މަހުމޫދުގެ މަރު: ސާލިމް ޝަރީއަތް ނިމެންދެން ބަންދަށް

އދ. ދަނގެތީގައި އަނިޔާވެެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު. -- ފޮޓޯ: އަދަދު

އދ. ދަނގެތީގައި އަނިޔާވެެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު. -- ފޮޓޯ: އަދަދު

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ އދ. ދަނގެތިން ފެނުނު އެ ރަށު މޮނަލާޒް މަހުމޫދު އަބޫބަކުރުގެ މަރާލުމުގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދުކޮށްފި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، 57 އަހަރުގެ ވިޔަފާރިވެރިޔާ މަހުމޫދު ގެއްލިގެން ހޯދަނިކޮށް އޭނާ ފެނުނީ އަތް ފައި ބަނދެ، ބޮލާއި ފައި ގޯންޏަކަށްލައި، ވަޅަލަކަށް އެއްލާލާފައި އޮއްވަ އެވެ. މަހުމޫދު ފެނުނުއިރު އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ނިޝާނުތައް ފެންނަން ހުއްޓެވެ.

މި މައްސަލައިގައި ފުރަތަމަ އެ ރަށުގައި ދިރިއުޅުނު ތޮއްޑޫ ދެ ޒުވާނަކަށް ތުހުމަތު ކުރި ނަމަވެސް، ފުލުހުން މި މައްސަލައިގެ ތުހުމަތު ކުރަނީ ސާލިމަށް އެކަންޏެވެ. މީގެ ކުރިން ފުލުހުން ބުނި ގޮތުގައި ސާލިމްގެ އިތުރުން މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ތުހުމަތު ނުކުރެ އެވެ.

Advertisement

ސާލިމްއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ ބަންގްލަދޭޝްގެ 29 އަހަރުގެ މީހެކެވެ. އޭނާ މި އަމަލު ހިންގީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ފުލުހުން ބުނެ އެވެ.

ސާލިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކުރި ނަމަވެސް، ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީީޖީ) އޮފީހަށް ނުފޮނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ، މިހާރު ކުރިޔަށް ދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން ފަހުގެ މަސައްކަތްތައް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދައުވާކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް އެދި އަންނަ ހަފުތާގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއަށް ފަހު މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދޭން ނޫސްވެރިންނާ ބައްދަލުކުރާނެ ކަމަށް ބުންޏެވެ.

އާންމުކޮށް މިފަދަ އަނިޔާވެރި މަރުތަކުގެ މައްސަލައިގައި ތަހުގީގަށް ލިބޭ ކުރިއެރުންތައް ފުލުހުން ހިއްސާކުރި ނަމަވެސް، މިހާތަނަށް މި މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން މައުލޫމާތު އާންމުކުރީ އެންމެ ފަހަރަކު އެވެ. އެކަމަކު ޕޮލިސް ކޮމިޝަނުން މުހައްމަދު ހަމީދު ހިމެނޭ ގޮތަށް ފުލުހުންގެ އިސްވެރިންގެ ވަފުދެއް މަހުމޫދުގެ އާއިލާއާ ބައްދަލުކޮށް މަރާ ގުޅޭ މައުލޫމާތު ހިއްސާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox