިފައިވާ ޓީ20ގެ ތިން މެޗުގެ ތެރެއިން ކުޅުނު ފުރަތަަމަ މެޗުގައި މެޗެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox