މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުކޮށްފި

މަސްތުވާތަކެތި ވިއްކާ، އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދިޔަ ޑްރަގު ކެފޭއެއްގެ ދޮރުގައި ލިޔެފައިވާ ލިޔުމެއް: މި ކެފޭ މީޑިއާތަކަށް ފުލުހުން ދެއްކީ އެތަން ބަންދުކޮށް ހިންގި މީހުން ހައްޔަރުކުރުމަށްފަހު ---- ފޮޓޯ: އަދަދު

މަސްތުވާތަކެތި ވިއްކާ، އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދިޔަ ޑްރަގު ކެފޭއެއްގެ ދޮރުގައި ލިޔެފައިވާ ލިޔުމެއް: މި ކެފޭ މީޑިއާތަކަށް ފުލުހުން ދެއްކީ އެތަން ބަންދުކޮށް ހިންގި މީހުން ހައްޔަރުކުރުމަށްފަހު ---- ފޮޓޯ: އަދަދު

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

މަޖިލީހަށް ހުށަހެޅިތާ އަހަރެއް ފަހުން، މިދިޔަ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ބިލު މުއިއްޒު ތަސްދީގުކުރެއްވީ މިއަދު އެވެ.

ސަރުކާރުގެ ފަރާތުން މީގެ އަހަރެއް ކުރިން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އެވެ. މި ބިލު ދިރާސާކުރީ ޖުޑީޝަރީ ކޮމިޓީންނެވެ.

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ޑްރަގުގެ ބޮޑުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ. ގާނޫނަށް ގެނައި ބަދަލާއެކު ތިން ހާލަތެއްގައި އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ މައްސަލައެއްގައި ނިހާއި ހުކުމެއް އިއްވާ ހާލަތެއްގަ އެވެ.

މަރުގެ އަދަބު ދެވޭ ހާލަތުތައް

  • 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
  • 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
  • 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި އޮތީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު އުމުރު ދުވަހުގެ ޖަލު ހުކުމް އަންނަ ޑްރަގުގެ ބޮޑުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ. ހަމައެހެންމެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މައާފު ނުދެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދޭނެކަން ގާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އެހެންކަމުން، ޑްރަގުގެ ބޮޑުންނަށް ދޭ އަދަބަކީ އެއްވެސް ހާލަތެއްގައި މައާފު ނުލިބޭނެ އަދި ލުއި ނުކޮށްދެވޭނެ އަދަބުތަކެކެވެ.

ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ނަސޭހަތްދީ މައްސަލަ ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ވަނީ ދީފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ޒަމާނަށް ފައްތާ، މިހާރަށް ވުރެ ހަރުކަށި އަދަބު ދީގެން ވިޔަސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ އަލަށް ފެށޭ ދައުރުގައި ހުށަހަޅަން ސަރުކާރުން މަސައްކަތް ކުރި އެވެ. ނަމަވެސް، މި ދައުރު ނިމި މަޖިލިސް ޗުއްޓީއަށް ދިޔައިރު އެފަދަ ބިލެއް ހުށަހަޅާފައި ނެތެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުންދަނީ، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކުރުމުން އެ ހުކުމް ތަންފީޒުވެގެންދާ ހިސާބަށް ހުރިހާ އިޖުރާއަތްތަކެއް ގާނޫނުން ކަނޑައެޅުމަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށް މީގެ ކުރިން އަދަދު ނޫހާ ވާހަކަ ދައްކަވަމުން އިސް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ގާނޫނަށް ބަދަލު ގެނެސްގެން މަރުގެ އަދަބު ތަންފީޒު ކުރަން މަސައްކަތް ކުރަމުންދަނީ ގަވާއިދެއްގެ ތެރެއިން އެކަން ކުރިއަށް ނުގެންދަން ކަމަށް ސަރުކާރުގެ އެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން މިދިޔަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox